ރާއްޖޭގައި ދިރިއުޅެމުން އަންނަނިކޮށް ހައްޔަރުކޮށް ބަންދުގައި ހުއްޓާ ނިޔާވި ޔަމަނުގެ ރައްޔިތެއް ކަމުގައިވާ ޔާސިރު ޔަހްޔާ ނިޔާވެފައި ވަނީ، ކެއިންބުއިމަށް އިންކާރު ކުރުމުގެ ސަބަބުން ސިއްޙީ ޙާލަތު ދަށްވެގެން ފަރުވާދެމުން ދަނިކޮށް ކަމަށް އިދާރާތަކުން ބުނެފިއެވެ.

މޯލްޑިވްސް ކަރެކްޝަންސް ސާވިސް އާއި އިމިގްރޭޝަން އާއި ފުލުހުން ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި މިކަން ހާމަކޮށް ބުނެފައި ވަނީ، އޭނާ އިއްޔެ ނިޔާވެފައި ވަނީ ހާލު ދެރަވެގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް، ސްޓްރޯކެއް ޖެހިގެން ކަމަށެވެ.

އިމިގްރޭޝަން ޤާނޫނާއި ޚިލާފުވެގެން ބިދޭސީން ބައިތިއްބާ ޑިޓެކްޝަން ސެންޓަރުގައި ބަހައްޓާފައި ވަނިކޮށް، ކެއިންބުއިމަށް އިންކާރު ކުރުމުގެ ސަބަބުން ސިއްޙީ ހާލަތު ދަށްވެގެން، ކުރިންވެސް ޔާސިރު ޔަހުޔާ އަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެވިފައިވާ ކަމަށް އިދާރާތަކުން ބުނެފައި ވެއެވެ.

"ޔާސިރު ޔަހުޔާ އާއި ގުޅޭ ތަފްސީލީ މަޢުލޫމާތު އެކި ފަހަރުމަތިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ޙިއްސާކުރެވިފައި ވާނެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ޔާސިރު ޔަހުޔާ ބަންދުކުރެވިފައު ހުރި މުއްދަތުގައި އޭނާ އާއި މެދު އަމަލުކޮށްފައި ވާނީ ސަލާމަތީ ގޮތުން ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށްފަހު އޭނާގެ އިންސާނީ ހައްޤުތަކަށް ރިޢާޔަތްކޮށް އޭނާގެ ދިވެހި އާއިލާ އާއި ގުޅުންބޭއްވުމަށާއި ކެއިންބުއިމާއި ހުރުމުގައި ވެސް ޚާއްސަ އުސޫލެއްގެ ދަށުން ލުއިގޮތަކަށެވެ." އިދާރާތަކުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުން ޔާސިރު ޔަހުޔާ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިރުބަވެރި ހަމަލާތައް ދެމުން އަންނަ އަލްޤައިދާ ޖަމާޢަތާއި ގުޅުން އޮންނަ، އެ ޖަމާޢަތުގެ އިސް ދައުރެއް އަދާކުރަމުންދިޔަ މީހެކެވެ. މިގޮތުން އަލްޤައިދާއިން ހިންގާ ހަރަކާތްތައް ރާވާ ވިލަރެސް ކުރުމުގެ އިތުރުން، ނިރުބަވެރިކަމާއި ގުޅުންހުރި މައްސަލަތަކުގައި ފުލުހުން ތަހުޤީޤުކޮށްފައިވާ ދިވެހިންނާއި ޔާސިރު ޔަހުޔާ ގުޅުން ބަދަހިކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ޔާސިރު ޔަހުޔާ އަކީ ފުލުހުންނަށް ލިބިފައިވާ އިތުބާރުހުރި އިންޓެލިޖެންސް މަޢުލޫމާތުގެ މައްޗަށް ބަލާއިރު، ރާއްޖޭގެ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ޤަބޫލުކުރެވޭތީ އޭނާއަށް ރާއްޖޭގައި ހުރުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލު ކުރުމުގެ ކުރީން 1 ފެބްރުއަރީ 2017 ގައި އިމިގްރޭޝަނަށް ހާޒިރުކޮށް، އެއްމަސް ދުވަސް ތެރޭގައި ފުރައިގެން ދިއުމަށް އަންގާފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ.

