ރާއްޖޭގައި ތިބީ ނަމުން މަންޑޭލާ ހެދިގެން އުޅުއްވާ ބޭފުޅުން ކަމަށް ވިދާޅުވެ ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ އދ.ގެ ހާއްސަ މަންދޫބު ޑރ. އަހްމަދު ޝަހީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި ރައީސް ޞާލިހް ވެރިކަމަށް ގެންނަން ފާޅުގައި ތާއިދު ކުރެއްވި ޑރ.ޝަހީދު ފަހަކަށް އައިސް އަންނަނީ ރައީސް ޞާލިހްގެ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.

ބ.އަތޮޅު ބޮޑުފިނޮޅުގައި ތިބި ބިދޭސީންނަށް ކަރަންޓާއި ފެން ކަނޑާލި މައްސަލަ އާއި ގުޅިގެން މީހަކު ކުރި ޓްވީޓެއް ރީޓްވީޓް ކުރައްވަމުން ޑރ.ޝަހީދު ވިދާޅުވީ "ސަރުކާރުގައި ހައްތަހާވެސް ތިއްބެވީ ނަމުން މަންޑޭލާ ހެދިގެން އުޅުއްވާ ބޭފުޅުން" ކަމަށާއި ނަމަވެސް ރާއްޖޭގައި ހިނގަމުން ދަނީ އެޕަތެއިޑްގެ ސިފަތައް ފެންނަމުންދާ ވެރިކަމެއް ކަމަށެވެ.

އެޕަތެއިޑްގެ ސިފަތަކަކީ ދެކުނު އެފްރިކާގައި ދޮން މީހުން ނޫން މީހުންނާއި މެދު ނަސްލީ ތަފާތު ކުރުންތައް ގެންގުޅުނު ނިޒާމަށް ކިޔައި އުޅޭ ނަމެކެވެ.

ރައީސް ޞާލިހްގެ ސަރުކާރުން ބިދޭސީ މަސައްކަތްތެރިންނާއި މެދު އަމަލުތައް ކުރަމުން ގެންދާ ގުޅޭ ގޮތުން ހިއުމަން ރައިޓް ވޮޗް އިން ވެސް ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބިދޭސީންގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތައް ނުރައްކާ ވެއްޖެކަމަށް ދިވެހި ސަރުކާރުގެ ވެރިން ވިދާޅުވަނީ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ހައްލު ކުރުމުގައި ދިވެހި ސަރުކާރުގެ ވެރިން އިހުމާލުވެފައި ވާތީ އާއި ދިވެހި ސަރުކާރުގެ ނާގާބިލްކަން ފޮރުވަން ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ވަނީ ބުނެފިއެވެ.

ހިއުމަން ރައިޓްސް ވޮޗްގެ އެސޯސިއޭޓް އޭޝިއާ ޑިރެކްޓަރ ޕެޓްރީސިއާ ގޮސްމަން ދާދިފަހުން ވިދާޅުވެފައި ވަނީ ބިދޭސީ މަސައްކަތްތެރިން ހައްޔަރު ކުރުމުގެ ބަދަލުގައި މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދީ މައްސަލަތައް ދިވެހި ސަރުކާރުން ހައްލު ކޮށްދޭން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ގެރިކުޑޭ

    ޝަހީދު ދެން ތިހެން ބުނީމަ އެއީދެން ވަރަށް ބޮޑުވަރުވީ!

    55
    3
  2. ޙަސަނާ

    މީ ކިހާބޮޑު ދިވެހިރައްޔިތުން މީ އެއްވެސްހައްގެއް އޮތްބައެއްނޫންތަ މިގައުމުވީ ބިދޭސީންނައްދޭންތަ...

    11
  3. ލައިޓް

    މި އުޅެނީ ކުލި ނުދެއްކިގެން. ސަހީދު އަކަށް ހިޔެއްނުވޭ ވިސްނޭހެނެއް މިއަދު ޤައުމުގެ އަތްމަތި ދަތިކަން. ކިހިނެއް އެމެރިކާ އާ އެއްވަރަށް އަހަރެމެން ހަރަދުކުރާނީ.

    8
    5
  4. ނަމީ

    ހެހެހޭ މަންޑޭލާގެ ނަން ކައިރީގައިވެސް މިއިން މީހެއްގެ ނަން ލިޔަން ހެޔޮނުވާނެ....

    15
    1
  5. ގުއިދައިތަ

    ތިވެސް އޭގެ މީހެއް..!!

