ރާއްޖޭގައި ދިރިއުޅެމުން އަންނަނިކޮށް ހައްޔަރުކޮށް ބަންދުގައި ހުއްޓާ ނިޔާވި ޔަމަނުގެ ރައްޔިތެއް ކަމުގައިވާ ޔާސިރު ޔަހްޔާ ސާލިހް އަދިވެސް ވަޅުނުލާ ކަމަށް އާއިލާއިން ބުނެފިއެވެ.

ޔަހްޔާގެ އާއިލާ މީހަކު "ވަގުތު" އަށް ބުނީ، އޭނާގަ ހަށިގަނޑު އޮތީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށާއި އަދި ވެސް ވަޅު ނުލެވޭ ކަމަށެވެ.

"ހަށިގަނޑު އޮތީ އަދިވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި. އަދިވެސް ބަންދުން ދުލެއް ނުކުރޭ" އާއިލާ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މިކަމާއި ގުޅިގެން އިމިގްރޭޝަންގެ އޮފިޝަލް ވިދާޅުވީ، އެކަން އަދި ނޭނގޭކަމަށެވެ.

ދިވެއްސަކާ ކައިވެނިކޮށް ކުޑަކުއްޖެއް ވެސް ހުންނަ ޔާސިރު ނިޔާވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

ސަރުކަރުގެ އިދާރާތަކުން ބުނެފައި ވަނީ އިމިގްރޭޝަން ޤާނޫނާއި ޚިލާފުވެގެން ބިދޭސީން ބައިތިއްބާ ޑިޓެންޝަން ސެންޓަރުގައި ބަހައްޓާފައި ވަނިކޮށް، ކެއިންބުއިމަށް އިންކާރު ކުރުމުގެ ސަބަބުން ސިއްޙީ ހާލަތު ދަށްވެގެން، ކުރިންވެސް ޔާސިރު ޔަހުޔާ އަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެވިފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވެފައި ވަނީ ޔާސިރަކީ ނިރުބަވެރި (ޓެރެރިސްޓް) އަލްޤައިދާ ޖަމާޢަތާއި ގުޅުން އޮންނަ، އެ ޖަމާޢަތުގެ އިސް ދައުރެއް އަދާކުރާ މީހެއް ކަމަށެވެ.

"މޯލްޑިވްސް ޕޮލިސް ސާވިސް އަށް ލިބިފައިވާ އިންޓެލިޖެންސް މަޢުލޫމާތުން އެނގޭ ގޮތުގައި އޭނާ އަކީ އަލްޤައިދާ ޖަމާޢަތާ ގުޅުން އޮންނަ، އެ ޖަމާޢަތުގެ އިސް ދައުރެއް އަދާކުރާ، އެ ޖަމާޢަތުން ހިންގާ މަތީ ފެންވަރުގެ ޓެރެރިސްޓް ތަމްރީނުތައް ފުރިހަމަކޮށްފައިވާ މީހެކެވެ." ފުލުހުން ވިދާޅުވެފައި ވެއެވެ.

ޔާސިރް ހާލު ދެރެވެގެން އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދޭން ފެށީ ޖުލައި 21 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

ޔާސިރް ރާއްޖެ އައިސް ވަޒީފާ އަދާ ކުރަމުން ގޮސްފައި ވަނީ، އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލް އަދި އިސްލާމިކް ޔުނިވާސިޓީގައި ޓީޗަރެއްގެ ވަޒީފާއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ފިލާވަޅު

    މީނަގެ ދަރިޔަކު އެބަހުރި މިދިވެހި ފަސްގަނޑައް އުފަން ، މީނަގެ ހިތުގަ ނަފުރަތާ ނާއިންސާފުގެ ރަހަ އެއްމެ ފުންމިނައްލާފަ މިހާރު ހުންނާނީ . މިކަނުގައި މިދިވެހި ދަޢުލަތުގެ ޒިންމާއެބައޮތް އަދި އެފަދަ ނަފުރަތު އެފަންކުރުވުމުގެ ހުރިހާކަމއްކޮށްފި. މިހާރު އިންސާފު ހޯދަން މިޖެހެނީ ބާރުގަދަ މިހާއައް އެއީ ވައްކަންކޮށް ދައުލަތުގެ ޙަޒާނާ ލޫޓުވަލާ އެފައިސާ ބެނުންކުރީމަ މިވަނި ސިއްދީގު ބެކަލަކައް މިރާއްޖޭގަ. އިންސާފުގެ މަތިން ރައްޔިތުންގެ އިތުބާރުގެއްލިއްޖެ. ފުލުހުންނައް ދަޢުލަތުން ކުރާޙަރަދުގެ އެއްވެސް ނަތީޖާއެއް ނުފެނޭ

    30
    7
  2. ދާޯ

    "ހަށިގަނޑު އޮތީ އަދިވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި. މިކަމާއި ގުޅިގެން އިމިގްރޭޝަންގެ އޮފިޝަލް ވިދާޅުވީ، އެކަން އަދި ނޭނގޭކަމަށެ.... ދެން ކީކޭބުނާނީ

    36
    1
  3. ބުއްޅަބޭ

    ފޮނުވާނެ ގައުމެއްނެތް، ހަވާލުވާނެ ފަރާތެއްނެތް، ވަޅުލެވޭކަށްނެތް، ވަޅުނުލާ ބޭއްވޭކަށްވެސްނުތް!