އެ އެންގުމާއި އެއްގޮތަށް އޭނާ ޢަމަލުކޮށްފައި ނުވާތީ އޭގެ ފަހުން ތިން ފަހަރެއްގެ މަތީސްވެސް ރާއްޖެއިން ފުރައިގެން ދިއުމަށް އޭނާއަށް އަންގާފައި ވާއިރު، އިމިގްރޭޝަން ޤާނޫނާއި ޚިލާފުވެފައިވާތީ ރާއްޖޭގައި ހުރުމަށް އޭނާއަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކޮށް، ފުރުވާލެވެންދެން އޭނާ ބަންދުކޮށްފައި ވަނީ 2 މާރިޗު 2017 ގައެވެ.

ބަންދުކޮށްފައި ހުއްޓާ ހާލު ދެރެވެގެން އެންމެ ފަހުން ޔާސިރު ޔަހުޔާ އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދޭން ފެށީ ޖުލައި 21 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. މިދިޔަ މަސް ތެރޭގައި ޔާސިރު ޔަހުޔާގެ ވަކީލުން އޭނާގެ ބަލި ހާލަތުގެ ސަބަބުން އޭނާ ގޭބަންދަށް ބަދަލުކޮށްދިނުމަށް ވަގުތީ އަމުރަކަށް ސިވިލް ކޯޓުގައި އެދުނެވެ. ނަމަވެސް ކޯޓުން ވަނީ ވަގުތީ އަމުރު ނެރެދިނުމަށް ޝަރީއަތުގެ ޤަވާއިދުތަކުގެ މައްޗަށް ބިނާކޮށް އިންކާރުކޮށްފައެވެ.

ޔާސިރު ޔަހުޔާ ރާއްޖެ އައިސް ވަޒީފާ އަދާ ކުރަމުން ދިޔައީ، އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލް އަދި އިސްލާމިކް ޔުނިވާސިޓީގައި ޓީޗަރެއްގެ ގޮތުގައެވެ. އޭނާ ރާއްޖޭގައި އުޅުނީ ދިވެއްސަކާއި ކައިވެނި ކޮށްގެންނެވެ. އެދެމަފިރިންގެ ދަރިއަކުވެސް އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޔަމަން

  ކަލޭމެނަށް ދީނަށް ވުރެން މުހިންމީ ދުނިޔޭގެ ކާފަރު ގައުމުތަކުގެ ލޯބި. ކާފަރު ސަލީބީންނަށް ކުޑަކަކޫ ޖަހާ ސަޖިދަކުރުމުންވެސް އެބާމީހުންގެ ރުހުން ނުލިބޭނެކަން ހަނދާންކުރާތި. ޔާސިރުއަށް އަނިޔާދިން އެންމެންނަށް ﷲ ލަޢުނަތްލައްވާ ނިކަމެތި ކުރައްވާށެ! އާމީން

  31
  9
 2. ވަގުތު ގަނެލާތި

  ހަހަހަ. ވަގުތުމީ ލާރި އެރިކޮޅަކަށް ދުވާ ބަައެއްްބަާ

  12
  9
 3. ތާތު

  ކަލޭމެނަށް ދީނަށް ވުރެން މުހިންމީ ދުނިޔޭގެ ކާފަރު ގައުމުތަކުގެ ލޯބި. ކާފަރު ސަލީބީންނަށް ކުޑަކަކޫ ޖަހާ ސަޖިދަކުރުމުންވެސް އެބާމީހުންގެ ރުހުން ނުލިބޭނެކަން ހަނދާންކުރާތި. ޔާސިރުއަށް އަނިޔާދިން އެންމެންނަށް ﷲ ލަޢުނަތްލައްވާ ނިކަމެތި ކުރައްވާށެ! އާމީން

