22:59
ރޭގަނޑު 22:00 އިން ފަތިހު 05:00 އަށް މާލޭ ސަރަހައްދުގައި ބޭރުގައި އުޅުން މަނާކުރި ނަމަވެސް ފަތިސް ނަމާދަށް މިސްކިތަށްދާ މީހުން އިސްތިސްނާ ވާނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވެއްޖެ.
Curfew Vaguthu Gai Ves Fathisnamaadhah Nikumeveyne - HPA https://t.co/jgqRjIuqQn
— Vaguthu Online (@VaguthuOnline) August 4, 2020
22:35
ކޮވިޑް-19 ޖެހިގެން ދުނިޔެ އިން މިހާތަނަށް މަރުވި މީހުންގެ އަދަދު ހަތްލައްކައަށް އަރައިފި.
BREAKING NEWS: Covid-19 Jehigen Maruvi Meehunge Adhadhu 7 Lakka Ah Araifi https://t.co/rejKCuZOux
— Vaguthu Online (@VaguthuOnline) August 4, 2020
22:19
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު 105 އަށް އަރައިފި.
BREAKING NEWS: Covid-19: Hospital Gai Faruvaa Dhemundhaa Meehunge Adhadhu 105 Ah Araifi https://t.co/NLnyWImB6n
— Vaguthu Online (@VaguthuOnline) August 4, 2020
22:12
ރާއްޖެ އިން އިތުރު 153 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.
BREAKING NEWS: Covid-19: Ithuru 153 Meehaku Fassivejje https://t.co/dgWgCB1qWj
— Vaguthu Online (@VaguthuOnline) August 4, 2020
22:08
މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ މައުލޫމާތު އަދި އެޗްޕީއޭ އިން ހާމައެއް ނުކުރޭ.
18:08
Oxford Vaccine Ge Thajuribaakaaru, Furathama Thahuleelugai Baiveri Kuranee Eynage 3 Dharinhttps://t.co/H3nDsb1STh
— Vaguthu Online (@VaguthuOnline) August 4, 2020
17:27
ޕްރެސް ކޮންފަރެންސް ނިންމާލައިފި.
17:27
ޑރ. ނަޒްލާ ރަފީގް: އަތް ދޮވުމާއި ގައިދުރުކަމަށް ސަމާލުވުމަށް އިލްތިމާސް ކުރަން. ކޮވިޑް-19 ޖެހިގެން މިއަދު ވެސް މީހަކު ވަނީ ނިޔާވެފައި. ކުރިއަށް އޮތް ދުވަސްތަކުގައި މިގޮތަށް އިތުރުވާނެ ކަމަށް ބެލެވެނީ. އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި ބައިވެރިވުން އެދެން.
17:26
ކޮވިޑް-19 ފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށްދެއްވުމަށް އެދި ކުރަމުން އަންނަ ޤުނޫތު ނާޒިލާ ކިޔުން ހުއްޓާލުމަށްފަހު އަލުން ފަށައިފި.
Male Ge Miskih Thakugai Kuraa Namaadhuthakugai Gunoothu Kiyaa Gothah Hamajassaifihttps://t.co/7vsENIbZ3q
— Vaguthu Online (@VaguthuOnline) August 4, 2020
17:26
ޑރ. ނަޒްލާ ރަފީގް: މިވަގުތު ރާއްޖޭގައި ހުރީ 124 ވެންޓިލޭޓަރު.
17:09
އައިޝަތު ސާމިޔާ: އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރު ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން މިދަނީ. މީގެކުރިން ބިދޭސީން ބޮޑަށް ޕޮޒިޓިވްވަމުން މިދަނީ. އެކަމަކު މިހާރު ދިވެހިންގެ ތެރޭގައި ބޮޑަށް ބަލި ފެތުރެމުން މިދަނީ. ކޮންޓެކްޓުން ވެސް ފުދޭ ވަރަކަށް ގިނަ.
17:07
ޑރ. ނަޒްލާ ރަފީގް: ލޮކްޑައުން ރިލީސް ކުރީ ޖެނުއަރީ މަހާއި ފެބްރުއަރީ މަހު އުޅުނު ހާލަތަށް ދާކަށް ނޫން. ނިއު ނޯމަލްއަކަށް ލޮކްޑައުން ރިލީސް ކުރީ. އެކަމަކު މީހުންނަށް މެޝަސްތަކުގައި ނުހިފީމަ އެގޮތަށް ކަންތައްތައް ކުރިއަށް ނުދިޔައީ.
