23:30

މިހަފްތާގައި ސަރުކާރު އޮފީސްތައް ބަންދުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ނިންމަވާފައި ވީނަމަވެސް ކޯޓުތަކުން ޝަރީޢަތްތައް ކުރިއަށް ގެންދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޯޓުތަކަށް އަންގައިފި.

23:04

ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 200 މީހަކު ފެސިލިޓީތަކަށް ނުގެންދެވި އެބަތިބި ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެ.

22:44

ބައެއް ގައުމުތަކުން އިތުރަށް ފައްސިވި މީހުންނާއި މަރުވި މީހުންގެ އަދަދު

ސްޕޭން
އިތުރަށް މަރުވި މީހުންގެ އަދަދު:09
މަރުވި މީހުންގެ ޖުމްލަ އަދަދު: 28,472
އިތުރަށް ފައްސިވި މީހުންގެ އަދަދު:3,044
ފައްސިވި މީހުންގެ ޖުމްލަ:344,134

އިނގިރޭސިވިލާ
އިތުރަށް މަރުވި މީހުންގެ އަދަދު:09
މަރުވި މީހުންގެ ޖުމްލަ އަދަދު:46,210
އިތުރަށް ފައްސިވި މީހުންގެ އަދަދު:928
ފައްސިވި މީހުންގެ ޖުމްލަ:305,623

އިޓަލީވިލާތް
އިތުރަށް މަރުވި މީހުންގެ އަދަދު:12
މަރުވި މީހުންގެ ޖުމްލަ އަދަދު:35,166
އިތުރަށް ފައްސިވި މީހުންގެ އަދަދު:159
ފައްސިވި މީހުންގެ ޖުމްލަ:248,229

ތުރުކީވިލާތް
އިތުރަށް މަރުވި މީހުންގެ އަދަދު:19
މަރުވި މީހުންގެ ޖުމްލަ އަދަދު:5,747
އިތުރަށް ފައްސިވި މީހުންގެ އަދަދު:995
ފައްސިވި މީހުންގެ ޖުމްލަ:233,851

22:32

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮތްދޫކުރައްވާ މަޖިލިސް ޖަލްސާތައް ފަސްކުރައްވަން ނިންމަވައިފި.

22:20

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 27 މީހަކު މިއަދު ބަލިން ރަނގަޅުވެއްޖެ.

22:18

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު 92 އަށް އަރައިފި.

22:14

ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 129 މީހަކު ފައްސިވެއްޖެ.

22:12

ކޮވިޑް-19 އަށް މިއަދު ފައްސިވި މީހުންގެ މައުލޫމާތު އަދި އެޗްޕީއޭ އިން ހާމައެއް ނުކުރޭ.

21:59

ކޮވިޑް-19 ޖެހުނު އުމުރުން 105 އަހަރުގެ އަފްޣާނިސްތާނަށް ނިސްބަތްވާ އަންހެނަކު އެ ބަލިން ރަނގަޅުވެއްޖެ.

21:55

ކަރަންޓީންގައި ހުއްޓާ ހއ.އިހަވަންދޫން ފިލި މީހާ އަމިއްލައަށް ސިއްހީ މަރުކަޒަށް ހިނގައްޖެ.

21:46

ކޮވިޑް-19 އަކީ ތިން ވަނަ ބޮޑު ހަނގުރާމައެއްގެ ފެށުމަށް ވެދާނެތަ؟

20:52

ކަރަންޓީންގައި ހުއްޓާ ހއ. އިހަވަންދޫއިން ފިލައިގެން އުޅެނީ އެ ދާއިރާގެ އިޒަތްތެރި މެންބަރު މުހައްމަދު ޝިފާއުގެ ކޮއްކޮ ކަަމަށް އިހަވަންދޫ ކައުންސިލުން ވިދާޅުވެއްޖެ.

20:39

ހއ. އިހަވަންދޫގައި ކަރަންޓީންކޮށްފައި ހުރި ދިވެއްސަކު ފިލައިފި.

20:19

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފި.

19:57

ހުޅުމާލޭގައި ގެނބިގެން ނިޔާވި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

19:34

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހދ. ފިނޭވެސް ކަރަންޓީންކޮށްފި.

19:20

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހދ. މަކުނުދޫ ކަރަންޓީންކޮށްފި.

18:27

އެމެރިކާއިން އިތުުރު 10 މީހަކު ކޮވިޑް-19 ޖެހިގެން ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 158375 އަށް އަރާފައި. އެ ގައުމުން އިތުރު 337 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 4813984 އަށް އަރާފައި.