  16
  4
 4. ކައްބެ

  ތިޔަފަދަ ނުރަށްކާތެރި މީހަކު ރާއްޖޭގައި ދިވެއްސަކާ ކައިވެނިބައްލަވައިގަތުމާއި އިސްލާމިކުޓީޗަރެއްގެ ވަޒީފާގައި އިންޓަނޭސަނަލް ސުކޫލަކުން ވަޒީފާލިބުނު ގޮތަށް ބަލާއިރު ތިޔަފަދަ ނުރަށްކާތެރި މީހެއްކަމުގައި ވުމަކީ އެކަށީގެންވާކަމެއް ނޫން.

  36
  8
 5. އެމްޑީޕީ ބުރޯ

  މި މައްސަލައިގަ ޔަހުޔާގެ ކައިވެނި ކޮށްދިން ގާޒީ އާއި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސޮކޫލްގެ ޕްރިންސިޕަލް އާއި އިސްލާމިކް ޔުނިވާސިޓީގެ އިސް ވެރިން އެބަ ކުއްވެރިވޭ! އެމީހުންގެ މައްސަލަ ބަލާ ތަހުގީގުކޮށް އަވަހައް ފިޔަވަޅުއަޅާ! ކޮންމެ އިހުމާލަކީވެސް އަނިޔާއެއް!

  4
  4
 6. ޖ ހ ގދ ދ

  މިކަން ނޭނގޭ މީހަކު އެބަހުރިތަ. އެނާ ބަލިހާލަތު ހުރި ގޮތުން ގެއަށް ބަދަލު ކޮށްދޭށޭ އަމުރަކަށްއެދުނީމާ އެކަމެެް ނުވި. އެކަމަކު ޓެރަރިޒަމްގެ ދައުވާ މިގެ ކުރިން ކޮށްފަ ތިބި މަހުޖަނުންނާ ޕޮލިޓީޝަނުންނާ ވެރިން ގެއަށާ ޔޫކޭތަންތަނަށްފޮނުވުނު. ޖަސްޓިސް ސިސްޓަމް އޮތީ އެވެރިންގެ ޖީބުގަ

  6
  1
 7. އަސްލު

  3 އަހަރަށްވުރެ ގިނަ ދުވަސްވީއިރު ދައުވާ ނުކޮށް މަރުވަންދެން ބެހެއްޓީ ކީއްވެހޭ މިކިޔަނީ ؟؟؟

  10
  1
 8. އަލީ ރަމީޒު

  ދިވެހިން އައިއެސްއައިގެ މީހެއް ޑިފެންޑު ކުރާތީ މަ ހަމަ ހައިރާން ވެއްޖެ . ކަލޭމެންނަށް ކިހިނެއް އިނގެނީ އެއީ ޓެރަރިސްޓެއް ނޫން ކަމެއް؟ އޭނަ ބަނޑުހައި ހޫނުކަމުގެ ހަޅުތާލަކަށް ދިޔައީ އަމިއްލައަށް ދޯ މީހެއްގެ ގަދަބާރަކުންނެއް ނޫން. އެންމެ ފުރަތަމަ ވީ އަައިއެސއް މީހުންނާ ބެހޭ ގޮތުން ތަމްރީން ދޭން ދިވެހިންނަށް . އެމީހުންގެ މަގްސަދަކީ ޖިހާދުވުން ، މުސްލިމުން ލައްވާ މުސްލިމު ނޫން މީހުން މެރުން. ރާއްޖޭގަ ލާދީނީ މީހުން އުޅޭތީ އޭނަ އައީ 2014 ވަނައަހަރު. ފިލްމު ތަކުގަވެސް ފެނިފަ ހުންނާނެ އެމީހުން އެއްވެސް ޤައުމަކަށް ހަމަލަ ދިނުމުގެ ކުރިން އެޤައުމަކަށް ވެރިވެ ގަންނާނެ މީހުންނާ އިނދެ ގުޅުން ބަދަހިކޮށް މައުލޫމާތު އެއްކޮށްގެން ފޮނުވަންޖެހޭ ތަންތަނަށް ފޮނުވާނެ. އޭނާ މަރުވުމަކީ ވެދާނެ އޭނަ އައިއެސް މީހުންނަށް ދޭން ބޭނުންވި މެސެޖެއް ކަމަށް . ފުލުހުންގެ އިންޓެލިޖެެންސަށް ބޮޑަށް އިނގޭނީ