17:06
ޑރ. ނަޒްލާ ރަފީގް: މިވަގުތު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 250 ބެޑް، ޑީއެޗް16 އަދި 17 ގައި 18 ބެޑް. އަތޮޅުތެރޭގައި 76 އައިސީޔޫ ބެޑް އަދި 105 އައިސޮލޭޝަން ބެޑް. އެއީ ރާއްޖޭގެ އަތޮޅުތެރޭގައި ފަސް ސަރަހައްދުގައި ހުރި ބެޑްތައް.
17:00
ޑރ. ނަޒްލާ ރަފީގް: ބަލި ފެތުރޭ ރަށްތަކުގައި ދަތުރު ކުރުން ހުއްޓުވުމެއް ނެތް.
16:54
ޑރ. ނަޒްލާ ރަފީގް: ފުރަބަންދު ކަރަންޓީނަށް ހުއްދަ ދޭނީ ޒަރޫރީ ބޭނުމެއްގައި ނޫނީ ސިއްހީ ކަމެއްގައި މާލެ އައިސް، އެނބުރި ރަށަށް ދާން ބޭނުންވާ މީހުންނަށް.
16:51
މާލެ ސަރަހައްދުގެ މަގުމަތީގައި ފަސް މީހުންނަށް ވުރެ ގިނަ އިން އެއްވެ އުޅުން މަނާކޮށްފި.
BREAKING: Magumathee Ga 5 Meehunnah Vure Gina In Ehvve Ulhun Manaa Kohffihttps://t.co/MxzHUMWxxE
— Vaguthu Online (@VaguthuOnline) August 4, 2020
16:50
އަލަށް އެޅި ފިޔަވަޅުތަކުގެ ދަށުން މާލެ އަށް އަރާ ފޭބުން ވަނީ ހަރުކަށިކޮށްފައި. އެގޮތުން ސިއްހީ ބޭނުމެއްގައި އާއި ޒަރޫރީ ބޭނުމެއްގައި ފިޔަވައި ދެން މާލެ އެރުމުގެ ފުރުސަތެއް ނުދޭނެ.
16:48
މާލެ އަށް މީހުން އަރާ ފޭބުން މަނާ ކޮށްފި.
BREAKING: Male Ah Araa Feybun Manaa Kohffihttps://t.co/djVNsK6qLv
— Vaguthu Online (@VaguthuOnline) August 4, 2020
16:47
ފުލުހުން: މިރޭ 10:00 އިން ފެށިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާނަން. އަތޮޅު ތެރެއިން އަންނަ އުޅަނދުތައް ކައިރި ކުރުމަށް މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައި ހާއްސަ ސަރަހައްދުތަކެއް ކަނޑައެޅޭނެ. އެޗްޕީއޭގެ އުސޫލުތައް ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާނަން.
16:47
ކުޅިވަރުތަކާއި މުބާރާތްތައް ނުބޭއްވުމަށް އަންގައިފި.
BREAKING: Kulhivaru Thakaai Mubaaraithah Nubeyvvumah Angaifihttps://t.co/XY14SvnGeS
— Vaguthu Online (@VaguthuOnline) August 4, 2020
16:45
ފުލުހުން: މިރޭ 10:00 އިން ފެށިގެން މާލޭގެ ސަރަހައްދުގައި އުޅުމާއި އެއްގަމު އުޅަނދު ދުއްވުން މަނާ ވާނެ. އަޅުގަނޑުމެން އެކަން ތަންފީޒު ކުރާނީ. އަދި ވިޔަފާރިތައް 9:30 ހުއްޓާލަން ވާނެ. މަނާ ގަޑިތަކުގައި ދުއްވޭނީ އެޗްއީއޯސީގެ ފާސް އޮންނަ ފަރާތްތަކަށް.
16:38
މީހުން ދިރިއުޅޭ ރަށްރަށުގައި މާސްކް އަޅަން އަންގައިފި.
BREAKING: Raajjeygai Meehun Dhiriulhey Hurihaa Rasheggai Mask Alhan Angaifihttps://t.co/cOhXmjQRRO
— Vaguthu Online (@VaguthuOnline) August 4, 2020
16:37
އައިޝަތު ސާމިޔާ: ރަށް ރަށުގައި މާސްކް އަޅަން ރިކަމަންޑް ކުރަނީ. މިވަގުތު 10 ރަށެއްގައި ބަލި އެބައޮތް. އެހެންވީމަ އެ ރަށް ރަށުގައި މާސްކް އެޅުން މަޖުބޫރު ވާނެ.
