ހުޅުމާލެ ސަރަހައްދުގައި ދޯންޏެއްގެ މަސައްކަތް ކުރުމަށް މޫދަށް އެރި އުޅުނު މީހަކު އަކުނިވަޔަށް ދަމައިގަތުމުން، ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް ނިޔާވެއްޖެއެވެ. އޭނާ ނިޔާވި ފަހުން ހެދި ކޮވިޑް-19 ޓެސްޓުން އޭނާ ވަނީ އެ ބައްޔަށް ފައްސިވެފައެވެ.

ނިޔާވެފައި ވަނީ އުމުރުން 27 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ، މިއަދު މެންދުރު ހުޅުމާލޭގެ ފަޅުގައި އޮތް ދޯންޏެއްގައި މަސައްކަތެއް ކުރުމަށް މޫދަށް އެރި އުޅުނު މީހަކު އަކުނިވަޔަށް ދަމާގަނެގެން ހާލު ދެރަވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އެ މީހާ ކޮވިޑް-19 އަށް ފައްސިވެފައިވާކަން އެނގުނީ ނިޔާވާ މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރާ އުސޫލުން ޓެސްޓު ހެދުމުންނެވެ. އޭނާ ކޮވިޑް-19 އަށް ފައްސިވިނަމަވެސް، އެއީ ކޮވިޑް-19 ބަލީގައި ނިޔާވި މީހެއް ނޫން ކަމަށް ވަނީ ކަނޑައަޅާފައެވެ.

އެޗްއީއޯސީގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، އެ މަރާއި ގުޅޭ ތަފްސީލު މިރޭ އޮންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރައްވާނެ ކަމަށެވެ.

މިއީ ރާއްޖޭގައި ނިޔާވި މީހުންގެ ތެރެއިން ކޮވިޑް-19 އަށް ފައްސިވި ނަމަވެސް، އެ ބަލީގައި ނިޔާވި މީހެއް ނޫން ކަމަށް ކަނޑައެޅި ހަތަރު ވަނަ މީހާއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހިގެން މިހާތަނަށް 18 މީހަކު ވަނީ ނިޔާވެފައެވެ. ނިޔާވި ފަހުން ޓެސްޓް ކުރި ބައެއް މީހުން ކޮވިޑް-19 އަށް ފައްސިވި ނަމަވެސް އެމީހުން ނިޔާވީ ކޮވިޑް-19 ޖެހިގެން ނޫން ކަމަށް މީގެ ކުރިން ވެސް ނިންމާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ހަހަހަހހަ. ހާހާހާ??????

    2
    2
  2. ކާފަރު

    ؟ އިންސާނަކަށް އެނބަ އެނގޭތަ ވާނުވާ..

    10
  3. ބުއްޅަ

    މޫދުގަ ހުންނަ ގާ ވެސް ޕޮސިޓިއްވާނެ

  4. ބުއްޅަބޭ

    މޫދުގަ ހުންނަ ގާ ވެސް ޕޮސިޓިއްވާނެ

  5. ބޮޑުވަޒީރު

    ދެން ހަދާ ޓެސްޓް އިން ވާނީ ނައްސި... އިތުބާރު ގެއްލިއްޖެ.

    10
  6. ބޭނޭ

    މަރުވާއިރައް ޕޮޒިޓިވް ވަނީތައެ ނޫނީ ކިޓް މައްސަލަބާ?