18:26

އިންޑިއާއިން އިތުުރު 40 މީހަކު ކޮވިޑް-19 ޖެހިގެން ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 38201 އަށް އަރާފައި. އެ ގައުމުން އިތުރު 3426 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1808128 އަށް އަރާފައި.

18:26

ރަޝިއާއިން އިތުުރު 79 މީހަކު ކޮވިޑް-19 ޖެހިގެން ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 14207 އަށް އަރާފައި. އެ ގައުމުން އިތުރު 5394 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 856264 ށް އަރާފައި.

18:25

މެކްސިކޯއިން އިތުުރު 274 މީހަކު ކޮވިޑް-19 ޖެހިގެން ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 47746 އަށް އަރާފައި. އެ ގައުމުން އިތުރު 4853 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 439056 އަށް އަރާފައި.

18:24

އީރާނުން އިތުުރު 215 މީހަކު ކޮވިޑް-19 ޖެހިގެން ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 17405 އަށް އަރާފައި. އެ ގައުމުން އިތުރު 2598 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 312035 އަށް އަރާފައި.

18:24

ޕާކިސްތާނުން އިތުުރު އަށް މީހަކު ކޮވިޑް-19 ޖެހިގެން ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 5984 އަށް އަރާފައި. އެ ގައުމުން އިތުރު 331 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 280029 އަށް އަރާފައި.

18:23

ބަންގްލަދޭޝަ އިން އިތުުރު 30 މީހަކު ކޮވިޑް-19 ޖެހިގެން ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 3184 އަށް އަރާފައި. އެ ގައުމުން އިތުރު 1356 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 242102 އަށް އަރާފައި.

18:22

އިންޑޮނޭޝިއާއިން އިތުުރު 66 މީހަކު ކޮވިޑް-19 ޖެހިގެން ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 5302 އަށް އަރާފައި. އެ ގައުމުން އިތުރު 1679 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 113134 އަށް އަރާފައި.

18:22

ފިލިޕީންސްއިން އިތުުރު 45 މީހަކު ކޮވިޑް-19 ޖެހިގެން ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 2104 އަށް އަރާފައި. އެ ގައުމުން އިތުރު 3226 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 106330 އަށް އަރާފައި.

18:21

ޗައިނާއިން އިތުރު 43 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 84428 އަށް އަރާފައި. އެ ގައުމުން މިހާތަނަށް 4634 މަރު.

18:21

ބޮލީވިއާއިން އިތުުރު 89 މީހަކު ކޮވިޑް-19 ޖެހިގެން ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 3153 އަށް އަރާފައި. އެ ގައުމުން އިތުރު 1360 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 80153 އަށް އަރާފައި.

18:19

އިސްރާއިލުން އިތުުރު ފަސް މީހަކު ކޮވިޑް-19 ޖެހިގެން ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 541 އަށް އަރާފައި. އެ ގައުމުން އިތުރު 416 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 73231އަށް އަރާފައި.

18:18

ޔޫކްެރޭނުން އިތުުރު 13 މީހަކު ކޮވިޑް-19 ޖެހިގެން ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1738 އަށް އަރާފައި. އެ ގައުމުން އިތުރު 990 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 73158 އަށް އަރާފައި.

18:18

ކުވޭތުން އިތުުރު ހަތަރު މީހަކު ކޮވިޑް-19 ޖެހިގެން ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 461 އަށް އަރާފައި. އެ ގައުމުން އިތުރު 388 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 68299 އަށް އަރާފައި.

18:17

ބެލަރުސް އިން އިތުުރު ހަތަރު މީހަކު ކޮވިޑް-19 ޖެހިގެން ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 571 އަށް އަރާފައި. އެ ގައުމުން އިތުރު 99 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 68166 އަށް އަރާފައި.

18:16

ރޯމޭނިއާއިން އިތުުރު 823 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 54009 އަށް އަރާފައި. އެ ގައުމުން މިހާތަނަށް 2432 މަރު.

18:14

ސިންގަޕޫރުން އިތުރު 22 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 53051 އަށް އަރާފައި. އެ ގައުމުން މިހާތަނަށް މި ބަލީގައި މަރުވެފައި ވަނީ 27 މީހެއް.

