ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދޭ "އިންކަމް ސަޕޯޓް އެލަވަންސް" 8،488 މީހަކަށް ދީފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޖުމްލަ 8،488 މީހަކަށް އިންކަމް ސަޕޯޓު އެލަވަންސް ދީފައިވާއިރު އެ ފަރާތްތަކަށް ޖުމްލަ 35.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. މި އެލަވަންސް ދެނީ ފިނޭންސް މިނިސްޓްރީއާ އެންސްޕާއާ ގުޅިގެންނެވެ.

ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދިނުމަށް ނިންމާފައި ވަނީ 5000 ރުފިޔާ އެވެ. އެލަވަންސް ކޮންމެ މަހެއްގެ 15 ވަނަ ދުވަހުގެ ކުރިން ދޭނެ އެވެ.

ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ، ނުވަތަ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވައިފައިވާ ފަރާތަކާއި މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް މިއުސޫލުގެ ދަށުން އެލަވަންސް ލިބޭނީ މާޗް މަހުގެ 01 ވަނަ ދުވަހާއި ހަމައަށް ވަޒީފާގައި ހުރިނަމައެވެ. އޭގެ އިތުރުން އެލަވަންސް ލިބޭނީ ސަރުކާރުން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން ކަނޑައެޅޭ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެއްބަސްވުމުން ކަމަށް ވެސް އުސޫލުގައި ވެއެވެ.

"އިންކަމް ސަޕޯޓް އެލަވަންސް"ގެ އުސޫލުގައި ބުނެފައިވަނީ ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް ޝައުޤުވެރިކަން ހުރި، އަދި ސަރުކާރުގެ ޖޮބް ސެންޓަރ މެދުވެރިކޮށް ވަޒީފާއެއް ނުވަތަ މަސައްކަތެއް އެ ފަރާތަށް ހޯދައިދެވިއްޖެނަމަ، އެ ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް ވެސް އެއްބަސްވާން ޖެހޭނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ވެސް 5000 ރުފިޔާގެ އެލަވަންސެއް ދިނުމަށް މިއުސޫލުގެ ދަށުން ހަމަޖެހިފައި ވެއެވެ. އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ކަމަށް އުސޫލުގައި ބުނެފައި ވަނީ މިނިވަން ކޮންޓްރެކްޓަރުންނާއި، ވިޔަފާރި އުސޫލުން މަސައްކަތްކުރާ ފަންނާނުންނާއި، އާމްދަނީއެއް ހޯދުމުގެ ގޮތުން އަގު ލިބޭގޮތަށް މަސައްކަތްކުރާ އެނޫންވެސް ފަރާތްތަކެވެ.

އެލަވަންސް ހޯދުމުގެ ބޭނުމުގައި ދޮގު މައުލޫމާތެއް ދީފިނަމަ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 520 ވަނަ މާއްދާ ނުވަތަ 521 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ ކުށުގެ ދަޢުވާ އުފުލުމަށް ކުރަންޖެހޭ ޖިނާއީ ތަޙުޤީޤު ކުރުމަށް ޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލަ ހުށަހަޅާނެ ކަމަށް ވެސް އުސޫލުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. މީހަކު

  އަހަންނަކަށް ނުލިބޭ،ރިސޯރޓްން ނޯޕޭގަ އައިސް މިއުޅެނީ.. އެލަވަންސަށް އެދި ހުށަހަޅަން ޖެހޭ ފޯރމާ ބޭނުންވާ ހުރިހާ ލިޔެކިޔުމެއްވަނީ ފޮނުވާފަ... އަދި އެއްމެފަހަރަކުވެސް ނުލިބޭ ސަރުކާރުން ކިހިނެއް ތިހަދަނީ

  5
  1
  • ނަސްލާ

   ގުޅާފަ އަހަންވީނުން ދޯ މިތާގަ ކޮމެންޓު ޖެހީމަ ލިބޭތަ

 2. ާައަހުމަދު

  ތި ލިބުނު މީހަކާ އަދި ދިމަލެއްނުވޭ

  1
  4
 3. ޖާބެ

  ފުރަންޓްލައިން ވޯކަރުންނައް ދޭންބުނި އެލަވަންސް ނުލިބޭއެތައް ބައިވަރު މީހުން އެބަތިބި މަދުބަޔަކައް ދީފަ އިސްތިހާރުކޮށްލާފަ ނިންމާލަނީ ދޯ ތި، ވަޒީފާގެ ރިލީފް ނުލިބޭމީގުންވެސް ހަމައެހާމެ ގިނަ

 4. ޒާ

  ތިފައިސާގަނޑުބެހީ ޕާޓީމީހުންނަށާ ގާސިމަށް ލުއިދޭން ވިލާކުންފުނީގެ މުވައްޒަފުންނަށް

  2
  1
 5. ާއަލީ

  ތިއެލަވަންސް ލިބުނުމީހުންގެ ތަފްސީލީ ލިސްޓެއް ހާމަކުރުމަށް ގޮވާލަން. ޙުސްމަކަރާ ހީލަތް

  1
  1
 6. އަބްދޫ

  ގާނޫނުއަސާސީގެ 97 އާ 250 ބުނާގޮތުން ތިޔަ ފައިސާދެވޭނީ ތަފްސީލް ގާނޫނެއް އޮވެގެން.މިސާލަކަށް މިހާރު ދެވޭ 65 އަހަރު މީހުނާ، އެކިއެކިގޮތްގޮތުން ނުކުޅެދިފައިވާ ފަރާތްތަކަށް ފައިސާދިނުމަށް ގާނޫނު ހެދިފައިވާފަދައިން ތިޔަކަމަށް ގާނޫނެއްހެދިފާނެތި ފައިސާ ދިނުމަކީ ރަނގަޅުކަމެއްބާ