ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮތްދޫކުރައްވާ މަޖިލިސް ޖަލްސާތައް ފަސްކުރައްވަން ނިންމަވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާ އިން ދެންމެ ވިދާޅުވީ މާދަމާ ބާއްވަން ތާވަލް ކޮށްފައި އޮތް މަޖިލިސް ޖަލްސާ އަންނަ ހަފްތާއަށް ފަސްކުރައްވަން މަޖިލިސް ރައީސް ނިންމަވާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަސްކުރައްވަން ރައީސް ނަޝީދު މިނިންމެވީ ކޮވިޑް-19 މާލޭގައި ވަރަށް ހަލުވިކަމާއި އެކު ފެތުރެމުން ދަނިކޮށެވެ. ނަމަވެސް މީގެ ކުރިން ރައީސް ނަޝީދު ވަނީ މަޖިލިސް ޖަލްސާތައް މެދުކަނޑާލަން ދެކޮޅު ހައްދަވާފައެވެ.

މަޖިލީހުގެ އިދާރާ އިން މިރޭ ވިދާޅުވީ މިހަފްތާގައި މަޖިލިސް ޖަލްސާތައް ނުބޭއްވި ނަމަވެސް ކުރިއަށް އޮތް ތިން ދުވަހު މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

އަދި މަޖިލީހުގެ އިދާރާވެސް ހުންނާނީ ހުޅުވިފައި ކަމަށާއި ކުރިއަށް އޮތް ތިން ދުވަހު އޮފީހަށް ނިކުންނާނީ ކޮޓީތަކުގެ މަސައްކަތް ކުރަމުށް ބޭނުންވާ މަދު އަދަދެއްގެ މުވައްޒަފުން ކަމަށް މަޖިލީހުގެ އިދާރާ އިން ވިދާޅުވިއެވެ.

މަޖިލީހުގެ އިދާރާ އިން ވިދާޅުވީ އެހެން މުވައްޒަފުން ގޭގައި ތިއްބަވައިގެން މަސައްކަތް ކުރުމަށް މަޖިލީހުގެ ރައީސް ވަނީ އިރުޝާދު ދެއްވާފައެވެ.

މާލެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވަމުން އަންނާތީ މަޖިލިސް ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އިދިކޮޅު ފަރާތްތަކުން މިއަދު ވަނީ އެދިފައެވެ. ނަމަވެސް މަޖިލިސް ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް މަޖިލިސް ރައީސް މުހައްމަދު ނަޝީދު މިހާރު ނުގެންގުޅުއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ފދ

    ވާންވިގޮތް ވެނިމުނީމަ ދެން ކީއްކުރާކައް

    44
    1
  2. އެޗުޕީ

    ސުކުރިއްޔާ

    15
    8
  3. ބާުރޯ

    މަގޭ ގާތަށް ހިނި އަންނަނީ

    12
  4. ނަޝީދު

    ދެން ލަލަ ލާ އޯ ދެން ލަލަ ލާ

    28
    4
  5. ޖާބެ

    ރޫހާނީ ލީޑަރު މިޤަޢު މު މެކުހައްޖަހާފަ މިއޮތީ ކޮބާ އަތްޖަހާ ކުދިންުކޮޅު. ވެރިކަން ، މެޖޯރިޓީ ދީފައޮތީ ރައްޔިތުން ދެންހަދާ އެއްޗެއް ނިކަންހަދާލަބަލަ އޯގާތެރި ވެރިކަން

    12
    1
  6. އަޙްމަދް

    ބިރަކާއި ނުލާ މަޖްލިސް ކުރިއަށް ގެންދެވޭގޮތެއްނުވި.

    14
  7. އަޙްމަދު

    ސުބުހާﷲ ހެޔޮނުވާނެ މަޖްލީސް ޖަލްސާބާވާ! ތީކޮންމެ ޙާލެއްގައިވެސް ހުޅުވަންޖެހޭތަނެއް! ރައްޔިތުން ބަނޑަށްޖެހޭނެ ތިތަން ނުހުޅުވާފިއްޔާ!!!!!!!!!!

    12
  8. Anonymous

    ޝުކުރިއްޔާ ހިތްތަކުގެ ރައީސް.

    2
    25
    • ލައިލާ

      ތަންކޮޅެއް ކުރީގަ ދޮންނަ ކުޑިއެއް ގެންގުޅުނު "ރައީސް " ކިޔާ އެއްޗެއް އެރައީސް ތޯއްޗެ މީ ހިތްތަކުގެ ރައީސް އެއްނޫން ޖާހިލު ނޮހޮރުއްޕާންރައީސެއް ތިޔައީ

      12
  9. އިއްސޭ

    މިނުބައިކަންބޮޑުބުއްޅަބެގެކިބައިން
    އަޅަ މެންސަލާ މަތްކޮއްދެއްވާށި އާ މީން

    17
  10. ދަންބެރު

    ހެހެހެ ގޮތްދޫކުރަން ޖެހޭނީ ތިޔައީ ބުއްޅަބެގެ ބަދިގެ އެއްނޫން.

    14
  11. އެމަންޖެ

    ނަސީދަކީ މިދިވެހި ގައުމުގެ ހަލާކެވެ.

    30
  12. ނަައީމް

    ސުކުރިއްޔާ ހީލަތްތެރި ރައީސް އައްނި

  13. ޏ

    މމމމ މޑޕ ޖަގަހަ ޖަލްސާތައް ބާއްވަންވާނެ ސަރުކާރުގެ
    ޚަރަދުގަ އަމ މިއްލަ ބާލީހަށް ބަންޑާރަކަފަ.

  14. ކަމަނަ

    ކޮވިޑާގުޅިގެން މަޖިލީހުން މަލާމަތްކުރީ ކަރުތެންމައި އަތްދޮވެ ކިނބިހިއަޅަން ދަސްކޮށްދިނީ ދެންމިމީހުން ކޮވިޑާމެދު ކަންބޮޑުވާނެތަ

  15. ޓަގޭ

    ގަޅި އުކާނީ މޭވާ އަޅާ ގަސްގަހައް.

    1
    1
  16. އެލެކުސް މައިކާލޯ

    މިއަދު ކޮރޯނާއަށް ފައްސިވި އެއްމަސްދުވަސް ނުފުރޭ ކުއްޖާއަކީ މަޖިލިސްގެ ކޮންޓެއްކްޓެއް ނޫންތަ؟ ވަގުތު ކޮނެލަން ފެނޭ މީހިންޓެއް މިދިނީ!