18:14

ޕޮލެންޑުން އިތުުރު މީހަކު ކޮވިޑް-19 ޖެހިގެން ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1732 އަށް އަރާފައި. އެ ގައުމުން އިތުރު 575 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 47469 އަށް އަރާފައި.

18:13

ހޮންޑޫރަސްއިން އިތުުރު ނުވަ މީހަކު ކޮވިޑް-19 ޖެހިގެން ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1377 އަށް އަރާފައި. އެ ގައުމުން އިތުރު 512 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 43197 އަށް އަރާފައި.

17:58

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހދ. ނޮޅިވަރަމް ކަރަންޓީންކޮށްފި.

17:48

ހއ.އިވަންދޫ އަނެއްކާވެސް ކަރަންޓީންކޮށްފި.

17:41

އަރުމޭނިއާއިން އިތުުރު އަށް މީހަކު ކޮވިޑް-19 ޖެހިގެން ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 762 އަށް އަރާފައި. އެ ގައުމުން އިތުރު 52 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 39102 އަށް އަރާފައި.

17:38

ސްވިޒަލޭންޑުން އިތުރު 66 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 35616 އަށް އަރާފައި. އެ ގައުމުން މިހާތަނަށް މި ވައިރަސް ޖެހިގެން މަރުވީ 1981 މީހުން.

17:37

އޮސްޓްރޭލިއާއިން އިތުުރު 81 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 21385 އަށް އަރާފައި. އެ ގައުމުން މިހާތަނަށް މި ވައިރަސް ޖެހިގެން މަރުވީ 718 މީހެއް.

17:37

ނޭޕާލުން އިތުުރު 418 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 20750 އަށް އަރާފައި. އެ ގައުމުން މިހާތަނަށް މި ވައިރަސް ޖެހިގެން މަރުވެފައި ވަނީ 57 މީހުން.

17:36

އޮސްޓްރޭލިއާއިން އިތުުރު 13 މީހަކު ކޮވިޑް-19 ޖެހިގެން ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 221 އަށް އަރާފައި. އެ ގައުމުން އިތުރު 395 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 18318 އަށް އަރާފައި.

17:34

ދެކުނު ކޮރެއާއިން އިތުުރު 23 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 14389 އަށް އަރާފައި. އެ ގައުމުން މިހާތަނަށް މި ވައިރަސް ޖެހިގެން މަރުވެފައި ވަނީ 301 މީހުން.

17:33

ޑެންމާކުން އިތުުރު މީހަކު ކޮވިޑް-19 ޖެހިގެން ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 616 އަށް އަރާފައި. އެ ގައުމުން އިތުރު 207 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 13996 އަށް އަރާފައި.

17:33

ފަލަސްތީނުން އިތުރު 244 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 12541އަށް އަރާފައި. އެ ގައުމުން މިހާތަނަށް މި ވައިރަސް ޖެހިގެން މަރުވީ 84 މީހުން

17:32

މަޑަގަސްކަރައިން އިތުުރު ހަތަރު މީހަކު ކޮވިޑް-19 ޖެހިގެން ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 118 އަށް އަރާފައި. އެ ގައުމުން އިތުރު 132 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 11660 އަށް އަރާފައި.

17:31

ސެނަގަލްއިން އިތުުރު ދެ މީހަކު ކޮވިޑް-19 ޖެހިގެން ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 211 އަށް އަރާފައި. އެ ގައުމުން އިތުރު 42 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 10386 އަށް އަރާފައި.

17:30

މެލޭޝިއާއިން އިތުުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސްއަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 9001 އަށް އަރާފައި. އެ ގައުމުގައި މި ވައިރަސް ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ 125 މީހެއް.

17:29

ޒަމްބިއާއިން އިތުުރު 233 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސްއަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 6580 އަށް އަރާފައި. އެ ގައުމުގައި މި ވައިރަސް ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ 171 މީހެއް.

17:29

ހޮންގކޮންގއިން އިތުުރު 80 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސްއަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 3592 އަށް އަރާފައި. އެ ގައުމުގައި މި ވައިރަސް ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ 37 މީހެއް.

17:27

ތައިލެންޑުން އިތުުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސްއަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 3320 އަށް އަރާފައި. އެ ގައުމުގައި މި ވައިރަސް ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ 58 މީހެއް.

17:27

ސްރީލަންކާއިން އިތުުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސްއަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2824 އަށް އަރާފައި. އެ ގައުމުގައި މި ވައިރަސް ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ 11 މީހެއް.