16:35
BREAKING: Mirey 10:00 In Feshigen Male Sarahahdhugai Curfew Hinganeehttps://t.co/Ug0NtnUG03
— Vaguthu Online (@VaguthuOnline) August 4, 2020
16:35
އައިޝަތު ސާމިޔާ: މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 10 އިން 5:00 އަށް ބޭރަށް ނުކުމެ އުޅުން ވަނީ މަނާކުރަން ނިންމާފައި. ޓޭކް އަވޭގެ ހިދުމަތް ވެސް ނުކުރެވޭނެ. ފިހާރަތަކާއި އެ ނޫން ތަންތަން 9:30 ގައި ބަންދު ކުރެވޭނެ. ފަސް މީހުންނަށް ވުރެ ގިނަ އިން އެއްވެ އުޅުން މަނާ ކުރަން ވަނީ ނިންމާފައި.
16:33
އައިޝަތު ސާމިޔާ: އިންޑިޕެންޑެންޓް ކޭސްތައް ވަނީ އިތުރުވެފައި.
16:31
ޑރ. ނަޒްލާ ރަފީގް: މާސްކް އެޅުމާއި އަތް ދޮވުމާއި ގައިދުރުކަމަށް ސަމާލްކަން ދީފި ނަމަ، ޕީކް ލަސް ކުރެވޭ. އަދި ބަލި ޖެހޭ މީހުންގެ އަދަދު މަދު ކުރެވޭ. އެހެންވީމަ، މީގައި މުހިންމީ އަމިއްލަ ފަރުދުން މިކަމުގައި މަސައްކަތް ކުރުން.
16:29
ޑރ. ނަޒްލާ ރަފީގް: އާރުއާރުޓީގެ ސްޓާފުން އިތުރުކޮށް ކަރަންޓީން ފެސިލިޓީތައް އިތުރު ކުރަން މި ދަނީ މަސައްކަތް ކުރަމުން. ކޮވިޑް-19 ވަރަށް ހަލުވިކަމާ އެކީގައި ފެތުރެމުން ދަނީ. މި ބަލި ކޮންޓްރޯލް ކުރުމަށާއި ސަރުކާރާއި މުޖުތަމައު ގުޅިގެން މަސައްކަތް ކުރަން ޖެހޭ. އާންމުންގެ އެއްބާރުލުން މިކަމަށް ބޭނުންވޭ.
16:28
ޑރ. ނަޒްލާ ރަފީގް: ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ވަރަށް ގިނަ މަސައްކަތް އެބަ ކުރަން ޖެހޭ. އަދި އަތޮޅުތެރޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަން ޖެހޭ. ދުނިޔޭގެ ބައެއް ގައުމުތަކުގައި ސިއްހީ ނިޒާމަށް ވަރަށް ބޮޑަށް ބާރު ބޮޑުވެފައި ވަނީ. ރާއްޖޭގައި ވެސް އެގޮތަށް އެކަން ވެދާނެ ކޭސްތައް ގިނަ ނަމަ.
16:27
ޕްރެސް ކޮންފަރެންސް ފަށައިފި.
16:08
މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނީ އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގު.
16:07
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ކުޑައިރުކޮޅެއްގެ ތެރޭގައި ފެށޭނެ.
14:45
ހޮންކޮންގުގައި ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ވަގުތީ ހޮސްޕިޓަލްތަކެއް އަޅަން ނިންމައިފި.
Covid-19 Jehey Meehunnah Faruvaa Dhinumah Vaguthy Hospital Thakeh Hong Kong Gai Alhaneehttps://t.co/ebPkRgKxyq
— Vaguthu Online (@VaguthuOnline) August 4, 2020
14:20
ޅ. އޮޅުވެލިފުށި ކަރަންޓީނުގެ ހާލަތަށް ގެންގޮސްފި.
Olhuvelifushi Quarantine Kohffihttps://t.co/HUcCoKQlvg
— Vaguthu Online (@VaguthuOnline) August 4, 2020
13:44
މ. އަތޮޅު ދިއްގަރު ބޯޓެއްގެ ހަތަރު ފަޅުވެރިއަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.
