ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބ. ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި 19 ބިދޭސީން ދޫކޮށްލައިފިއެެވެ.

އެ މީހުން ދޫކޮށްލާފައި ވަނީ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުންނެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެ މީހުންގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

ބޮޑުފިނޮޅުން އެ ބިދޭސީންތައް ހައްޔަރުކޮށްފައި ވަނީ، އެ ރިސޯޓް ތަރައްގީ ކުރަމުންދާ ކުންފުނި ކަމަށްވާ ރިޒް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ 203 މުވައްޒަފަކަށް އެތައް މަހެއްގެ މުސާރަ ނުދީ ހިފެހެއްޓުމާއި ގުޅިގެން އެތަނުގައި މަސައްކަތް ކުރާ 15 ދިވެހި މުވައްޒަފުން އެ ރަށުން ފޭބުމަށް މަސައްކަތް ކުރުމުން އެކަމަށް ހުރަސް އަޅައި ފޭބިޔަ ނުދީ އެ މީހުން ރަހީނުކޮށް، ފުލުހުން އެރަށަށް އަރަން ދިއުމުން ފުލުހުންނަށް އަނިޔާ ކުރި މައްސަލާގައެވެ. އެ ހާދިސާގައި ދެ ފުލުހަކަށް ބޮޑެތި އަނިޔާތަކެއް ވިއެވެ.

އެންމެ ފަހުން އެކަން ކޮންޓްރޯލް ވެފައި ވަނީ ފުލުހުންގެ ބޮޑު ފައުޖެއް މާލެ އިން އެރަށަށް ގޮސްގެންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ބަންދުން އެ މީހުން ދޫކޮށްލާފައިވާ ކަމަށާއި، އެ މީހުން މިހާރު ތިބީ އިމިގްެރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ބޮޑުފިނޮޅުގައި ތިބި 179 ބިދޭސީން މިހާރު އެރަށުން ބާލާފައިވާއިރު، މިހާރު އެ މީހުން ތިބީ އިމިގްެރޭޝަންގެ ބެލުމުގެ ދަށުގައި ހުޅުމާލޭގައެވެ.

އެ މީހުން އެރަށުން ބާލާފައި ވަނީ އިމިގްރޭޝަންގެ އެހީގައި ފުލުހުން ގޮސްގެންނެވެ. އެ މީހުން އެރަށުން ބޭލީ އެރަށުން ފެނާއި ކަރަންޓުގެ ހިދުމަތް، ކެނޑުމާއި ގުޅިގެންނެވެ.

ރިޒް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ބިދޭސީންގެ އެއްވެސް ލިޔެކިއުމެއް ނެތް މައްސަލަ އާއި މުސާރަ ނުދީ ގަވައިދާ ހިލާފަށް ގެންގުޅުން ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފުލުހުން ވެސް ގެންދަނީ ބަލަމުންނެވެ. ފުލުހުން ވަނީ އެކަމާ ގުޅިގެން ހިއުމަން ޓްރެފިކިންއަށް ތުހުމަތު ކުރެވޭ ކަންކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަހުރަބު

    މިޔޮތީ ވާ ސަރުކާރެ އް ފުލުހުންނަށް ޙަމަަަލަ ދީ ތަކެތި ހަލާކުކޮށް ޤާނޫނުތަ އް މުގުރީމަވެސް ދޫކޮށްލީ ،،،،، ދޯހަޅި ވިޔަސް ބޮޑުވަރު

  2. ޖާބެ

    މިޤަޢުމުގަ ފައިސާ ކޮންމެގޮތަކައް ހޯދިކަމުގަވިޔަސް މަސަލައެއް ނޯންނާނެ. ޢޭގެން ހުރިހާކަމެއް ވާނެ

  3. އެލެކުސް މައިކާލޯ

    އެދުރުކަލޭފާނަށް ވަނީ ކޮންކަމެއް. ކޮބައިތަ އަހަރެމެންގެ ބޭބީގަނޑު ރޯލަބަލަ! ކިހާ ދެރައްވެޖެކަމެއް މިބަންގާޅުންނާހެދީ