މިއަދު 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 129 މީހަކު ފައްސިވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ވިދާޅުވީ މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 93 މީހުންނަކީ ދިވެހިން ކަމަށެވެ. ދެން ފައްސިވީ ބަންގްލަދޭޝްގެ 23 މީހަކާއި އިންޑިއާގެ އަށްމީހަކާއި ސްރީލަންކާގެ ހަތަރު މީހަކާއި އިންޑޮނޭޝިއާ މީހެކެވެ.
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 4293 އަށް އަރާފައެވެ. އޭގެ ތެރެއިން 2670 މީހަކު ވަނީ މިހާރު ބަލިން ރަނގަޅު ވެފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި 1490 މީހުން އެބަތިއްބެވެ.
ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. މިހާރުވެސް 92 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މީގެ ތެރެއިން ހަ މީހަކަށް އައިސީޔޫގައި ފަރުވާދެމުން ދާއިރު ދެމީހަކަށް އަންނަނީ ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ.
އެޗްޕީއޭ އިން މިރޭ އާއްމު ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޓެސްޓުކުރުމަށްޓަކައި 82208 ސުންކު (ސާމްޕަލް) ވަނީ ނަގާފައެވެ. މިވަގުތު އައިސޮލޭޝަންގައި 1013 މީހުން އެބަތިބިކަމަށް އެޗްޕީއޭއިން މިރޭ އާއްމު ކުރި ތަފާސް ހިސާބުތަކުން ވެސް ދައްކައެވެ.
މި ދެތިން ދުވަހަކު ކީއްވެގެންތޯ ި އަދަދު އެހާ މަތިވެގެން މި އުޅެނީ
އީދު ބަންދުގަ ގޭގަ މައިތިރި ނުވާ ގްރޫޕުތަކާ ހެދި