BREAKING| Covid-19: Dhiggaru Boat Ehgge 4 Falhuveriaku Fassivehjjehttps://t.co/LJOo6nte4S
— Vaguthu Online (@VaguthuOnline) August 4, 2020
13:10
މ. އަތޮޅު ދިއްގަރު ބޯޓެއްގެ ފަޅުވެރިއަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.
BREAKING| Covid-19: Dhiggaru Boat Ehgge Falhuveriaku Fassivehjjehttps://t.co/LJOo6nKOWq
— Vaguthu Online (@VaguthuOnline) August 4, 2020
12:43
ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ، ސަރުކާރުން އަޅަން ނިންމާފައިވާ އިތުރު ފިޔަވަޅުތައް އިއުލާން ކުރުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ކުއްލި ޕްރެސް ކޮންފަރެންސެއް ބާއްވަން ތައްޔާރުވެއްޖެ. ޕްރެސް ކޮންފަރެންސް އޮންނާނީ މިއަދު ހަވީރު ހަތަރެއް ޖަހާ އިރު.
Covid-19 Control Kuran Alhaa Ithuru Fiyavalhu Thah Miadhu Iulaan Kuranee https://t.co/GU2yGjBxtn
— Vaguthu Online (@VaguthuOnline) August 4, 2020
12:39
ރ. އުނގޫފާރުން މާލެ ގެނައި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.
BREAKING: Ungoofaarun Male' Genai Meehaku Covid-19 Ah Fassi Vejje https://t.co/D8jGUso51M
— Vaguthu Online (@VaguthuOnline) August 4, 2020
12:27
މާލޭ މަގުމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިއަށް ގަސްތުގައި މީހަކު ކުޅުޖަހައިފި.
Mifaharu Kulhu Jahaafai Huree Meeheh Ge Cycle Ah https://t.co/vcysRCklCW
— Vaguthu Online (@VaguthuOnline) August 4, 2020
12:02
އެމެރިކާ އިން އިތުރު އެކަކު މަރުވެ މަރުވި މީހުންގެ އަދަދު 158،930 އަށް އަރައިފި. އަދި އިތުރު 36 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 4،862،210 އަށް ވަނީ އަރާފައި.
12:01
އިންޑިއާ އިން އިތުރު 22 މީހަކު މަރުވެ މަރުވި މީހުންގެ އަދަދު 38،993 އަށް އަރައިފި. އަދި އިތުރު 1،423 މީހުން ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1،856،754 އަށް އަރާފައި.
12:00
މެކްސިކޯ އިން އިތުރު 266 މީހުން މަރުވެ، މަރުވި މީހުންގެ އަދަދު 48،012 އަށް އަރައިފި. އަދި އިތުރު 4،767 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 443،813 އަށް އަރާފައި.
11:59
ޗައިނާ އިން އިތުރު 36 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 84،464 އަށް އަރައިފި. މިހާތަނަށް މަރުވީ 4،634 މީހުން.
11:59
ޕާކިސްތާންގައި އިތުރު 15 މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 5،999 އަށް އަރައިފި. އިތުރު 432 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 280،461 އަށް ވަނީ އަރާފައި.
11:58
ކަޒަކިސްތާންގައި އިތުރު 1،158 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 93،820 އަށް އަރައިފި. މިހާތަނަށް 793 މީހުން ވަނީ މަރުވެފައި.
11:57
ބޮލީވިއާ އިން އިތުރު 75 މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 3،228 އަށް އަރައިފި. އަދި އިތުރު 1،693 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 81،846 އަށް އަރާފައި.
11:56
ބެލްޖިއަމުން އިތުރު ފަސް މީހަކު މަރުވެ މަރުވި މީހުންގެ އަދަދު ވަނީ 9،850 އަށް އަރައިފި. އަދި އިތުރު 465 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 70،314 އަށް އަރާފައި.
11:56
ހޮންޑޫރާސްގައި އިތުރު ހަތް މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 1،384 އަށް އަރައިފި. އަދި އިތުރު 597 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 43،794 އަށް އަރާފައި.
11:54
ކިރިގިސްތާންގައި އިތުރު ފަސް މީހަކު މަރުވެ މަރުވި މީހުންގެ އަދަދު 1،425 އަށް އަރައިފި. އަދި އިތުރު 268 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 37،397 އަށް އަރާފައި.