    32
  4. އެލެކުސް މައިކާލޯ

    ތިހަށިގަނޑު އެދުރުކަލޭފާނު ބައިގައިގަ މީހުން އެކުވެގެން ކާލަންވީނުން.

    11
    2
  5. ޝަޢީން

    މަރުވީމަވެސް ޔާސިރު ދޫކުރާކަށް ނޫޅޭ. އޭނަގެ އާއިލާއެއްވެސް ރާއްޖޭގައި އެބަ އޮތް. ހިއުމަން ރައިޓްސް އެއީ ބައެއް މީހުން ވީމަ އޮންނަ އެއްޗެއްބާ.

    44
    1
  6. ފުއާދު

    އެމެރިކާއިން އެއްޗެއް ބުނަންދެން މަޑުކޮށްލައިގެން ތިބީ ކަމަށްވާނީ.

    27
    2
  7. ރާހި

    އަލްގައިދާ އައިސް ތަނެއް ނުގޮއްވަނީސް އޭނާއަށް ގޮތެއް ހަދާ.

    9
    1
  8. ބޮޑު ދައިތަ

    ނިކަން ނުލަފާ އަނިޔާވެރި ޖައްބާރު ބަޔެކޭ އެއީ.

    6
    8
  9. އަލީ އަލީ

    މިގައުމުގެ ފަސްގަނޑުގަ ޓެރރިސްޓެއް ވަޅުލަންވެސް ގަބޫލެއްނޫން!

    7
    29
  10. ކިހާ ދެރަކަމެއް

    ތީ ދެން ކިޙަދެރަކަމެއް .. މުސްލިމަކު ވަޅުނުލާ .
    އެއަހާ އަވަހައް ވަޅުލުމުގެ ހައްގުވެސް ތި ނިގުޅާގެންނަނީ ކުތްހީތަކާއި ކުއްސަކުތަކުގެ މައްޗައް ބިނާކޮއް...
    ..
    ތިޙާވަރައް ތި އިންޓެލިޖެން ހެކި ހުރިނަމަ މިހާދުވަސް ވީއިރު ތިތަހުގީގުކޮއް މައްސަލަ ސަރީއަތާ ހަމައައްވެސް ދިޔައަިހެއްނުން އަދި ތިހާ ނުރައްކާތެރި މީހެއް ޖަލައް ނުލާ އެހެންމީހުން ބަހައްޓާތާކުވެސް ނުބެހެއްޓީހެއްނުން...
    ..
    އެމެރިކާއިން އަލްގައިދާއަކީ ޓެރަރިސްޓް ޖަމާއަތެކޭ ބުނީމަ އަހަރެމެން އެކަން ގަބޫލްކުރަންވީތައް...
    އަދި އެމެރިކާއިން ޓެރަރިސްޓޭބުނީމަ އެމެން ޓެރަރިސްޓުންނައް ވަނީތަ އަދި އެއަލްގައަދާގެ އެންމެހާ މިސްލިމުން ކާފިރުންނައް ވަނީތަ...
    ނުވަތަ އެ އަހާ އަކީ އަލްގައިދާގެ މީހެކޭކިޔާފަ ތިބާމެންނައް އޭނައީ ކާފިރެއް ކަމުގާ އަދި ޓެރަރިސްޓެއް ކަމުގާ ނިންމޭނެތަ...
    ( ތިހާނު ރައްކާ މީހެއްނަމަ އެމެރިކާންވެސް ތިބުނާ މީހަކު ބަލާ އެހުރިތާކަތްވެސް އަންނާނެނުން އޭނަ ދިރިހުއްޓާ އަދި އޭނަ ދިވެހި ސަރުކާރުންވެސް ހަމަ ހަވާލުވެސް ކުރާނެނުން...
    ޢެނެއްކާ އެމެރިކާމީހުން ނުވަތަ ޒައިނިސްޓުންމައް އޭނަގެ މަރު ކަށަވަރު ކޮއްދޭން ބާވަނީތައް ނުވަތަ އެމީހުންވެގެން ޕޯސްޓް މޯޓަމް ހަނދަން ބާވަނީތައް...)
    ..
    ރަސޫލާ ޞައްލައްﷲ އަލައިހި ވަސަލަމް އިރުސާދު ދެއްވާފާވަނީ މައްޔިތާ އަވަހައް ޥަޅުލުމަތް..
    ޢަދި އެމަޔިތާއީ މިއުމިނެއް ކަމުގާ ވާނަމަ އަހަރެމެން އެމައްޔިތާއައް ފާދާވާނޭ ސަބަބެއްނެތި ނުވަތަ އާއިލާ އައް ފާދާވާނޭ ސަބަބެއްނެތި ނުވަތަ އެފަދަ އުޒުރެއްނެތި އެމަޔިތާ ވަޅުނުލާ ލަސްކުރާ ލަސްކުރުމަކީ އެމައްޔިޔާއައް ބަރުޒަހުގެ އާލަމުން ހުރި އުފާވެރިކަންކަމައް ނޭގިނަމަވެސް އެޅޭ ހުރަކަތް ވެގެން ނުވާނެ...
    ( ހާއްސަކޮއް ސާހާދައްކިޔާ މިސްލިމަކު މަތުވުމުން.. އަަހަރެމެންގެ ކަމެއްނޫން އެއީ އެމައްޔިޔާއަކީ ޓެރަރިސްތެއްތޯ ހަނދު ފަހަނަ އަޅާފާވާ މީހެއްތޯ ސޯލިހުމީހެއްތޯ ކަނޑައެޅުމަކީ އަދި އެނާ މައްޔިތަކައް ނުވަތަ މަރުވުމައްފަހު. . އަދި އެމައްޔިތާއަކީ ނަރަކަ ވަންތަވެރިއެއްތޯ ނުވަތަ ސުވަރުގެ ވަންތަވެރިއެއްތޯ ބެލުމަކީވެސް އަދި ކަނޑައެޅުމަކީވެސް އަހަރެމެންހެ ކަމެއްނޫން..)
    ...
    ޒައިނިސްޓުންދެކެ ބިރުގަނަނަމަ.. އެމީހުން ސުވާކު ކުރާނަމަ ބުނޭ އޭނާ ދިރިހުއްޓާނުގެން ދިޔައީ ކީއްވެތޯ...
    ..
    ތިޔަބާމީހުން ﷲ އައްވުރެން ޒައިނިސްޓުން ދެކެ ބިރުގަނަނީތަ.. ނުވަތަ އެބާމީހުންއަތުން ލިބިދާނޭ ދުނިޔެވީ މަންފާއަކަތް އެދުންވެރިވަނީތައް...
    މީވަގުތީ ތަނެއްކަމާއި އުހުރަވީހަޔާތް ވާކަމާއި އަދި ގިޔާމަތްދުވަހުން އަދުލް އިންސާފު ލިބިދެވޭނޭކަމާއި އަދި މަރު ތިބާއާވެސް ބައްދަލް ކުރާނޭކަން ނޭގުނީތަ އަދި ހަނދާން ނެތުނީތަ....