17:26

ނިއުޒިލޭންޑުން އިތުުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސްއަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1567 އަށް އަރާފައި. އެ ގައުމުގައި މި ވައިރަސް ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ 22 މީހެއް.

17:26

މަލްޓާއިން އިތުުރު 14 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސްއަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 875 އަށް އަރާފައި. އެ ގައުމުގައި މި ވައިރަސް ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ ނުވަ މީހެއް.

17:25

ވިއެޓްނާމްގައި އިތުުރު 22 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސްއަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 646 އަށް އަރާފައި. އެ ގައުމުގައި މި ވައިރަސް ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ ހަ މީހެއް.

17:25

ބޫތާނުން އިތުުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސްއަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 103 އަށް އަރާފައި. އެ ގައުމުގައި މިހާތަނަށް މަރެއް ނެތް.

16:18

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ހުޅުވާލިފަހުން، ޖުލައި 31 ވަނަ ދުވަހާއި ހަމައަށް ރާއްޖެ އަށް އައިސްފައި ވަނީ 1769 ފަތުރުވެރިން ކަމަށް މޯލްޑިވްސް އިމްގްރޭޝަނުން ބުނެފި.

15:38

ހަލުވި ކަމާއި އެކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 އަށް ކޮސޯވޯގެ ބޮޑުވަޒީރު އަވްދުﷲ ހޯތޭ ފައްސިވެއްޖެ.

14:31

ހަލުވި ކަމާއެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން އިރާނުން މަރުވާ މީހުންގެ އަދަދު ސިއްރު ކުރާ ކަމަށް ބީބީސީން ބުނެފި.

14:11

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ ކުޑަކުދިންގެ އަދަދު އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކައިފި.

12:45

ރާއްޖެ އިން އިއްޔެ ކޮވިޑް-19 އަށް ފައްސިވި 215 މީހުންގެ ތެރޭގައި 86 އަހަރުގެ ދިވެހި ފިރިހެނަކު ހިމެނިއްޖެ.

12:05

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރާ ފުލުހަކު ކޮވިޑް-19 އަށް ފައްސިވެ، ގިނަ އަދަދެއްގެ ފުލުހުން ކަރަންޓީނަށް ގޮސްފި.

12:03

އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަގަޅު ކަމެއްނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެ.

11:58

ހައްޖުގެ އަޅުކަން މިއަހަރު ފުރިހަމަ ކުރުމަށް ސައުދީ އަރަބިއްޔާ އިން އިންތިޒާމުތައް ހަމަޖައްސާފައި ވަނީ ދުނިޔެއަށް ލާމަސީލު މިސާލެއް ދައްކައިދެމުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފި.

11:54

ކޮވިޑް-19 އަކީ ބޮޑު ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގައި ވަކާލާތުކުރި އެންމެން ގައުމުގެ ހާލަތަށް ޒިންމާވާން ޖެހޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ.

10:38

ފިލިޕީންސްގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އަނެއްކާ ވެސް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން އެ ގައުމުގެ ސަރުކާރުން ނިންމައިފި.

09:53

ކޮވިޑްގެ ހާލަތު ގޯސްވަމުން ދާއިރުވެސް ސަރުކާރުން ރައްޔިތުންނަށް އަޅާލާ މަންޒަރު ނުފެންނަ ކަމަށް ވިދާޅުވެ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި.

08:45

ކޮވިޑް-19 އަށް ވެކްސިނެއް އުފައްދަން ސައިންސްވެރިން ކުރަމުން އަންނަ މަސައްކަތައް އެމެރިކާ ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އެކަމުގެ ސަބަބުން ސައިންސްވެރިންނަށް ކަންބޮޑުވުމާއި ހާސްކަން ކުރިމަތިވެފައިވާ ކަމަށް އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ "ނިއުޔޯކް ޓައިމްސް" އިން ބުނެފި.

06:15

06:03

05:47

އިންޑިއާ އިން އިތުރު 52783 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 758 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1804702 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 38161 މީހަކު ވަނީ މަރުވެފައި.

05:46

އެމެރިކާއިން އިތުރު 49031 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 467 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 4813640 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 158365 މީހަކު ވަނީ މަރުވެފައި.

05:46

ބްރެޒިލް އިން އިތުރު 24801 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 514 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 2733677 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 94130 މީހަކު ވަނީ މަރުވެފައި.

05:46

ކޮލަމްބިއާ އިން އިތުރު 11470 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 320 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 317651 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 10650 މީހަކު ވަނީ މަރުވެފައި.