11:53
އުޒްބަކިސްތާންގައި އިތުރު ހަތަރު މީހަކު މަރުވެ މަރުވި މީހުންގެ އަދަދު 161 އަށް އަރައިފި. އަދި އިތުރު 484 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 26،550 އަށް އަރާފއި.
11:52
އޮސްޓްރޭލިއާ އިން އިތުރު 11 މީހަކު މަރުވެ މީހުންގެ އަދަދު 232 އަށް އަރައިފި. އަދި އިތުރު 410 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 18،728 އަށް އަރާފައި.
11:51
އެލް ސަލްވާޑޯ އިން އިތުރު ނުވަ މީހަކު މަރުވެ މަރުވި މީހުންގެ އަދަދު 486 އަށް އަރައިފި. މިހާތަނަށް ފައްސިވެފައި ވަނީ 17،843 މީހުން.
11:51
ދެކުނު ކޮރެއާ އިން އިތުރު 34 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 14،423 އަށް އަރައިފި. މިހާތަނަށް މަރުވީ 301 މީހުން.
11:50
ހެއިޓީން އިތުރު 35 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 7،511 އަށް އަރައިފި. އަދި އިތުރު އެކަކު މަރުވެ މަރުވި މީހުންގެ އަދަދު ވަނީ 166 އަށް އަރާފައި.
11:50
ތައިލެންޑުން އިތުރު އެކަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 3،321 އަށް އަރައިފި. މިހާތަނަށް މަރުވީ 58 މީހުން.
11:49
ޖަމައިކާ އިން އިތުރު 11 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 905 އަށް އަރައިފި. މިހާތަނަށް މަރުވީ 12 މީހުން.
11:30
ރާއްޖެ އިން ކޮވިޑް-19 ޖެހުނު އެއް މަހުގެ ކުއްޖަކު އެޑްމިޓްކޮށްފި.
BREAKING: Covid-19 Jehunu Eh Mahuge Kujaku Admit Koffi https://t.co/KaGD0YcPM4
— Vaguthu Online (@VaguthuOnline) August 4, 2020
11:23
ކޮވިޑް-19 ފެތުރެމުން ދާއިރު މިސްކިތުގައި ސަފުތައް ހަދާ ގޮތާއި ގުޅިގެން ޝައިހް ހުސައިން ރަޝީދު ރާއްޖޭގެ އިލްމުވެރިންނަށް ފާޑުވިދާޅުވެއްޖެ.
Shaikh Hussain Rasheed Raajjey Ge Ilmverinnah Faaduvidhaalhuvejje https://t.co/fLvNI893xZ
— Vaguthu Online (@VaguthuOnline) August 4, 2020
10:47
BREAKING NEWS: Covid-19 Jehigen Anehkaaves Dhivehsaku Niyaavejje https://t.co/Xo2KwlYLbm
— Vaguthu Online (@VaguthuOnline) August 4, 2020
10:32
މާލޭ ސްކޫލްތަކުގެ ހުރިހާ ގްރޭޑެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުވެގެން ކިޔަވައި ދިނުން ހުއްޓާލައި އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދަން ނިންމައިފި.
BREAKING NEWS: Male' Sarahahdhuge School Thah Bandhukoffi https://t.co/4FHXQLMCa8
— Vaguthu Online (@VaguthuOnline) August 4, 2020
09:56
އިރާނުގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ކޮންމެ ހަތް މިނެޓަކު މީހަކު މަރުވާ ކަމަށް އެ ގައުމުން ބުނެފި.
Iran In Covid-19 Jehigen Komme 7 Minute Aku Meehaku Maruvey https://t.co/RD5JbpL2XO
— Vaguthu Online (@VaguthuOnline) August 4, 2020
09:54
ބަންދު ދުވަސްތަކު އޮންލައިންކޮށް އިކޮނަމިކް މިނިސްޓްރީގެ ޚިދުމަތް ލިބޭނެ.
Bandhu Dhuvathakugai Economic Ministry Ge Hidhumaiy Online Koh Libeyne https://t.co/8WShjydqtc
— Vaguthu Online (@VaguthuOnline) August 4, 2020
09:40
"Ehme Bodu Fureytha" Dhanee Fethuremun, E Ey Covid-19 Eh Noon https://t.co/yiqe9vlqkh
— Vaguthu Online (@VaguthuOnline) August 4, 2020
08:17
ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިތުރު 568 މީހަކު އިއްޔެ މަރުވެއްޖެ.
