މާލޭގެ މަގުމައްޗަށް ވެއްޓިފައި އޮތް މީހަކު ހޮސްޕިޓަލަށް ގެންދިއުމަށް ފުލުހުން މިއަދު އެހީތެރިވެއްޖެއެވެ.

މަންޒަރު ދުށް މީހަކު "ވަގުތަށް" ބުނީ މާލެ ނޯތު ހާބަރު ކުރިމަތީ ހުންނަ ފިހާރަތައް ކައިރިއަށް އެމީހާ ވެއްޓުނީ ދުފާލައިގެން ދަނިކޮށް އެނބުރުން އަރައިގެން ކަމަށެވެ. އަދި ފުލުހުން އައި އިރު، އެމީހާ އިނީ އިށީނދެގެން ކަމަށް ވެސް އޭނާ ބުންޏެވެ.

އެމީހާ އަށް ފަރުވާ ދިނުމަށް ގެންގޮސްފައި ވަނީ އައިޖީއެމްއެޗަށް ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.

ފުލުހުން ވިދާޅުވީ ހެނދުނު 9:30 ހާއިރު، މާލޭގެ މަގުމައްޗަށް މީހަކު ވެއްޓިފައި އޮވެގެން ފުލުހުން ހަރަކާތްތެރިވެފައިވާނެ ކަމަށެވެ. އެކަމާ ގުޅިގެން އިތުރު ވާހަކައެއް ފުލުހުން ނުދައްކައެވެ.