  1
  10
  • Anonymous

   ލާދީނީ ވިޔަސް ބޮޑުވަރުތީ. އެއްވެސް ހެއްކެއް ނެތީސް ހަމަ އެކަނި ތުހުމަތަކައް 3 އަހަރު ބަހައްޓައިގެން މަރާލީ. ކަލޭމެން ކަހަލަ މުނާފިގުންނަކައް ހަޖަމެއް ނުކުރެވޭނެ ހަގީގަތް. އެއްވެސް ހެއްކެއް ނެތް. ހަމަ އެކަނި ތުހުމަތި ކުރަނީ.

   8
   1
 9. ތުއްފާޚް

  ކޮންމެ ހާލަތެއްގަވެސް މުސްލިމަކު އަމިއްލައަކަށް މަރެއްނުވާނެ. އެއީ ކަނޑައެޅިގެން ކުފުރު މަރެއް. ޖަހަންނަމަ ޔަޤީން މަރެއް. އަދި އަމުދުން ތުނބުޅި ދިގު އަރަބި ނަސްލުގެ މީހަކު ދަންޖެހިގެން މަރުވިޔަސް ދިވެހިންގެ ތެރއިން ހައްދުފަހަނައެޅި ވިސްނުމުގެ މީހުނަށް ހީވެފަ މިއޮންނަނީ އެއީ ޝަހީދު މަރެކޭ. އަދި ކުށެއްނެތް ބަޔަކު މަރަންއުޅެނިކޮށް މަރުވެއްޖެއްޔާ އެންމެ މަތީދަރަޖަދޭ. ދިވެހިންގެ ވިސްނުން މިވަނީ ދެކޮޅުންވެސް ހައްދުފަހަނަ އަޅައިގެންގޮއްސަ. އެއްކޮޅުން ދީނީ ހަރުކަށި ޖާހިލުކަން އަނެއްކޮޅުން ލާދީނީ ފިކުރިއްޔާތު.

  8
  2
 10. އިކްލީލް

  ސަރުކާރުން ބޭނުމިއްޔާ ގަދަކަމުން ޑީޕޯޓް ވެސް ކޮށްލެވޭނެތާ.... އެއްވެސް ގައުމެއްގެ ސަރުކާރުން މީހުން ޑީޕޯޓް ކުރަނީ އެމީހެއްގެ ވެސް ހިތުން ރުހުމަކުން ނޫން... އާއިލާއިން ބޭނުންނަމަ ދެވިދާނެތާ އެކީގަ... ހަގީގަތަކީ އެއްވެސް އިންސާފެއް ނެތި ޖަލެއްކަހަލަ ޑިޓެންޝަން ސެންޓަރެއްގަ ބެހެއްޓިކަން... ވަރަށް ބޮޑު އަނިޔާއެއް ތިދިނީ... ތިބުނާ ކަހަލަ ނުރައްކާތެރި ކަންތަށް ކުރިނަމަ ކީއްވެ ޝަރީއަތެއް ނުބޭއްވީ، ކީއްވެ ހުކުމްނުކުރީ؟ ކީއްވެ ގަދަަކަމުން ޑީޕޯޓްނުކުރީ!!!

  5
  1