Covid-19: America In Ithuru 568 Meehaku Maruvejje https://t.co/Mwo5CpY6Gi
— Vaguthu Online (@VaguthuOnline) August 4, 2020
05:33
BREAKING | Covid-19: Brazil In Ithuru 572 Meehaku Maruvehjehttps://t.co/nGBAOS7g8J
— Vaguthu Online (@VaguthuOnline) August 4, 2020
05:14
އިންޑިއާ އިން އިތުރު 50629 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 810 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1855331 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 38971 މީހަކު ވަނީ މަރުވެފައި.
05:14
އެމެރިކާއިން އިތުރު 47970 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 545 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 4861522 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 158906 މީހަކު ވަނީ މަރުވެފައި.
05:14
ބްރެޒިލް އިން އިތުރު 17988 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 572 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 2751665 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 94702 މީހަކު ވަނީ މަރުވެފައި.
05:14
ކޮލަމްބިއާ އިން އިތުރު 10199 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 367 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 327850 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 11017 މީހަކު ވަނީ މަރުވެފައި.
05:13
ރަޝިޔާ އިން އިތުރު 5394 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 79 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 856264 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 14207 މީހަކު ވަނީ މަރުވެފައި.
05:13
ދެކުނު އެފްރިކާ އިން އިތުރު 5377 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 173 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 516862 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 8539 މީހަކު ވަނީ މަރުވެފައި.
05:13
މެކްސިކޯ އިން އިތުރު 4853 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 274 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 439046 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 47746 މީހަކު ވަނީ މަރުވެފައި.
05:13
އާޖެންޓީނާ އިން އިތުރު 4824 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 165 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 206743 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3813 މީހަކު ވަނީ މަރުވެފައި.
05:12
ޕެރޫ އިން އިތުރު 4250 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 197 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 433100 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 19811 މީހަކު ވަނީ މަރުވެފައި.
05:12
ފިލިޕީންސުން އިތުރު 3226 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 45 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 106330 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 2104 މީހަކު ވަނީ މަރުވެފައި.
05:12
ސްޕެއިން އިން އިތުރު 3044 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 9 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 344134 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 28472 މީހަކު ވަނީ މަރުވެފައި.
05:12
އިރާގުން އިތުރު 2735 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 66 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 131886 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 4934 މީހަކު ވަނީ މަރުވެފައި.
05:11
އީރާނުން އިތުރު 2598 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 215 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 312035 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 17405 މީހަކު ވަނީ މަރުވެފައި.
05:11
ޖަޕާނުން އިތުރު 1998 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 38687 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1012 މީހަކު ވަނީ މަރުވެފައި.
05:11
ޗިލީން އިތުރު 1762 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 99 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 361493 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 9707 މީހަކު ވަނީ މަރުވެފައި.
05:11
އިންޑޮނީޝިއާ އިން އިތުރު 1679 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 66 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 113134 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5302 މީހަކު ވަނީ މަރުވެފައި.
05:10
އިސްރާއީލުން އިތުރު 1615 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 10 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 74430 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 546 މީހަކު ވަނީ މަރުވެފައި.
05:10
ބޮލީވިއާ އިން އިތުރު 1360 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 89 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 80153 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3153 މީހަކު ވަނީ މަރުވެފައި.
05:10
ބަންގްލަދޭޝް އިން އިތުރު 1356 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 30 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 242102 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3184 މީހަކު ވަނީ މަރުވެފައި.
05:10
ސައުދީ އަރަބިއްޔާ އިން އިތުރު 1258 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 32 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 280093 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 2949 މީހަކު ވަނީ މަރުވެފައި.