  11. ބޮގީޓާ

    މޯލްޑިވްސް ޕޮލިސް ސާވިސް އަށް ލިބިފައިވާ އިންޓެލިޖެންސް މަޢުލޫމާތުން އެނގޭ ގޮތުގައިި ........ ލޮލް!!???

  12. ގޭދޮށު ގަރުދިޔަ ސްޓިކާ ފެކްޓަރީ

    މިހާރުވެސް ސްޓިކާ އެކޭ ބުނާއިރަށް ދުއްވައިގަންނާނެ ދުވަހުން ދުވަހަށް އެކަންވާނެ

    6
    1
  13. ސެކިއުރިޓީ

    ޔާސިރު ބަންދު ކުރީ ސައޫދީ ރަސްގެފާނު ވަޑައިގަންނަވާތީ

  14. ސައްލި

    3 އަހަރުތެރޭގައި އޭނާ ފުރުވާ ނުލެވުނު މައްސަލަ ބަލަން ޖެހޭނެ.

  15. Anonymous

    ޢިމްރާން ހަނދާންކުރާތި! ތިބޭފުޅާ މަހުށަރުގެ މައިދާނުގަވެސް މި ނިކަމެތި މީހާގެ މަރުގެ ޒިންމާ އުފުއްލަވަންޖެހޭނެ!! ???

  16. ވަޒިން

    ޔާސިރް އަކީ އަސްލު އަލްގައިދާ މީހެއް ނަމަ ..އޭނާއާއި މެދު ރާއްޖެއިން ކަންކުރިގޮތުގެ ސަބަބުން ރާއްޖެއަށް ބަދަލު ހިފުމުގެ ހަމަލާތަކެެއް ރައްދުވުން އެކަށީގެންވޭ. އަދި މިހާތަނައް އޭނާއަކީ އަލްގައިދާ މީހެކޭ ނިރުބަވެރިޔެކޭ ކިޔައިގެން ވާހަކަ ދެއްކުން ނޫން އިތުރު ހެއްކެއް ނުވަތަ ތަހުގީގުކޮއް ކޯޓެއްގައި ސާބިތު ކުރެވުނު އަޑެއް އަދި ނާހަން. އަދި އޭނާ ޑީޕޯޓު ކުރަން ސަރުކާރުން އުޅުނީމާ އެއީ ޓެރަރިސްޓެއް ކަމާއިމެދު ޝައްކު އުފެދޭ..އެހެނީ ޓެރަރިސްޓުން ޑީޕޯޓު ކުރުމަކީ އޮންނަ އުސޫލެއްތޮ ހިތައްއަރާ..؟