ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ހުޅުވާލިފަހުން، ޖުލައި 31 ވަނަ ދުވަހާއި ހަމައަށް ރާއްޖެ އަށް އައިސްފައި ވަނީ 1769 ފަތުރުވެރިން ކަމަށް މޯލްޑިވްސް އިމްގްރޭޝަނުން ބުނެފިއެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި ވަނީ މިދިޔަ މާޗް 27 ގައެވެ.

އިމިގްރޭޝަނުން މިއަދު އާއްމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޖުލައި މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 258 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. މީގެ އިތުރުން މި ލިސްޓުގެ ދެވަނާގައި އެމެރިކާ އޮތްއިރު އެ ގައުމުން 189 ފަތުރުވެރިއަކު ވަނީ އައިސްފައެވެ. ލިސްޓުގެ ތިންވަނާގައި އޮތް ޔޫއޭއީން ރާއްޖެ އައިސްފައި ވަނީ 143 ފަތުރުވެރިއެކެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޖުލައި 30 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް އައިސްފައި ވަނީ 218 ފަތުރުވެރިއެކެވެ.

ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެންމެ ފަތުރުވެރިއެކެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، ހުޅުވާލި ފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮަޑަށް ވަނީ މަދުވެފައެވެ. އެހެން ނަމަވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރު ކުރުމަށް ކަމާއި ގުޅުން ހުރި އިދާރާތަކުން ދަނީ މަސައްކްތަކެއް ކުރަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    1769 ފަތުރުވެރިން ނައް ޓަކާ ދިވެހިން ގުރުބާން ކުރަނީ، ސަރުކާރު ބޭނުމީ ލާރި ލާރި

  2. ލާރި ލާރި

    1769 ފަތުރުވެރިން ނައް ޓަކާ ދިވެހިން ގުރުބާން ކުރަނީ، ސަރުކާރު ބޭނުމީ ލާރި ލާރި