05:08
Covid-19: Raajje In Bali Fenunuthaa 149 Dhuvas, Faruvaa Dhey Meehun Ge Adhadhu 1490 Ahhttps://t.co/mAGh2hUG6h
— Vaguthu Online (@VaguthuOnline) August 4, 2020
04:30
Covid-19: Oxford Ge Vaccine Thahuleelu Kuran India Kunfunyakah Huddha Libijjehttps://t.co/iX5eYUfE9F
— Vaguthu Online (@VaguthuOnline) August 3, 2020
03:48
Covid-19: Bali Jehunu Meehun Ge Adhadhu 18.4 Million Ahhttps://t.co/N5GxDDCgx5
— Vaguthu Online (@VaguthuOnline) August 3, 2020
02:26
Covid-19 Jehey Meehun Balin Rangalhuvi Namaves, Kanfathah Gellun Libey Massala Thakehhttps://t.co/rxBcL2k9ZR
— Vaguthu Online (@VaguthuOnline) August 3, 2020
00:36
Mask Naalhaa Meehun Ge Athun 2 Dhuvas Therey Dhaulathah 73000 Rufiyaahttps://t.co/kkZZNSXDiQ
— Vaguthu Online (@VaguthuOnline) August 3, 2020
މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވީ 129 މީހުންނެވެ. މިއީ އިއްޔެ ފައްސިވި މީހުންގެ އަދަދާއި ބަލާއިރު މަދު އަދަދެކެވެ. ނަމަވެސް ރާއްޖޭގެ ހާލަތު ދަނީ ގޯސްވަމުންނެވެ. އެކްޓިވް ކޭސްތަކުގެ އަދަދާއި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ދަނީ ގިނަ ވަމުންނެވެ. މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 92 އަށް އަރާފައެވެ. ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރު ވަމުން ދާނަމަ ވަރަށް އަވަހަށް ރާއްޖޭގެ ހޮސްޕިޓަލްތައް ފުރި، ބަލި މީހުންނަށް ފަރުވާ ދިނުމުގައި ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު ބޮޑެވެ.
މިރޭ އެޗްއީއޯސީން އާއްމުކުރި އިތުރު މައުލޫމާތައް ބަލާއިރު އަނެއް ކަންބޮޑުވުމަކީ މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ކޮންޓެކްޓްތައް އާދަޔާއި ހިލާފަށް ގިނަވުމެވެ. މިހާރު ވެސް ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 4000 މީހުން އެބަތިއްބެވެ.
ރާއްޖޭގެ ހާލަތު ގޯސްވަމުން ދާތީ އާ ފިޔަވަޅުތައް އަޅަން ތައްޔާރުވަމުން އަންނަ ކަމަށް ޑރ.ނަޒްލާ މިރޭ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މިހާރު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
BREAKING NEWS: Sarukaaru Bandhukuri Namaves Shareeaiythah Kuriyah Gendhan JSC In Angaifi https://t.co/ztjaxSvFPv
— Vaguthu Online (@VaguthuOnline) August 3, 2020
BREAKING NEWS: Covid-19 Ah Fassivi 200 Meehaku Facility Thakah Nugendhevi Ebathibi https://t.co/U5GmRFguIZ
— Vaguthu Online (@VaguthuOnline) August 3, 2020
BREAKING NEWS: Raees Nasheed Goeh Dhookuravvaa Majilis Jalsaa Faskoffi https://t.co/ay9dJDAJuw
— Vaguthu Online (@VaguthuOnline) August 3, 2020
BREAKING NEWS: Covid-19: Hospital Gai Faruvaa Dhemundhaa Meehunge Adhadhu 92 Ah Araifi https://t.co/pLdstfDUkc
— Vaguthu Online (@VaguthuOnline) August 3, 2020
BREAKING NEWS: Covid-19: Ithuru 129 Meehaku Fassivejje https://t.co/AorRLWZlxD
— Vaguthu Online (@VaguthuOnline) August 3, 2020
BREAKING NEWS: Qurantine Gai Huttaa Fili Meehaa Amilla Ah Health Center Ah Hingajje https://t.co/TsZf2begSX
— Vaguthu Online (@VaguthuOnline) August 3, 2020
ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.
COVID-19 Special Coverage - Vaguthu Online https://t.co/MGjQzV7nPy
— Vaguthu Online (@VaguthuOnline) March 11, 2020
އިއްޒަތްތެރި ރައީސް ބަސްފުޅުވިދާޅުވެއްޖެ! ވީމާ ކަން ސާފު!
މަޖިލީހުގައި އިންނަވާ ކުޑަކުއްޖާއާއި ހެދި ދިމާވާހައި ކަންކަން. އިތުރަށް 1 މަސްދުވަހު ކެތްކޮށްލިނަމަވެސް ކޮވިޑް ރާއްޖޭގައިވަރަށް ބޮޑަށް މަދުވީސް.
ސަރުކާރުން ބޭނުން ވާގޮތަށް އަދި މިވަނީވެސް.. ދޯ އިބޫ.. ދޯ އަންނި