މީސްމީޑިއާގައި އާންމުންގެ ބައެއް މީހުންގެ ސަމާލުކަން މިއަދު ލިބުނު އެއް ކަމަކީ ނޯތު ހާބަރު ސަރަހައްދުގައި ނޭވާ ކުރުވެގެން އުޅުނު މީހަކު ވެއްޓިފައި އޮއްވައި ފުލުހުންގެ ބެލުމުގެ ދަށުން އައިޖީއެމްއެޗަށް ގެންދިޔަ ހަބަރެވެ.

ފުލުހުން އެ މީހާ ކައިރީގައި ހަރަކާތްތެރިވާ ފޮޓޯއަކާ އެކު އާއްމުން ތިބީ ކޮންމެވެސް ވަރަަކަށް ކަންބޮޑުވެފައެވެ. ސަބަބަކީ މި ދުވަސްވަރަކީ މުޅި ދުނިޔޭގައި ވެސް ނުރައްކާތެރި ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާ ދުވަސްވަރަކަށް ވުމުންނެވެ.

ފުލުހުން ވިދާޅުވީ ނޯތު ހާބަރު ސަރަހައްދަށް މީހަކު އަނބުރައިގަނެގެން ވެއްޓުުނުކަން ފުުލުހުންގެ ސަމާލުކަމަށް ގެނެސްފައި ވަނީ މިއަދު ހެނދުނު 09:25 ހާއިރު ކަމަށެވެ.

އަދި ފުލުހުން އެ ސީން އަށް އެޓެންޑުވެ ވެއްޓުނު މީހާ އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ނޯތް ހާބަރު ސަރަހައްދުގައި އެވަގުތު ހުރި މީހަކު "ވަގުތަށް" ކިޔާދިން ގޮތުގައި އެ މީހާ ވެއްޓުނީ އަނބުރައިގަނެގެންނެވެ. އަދި ފުލުހުން ދިޔަ އިރު އޭނާ ހުރީ އިށީނދެގެން ކަމަށް ވެސް އޭނާ ބުންޏެވެ.

އަދި ފުލުހުން އެ މީހާ ވެއްޓުނު ގޮތަކާ މެދު ސުވާލުކުރުމުން، މާ ގަދައަށް ދުފުމުން އަނބުރައިގަނެގެން ވެއްޓުނީ ކަމަށް އޭނާ ކިޔާދީފައިވާ ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޑޮކޮޓަރ ނާނާ---

    އެމީހާ ދުފުމަށް އޯވަރ ޑޯޒުވީ@ އެނގިއްޖެ!

    35
    1
  2. ކަނޑުކުކުޅު

    ދުފާ ސާމާނުން ނަގާ ޑިއުޓީ އިތުރުކުރޭ ދުފުމަކީ ސިއްހަތަށް ނުރައްކާތެރި ކަމެއް?

    34
  3. 8ރާެްޖގެ

    ދުފާނެ ކަމެއް ނެތް

    27
  4. ޑޮކްޓަރ އަޑަފިލޮޖީ

    ކިހާވަރަކަށް ދުފައިގެންތަ ތިވަރުވާނީ؟؟ ފަހަރެގައި ވެދާނެ އެހެން ބައްޔެއް ޖެހިގެން ކަމަށްވެސް. ދުފައިގެން ތިހާވަރު ވާނީ ބަޑުފުރާ ދުންފަތްކައިގެން.

    22
    1
  5. އަޖޯ

    މާ ގަދައަށް ދުންފަތް އަޅައިގެން ދުފައިފިޔާ އެކަހަލަ ނުބައި އެނބުރުމެއް އަރާނެ އާންމުކޮށް......ދުންފަތް ލައިގެން ދުފުން އެއީ ވަރަށް ގިނަ ދިވެހިންކުރާ ކުރަން ހެޔޮވާވަރު ކަމެއް ނޫން....

    26
  6. ދާޯ

    ކޮރޯނާ ދުފުން ދޯ؟

  7. ލޮލް

    ފޯއް އޯވަޑޯޒް ވީ

    13
  8. ފްރެންޑް

    ފެންފޯއް ބޭނުންކުރީމަ އަނބުރައިގަންނަ މީހުން އުޅޭ...

  9. ހޯގުޅާ އަހަންމަދު

    ހައްގު ތަ

  10. ބެގީ ރަސީދު

    ހައްޕުޑޭ ވެސް މިވަރަށް ދުފާނެ