05:45

މެކްސިކޯ އިން އިތުރު 9556 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 784 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 434193 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 47472 މީހަކު ވަނީ މަރުވެފައި.

05:45

ދެކުނު އެފްރިކާ އިން އިތުރު 8195 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 213 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 511485 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 8366 މީހަކު ވަނީ މަރުވެފައި.

05:45

ޕެރޫ އިން އިތުރު 6667 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 206 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 428850 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 19614 މީހަކު ވަނީ މަރުވެފައި.

05:45

ރަޝިޔާ އިން އިތުރު 5427 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 70 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 850870 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 14128 މީހަކު ވަނީ މަރުވެފައި.

05:44

އާޖެންޓީނާ އިން އިތުރު 5376 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 52 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 201919 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3648 މީހަކު ވަނީ މަރުވެފައި.

05:44

ފިލިޕީންސުން އިތުރު 5032 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 20 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 103185 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 2059 މީހަކު ވަނީ މަރުވެފައި.

05:44

އީރާނުން އިތުރު 2685 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 208 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 309437 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 17190 މީހަކު ވަނީ މަރުވެފައި.

05:44

އިރާގުން އިތުރު 2447 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 63 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 129151 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 4868 މީހަކު ވަނީ މަރުވެފައި.

05:44

ޗިލީން އިތުރު 2073 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 75 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 359731 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 9608 މީހަކު ވަނީ މަރުވެފައި.

05:43

ބޮލީވިއާ އިން އިތުރު 2004 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 87 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 78793 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3064 މީހަކު ވަނީ މަރުވެފައި.

05:43

އިންޑޮނީޝިއާ އިން އިތުރު 1519 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 43 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 111455 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5236 މީހަކު ވަނީ މަރުވެފައި.

05:43

ސައުދީ އަރަބިއްޔާ އިން އިތުރު 1357 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 30 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 278835 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 2917 މީހަކު ވަނީ މަރުވެފައި.

03:49

03:27


އާދީއްތަ ދުވަހު ރާއްޖެ އިން އިތުރު 215 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 84 އަށް އަރާފައެވެ. މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހުރީ 200 ވަރަކަށް އެނދެވެ. ޑޮކްޓަރުންނާއި ނަރުހުންގެ އަދަދު ވަރަށް މަދެވެ. އައިސީޔޫ އެނދުގެ އަދަދު އަދި އެއަށްވުރެ މާމަދެވެ. އެހެންކަމުން ދުނިޔޭގެ ބައެއް ގައުމުތަކުން ފެނުނު ފަދަ އެންމެ ނުރައްކާތެރި ހާލަތައް ރާއްޖެ ދިއުމުގެ ބިރު ވަރަށް ބޮޑެވެ.

އެހާލަތައް ރާއްޖެ ދިޔަ ނުދިނުމަށްޓަކައި ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ އަދާކުރަން ޖެހެއެވެ. ކޮންމެހެން ގެއިން ބޭރަށް ނިކުންނަން ޖެހިގެން ނޫން ގޮތަކަށް ގެއިން ބޭރަށް ނުނިކުމެ ގޭގައި މަޑުކުރަން ޖެހެއެވެ. ގެއިން ނިކުންނަނަމަ މާސްކް އަޅަން ސަލާމުކަން ދޭން ޖެހެއެވެ. ކޮންމެ ތަނެއްގައި ވެސް އިޖުތިމާޢީ ގައިދުރުކަން ބަހައްޓަން ޖެހެއެވެ. އެންމެ ކައިރިވެގެން ވެސް ކޮންމެ ދެމީހެއްގެ ދެމެދުގައި ތިން ފޫޓްގެ ދުރުމިނެއް ބަހައްޓަން ޖެހެއެވެ. ގިނަގިނައިން އަތް ދޮންނަން ޖެހެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެމަންޖެ

    އަންނި ބުނުއްވާފަ އޮތީ ތިކަން ކުރާނަމޭ އޭނަޔާ ދެކޮޅައް އަރަންކެރޭނެ މީހަކު މިވެރިކަމެއްގަނެތް.

  2. އެމަންޖެ

    ހިނގައިދާނޭ ނުކިޔާ މިއުޅޭ ބުއްޅަބޭމެން މާހެޔޮއެދޭ ކަމައް ހެދިގެން ރާއްޖެ އެއްމެނައް މިބަލި ޖައްސާނެ.