    13
    1
  6. ރިސޯޓްމީހާ

    މިސަރުކާރުންވެސް ކަންކުރަނީއަކީ ރަނގަޅަކަށްނޫން، ބިދޭސީން އަދި ދިވެހި މަސައްކަތު މީހުންނާއި ދޭތެރޭގައިވެސް ދިވެހި ސަރުކާރުން ނާއި ޕްރައިވެޓް ކުންފުނިތަކުން ކަންކަން ކުރަނީ ވަރަށް ނުބައިކޮށް، ހާއްސަކޮށް ބަންގްލަދޭޝް މަސައްކަތުމީހުންނާއި މެދު ހުރިހާ އެންމެންވެސް އަމަލު ކުރަމުންދަނީ ވަލު ޖަނަވާރުންނާއި ދޭތެރޭގައި ވެސް ކަން ނުކުރާ އުސޫލުންނޭ ބުނުމަކީ ދޮގަކަށްނުވާނެ. މިޖަރީމާ މިހިންގަނީ ކޮންބައެއްތޯ؟ ދިވެހި ވިޔަފާރިވެރިން. ސަރުކާރުގެ އިސްވެރިންގެ ކުންފުނިތަކުން ނުވަތަ އެމީހުންގެ މަސްލަހަތުއޮތް ކުންފުނިތަކުން. މަޖިލިސްމެމްބަރުންގެ ކުންފުނިތަކުން ނުވަތަ އެވެރިންގެ މަސްލަހަތު އޮތް ކުންފުނިތަކުން. މިއީ ހަގީގަތް.
    ކަންކަން ހައްލުނުވެގެން އުޅެނީ ކީއްވެތޯ؟ ސަބަބަކީ އެއްކަލަ ސަރުކާރުގެ ވެރިންގެ ކުންފުނި ނުވަތަ މަޖިލިސްމެމްބަރުގެ ކުންފުނިން ކުރާ ކުށްތަށް ބަލާނެ ފުލުންނެތުން، ފަނޑިޔާރުގެއެއްނެތުން. އެމީހުންގެ ކަންކަން ބަލާނެހިތްވަރު ސަރުކާރުގައި ނެތުން. މިއީ މިސަރުކާރަކުނޫން ނިމިގެންދިޔަ ހުރިހާ ސަރުކާރެއްގައިވެސް ކަންހުރީ ހަމަ މިގޮތަށް. އަދި ފަހުން އަންނާނެ ސަރުކާރެއްގައިވެސް ކަން އޮންނާނީ މިގޮތަށް.
    ހައްލަކީ ކޮބައިތޯ؟ ހައްލު ހިބުން ވަރަށް ދުރު ސަބަބުތަށް ވަރަށްގިނަ، ރާއްޖޭގައި މިއޮތް ސިޔާސީ އޮއިވަރުގައި ސިޔާސީ ބާރުގަދަމީހާ ނުވަތަ މަޖިލިސްމެމްބަރަކީ އެއިރެއްގައި އޮންނަ ސަރުކާރެއް ދަމަހައްޓަން ވަރަށް މުހިންމުމީހެއް. އެހެންކަމުން އެފަދަމީހުންގެ މައްޗަށް އިންސާފުން ހަމައިން ގާނޫނު ހިނގުމަކީ ނާދިރުކަމެއް. ދެން ދިވެހިން މިއަދު މިތިބީ ޖާހިލުންގެ ވެސް އެންމެ ޖާހިލުންގެ މަގަށް ގޮސްފައި، މިގައުމުގައި ނުކުރާކަށް ވިޔާނުދާކަމެއް މިއަދުނެތް، ޒިނޭ އާންމުވެއްޖެ، ރާބުއިން އާންމުވެއްޖެ، އިސްލާމްދީނަށް ހަޖޫޖެހުން އާންމުވެއްޖެ، އެއްޖިންސުން ގުޅުން ހިންގަނީ، މުދައްރިސުން ދަރިވަރުންނާއި ބެހެނީ، ބަފާ ދަރިންނާއި ބެެހެނީ އަމާ ދަރިންނާއި ބެހެނީ ދަރިން އަމާ ބަފާ އެއްބަނޑު ކޮއްކޮ މެންނާއި ބެހެނީ، އެންމެފަހުން އާރެއްބާރެއްނެތް މައުސޫމް ތުއްތުކުދިންވެސް ރޭޕްކުރަނީ، ނުކުޅެދޭ މީހުންވެސް ރޭޕްކުރަނީ.
    ބަޔަކު މީހުންގެ ކަންކަން މިހިސާބަށް ޖާހިލުވީމައި ދެން ބަންގްލަދޭޝް ބަޔަކު ލައްވައި މަސައްކަތްކުރުވާފައި އުޖޫރަނުދީ ތިބުމަކުން 100މީހުން ނިދަން ކުޑަކުޑަ ޓިނު ކޮޓަރިއެއްދިނުމަކުން ހައިރާންވާކަށް ނުޖެހޭނެދޯ.
    މިއީ އަޅުގަނޑުމެން އަމިއްލަޔަށް ހޯދައިގަތްގޮތް، އަޅުގަނޑުމެން ބޭނުމީ މިގޮތްކަމަށްވަންޏާމު މިއަދުގެ މައިންބަފައިން އެމީހުންގެ ދަރިން ތަރުބިއްޔަތުކުރަންވީ ހަމަ މިގޮތަށް. ސަރުކާރާއި އަދުލު އިންސާފު ހިނގަންވީހަމަ މިގޮތަށް.
    މިނޫން އެހެން ގޮތެއް ހޯދޭނީވެސް ހަމަ އަޅުގަނޑުމެން އެންމެންނަށް.

    14
  7. މުރާދު

    ރަނގަޅު ވާހަކައެއް މީނަ ބުންޏަސް. އެކަމަު މީނަ ދައްކާ ވާހަކަތަކަށް މާ ބޮޑު ބުރަދަނެއް ދޭކަށް ނުފެނޭ، މިއީ ބޮޑު ފާސިގެއް

    15
    2
  8. ކަމަނަ

    ތެދުފުޅެއް މި ސަރުކާރުން އެހީވަނީ ÷ާޓީމީހުންނަށް އެކަނި އިންސާފެއްނެތް ޤާނޫނުފުޑަމުންދަނީ

  9. މޮޔަ

    މީނާއަކީ އެއްޖިންސުން ކައިވެނި ކުރަން ތާއީދު ކުރި މީހެއް. ނަ މުންވެސް ކަ މުންވެސް މަންޑޭލާ އާއި އަރާ ހަ މަނުވިއްޔާ ރާނގަޅީ.

  10. ޑރ ޕިންޑޭ ----

    ކަލޭ މަންޑޭލާ ގެ މަގާމު ހޯދަ ބަލަ@ ނުފޮރޮއްޕާނެއް!