ކަރަންޓީންގައި ހުއްޓާ ހއ.އިހަވަންދޫން ފިލި މީހާ އަމިއްލައަށް ސިއްހީ މަރުކަޒަށް ހިނގައްޖެއެވެ.

ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުގެ ކޮއްކޮ ފިލާފައި ވަނީ މިރޭ ހެލްތު ސެންޓަރަށް ގެންގޮސްފައި ހުއްޓައެވެ.

އޭނާ ސިއްހީ މަރުކަޒަށް ދިޔައީ އޭނާ ހޯދުމުގެ މަސައްކަތް ރަށުގެ ރައްޔިތުންނާއި ފުލުހުން ކުރަމުން ގެންދަނިކޮށެވެ.

އޭނާ ފިލާފައި ވަނީ މިރޭ 19:00 އާއި 18:00 އާއި ދެމެދުގެ ވަގުތެއްގައެވެ.

އިހަވަންދޫން މިހާތަނަށް ތިން މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިހާރު ވެސް އެރަށަށް އަރައި ފޭބުން މަނާކޮށް ރަށް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީން ކުރި ބައެއް މީހުން މީގެ ކުރިން ވެސް ފިލާފައި ވެއެވެ. މީގެ ދެތިން މަސް ކުރިން ފުރަތަމަ ކަރަންޓީންގައި ތިއްބާ ފިލީ އައްޑޫ ސިޓީގެ ބައެކެވެ. އޭގެ ފަހުން ބައެއް ބިދޭސީން ކަރަންޓީން ކޮށްފައި ތިއްބާ ފިލާފައި ވެއެވެ. ކަރަންޓީގައި ތިއްބާ ފިލި ބައެއް ބިދޭސީން ފަހުން ފެނިފައެއް ވެސް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގޭދޮށު ގަރުދިޔަ ފެކްޓަރީ

    ވަކި މީހަކު ކުރީމަ އޯކޭދޯ

  2. ގެރިމޯދީގެ ކަންޒުކަހަނބު

    ކިހާ ބައިވަރު ބަޔަކު ނުރައްކަލަށް އެ ހުށަހެޅީ.. އަދަބު ދޭންޖެހޭ އެކަން ތަހުގީގު ކޮށް

    25
    • ރީދޫ ހުން

      ނުވާނެ ތިކަމެއް ޕާޓީ ކުދިންވީމަ ޕީޖީ ބުނާނެ ހެޔޮނިޔަތުގަ އޭ އެކުދިން އަފަދަ ކުއްތަށް ކުރާނި އަދަބެއް ނުދެވޭނެ ދައުވާއެއްވެސް ނުކުރެވޭނެ ޕާޓީ ކުދިންނަކީ ރޯޔަލް ކުދިންނޯ މީ ސަދޫމުގެ ކޯޓުތަކޯ މިކަމަނޫޅޭށޯ ކޮންމެވެސް އެހެންބަޔަކު އޮބިއަޅުވަށޭ. ެ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް

      10
  3. ގޭދޮށު ގަރުދިޔަ ފެކްޓަރީ

    ނެތްތަ ޕާކިން ސްޓކާއެެއް

  4. ޖަޒީރާމަނިކު

    ތިކަހަލަ ކޮންމެ ނުބާކަމެއްގާ މިރާއްޖޭގައި އަރާތިބި ބައެއް އެމްޑީޕީ މީހުންނަކީ.