މާލޭ މަގުމަތިން ދިޔަ އަންހެނަކާއި ފިރިހެނަކު ހުއްޓުވައި އެމީހުންނަށް ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.
މިރޭގެ ވަގުތެއްގައި މި ހާދިސާ ހިނގާފައި ވަނީ އޯކިޑު މަގުގައެވެ.
ސައިކަލެއްގައި ދުއްވާފައި ދަނިކޮށް، އަންހެނަކާއި ފިރިހެނަކު ހުއްޓުވައި އެމީހުންނަށް ހަމަލާ ދިނީ ފިރިހެނެކެވެ. ކާރުބާރުބޮޑު ވަގުތެއްގައި ހިނގި މި ހާދިސާގައި އޭނާ ވަނީ އެ ދެމީހުންނާއި ވެސް މާރާމާރީ ހިންގާފައެވެ.
މި ހާދިސާ ހިނގި ވަގުތު ނަގާފައިވާ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، ހަމަލާދިން ފިރިހެން މީހާ އެދެމީހުންނަށް އިންޒާރުދީ އެމީހުންގެ ގައިގައި ތަޅައިގަންނަ މަންޒަރު ވީޑިއޯއިން ފެނެއެވެ.
ފާއިތުވެދިޔަ ދުވަސްތަކުގައި މިފަދަ ހާދިސާތައް އަންނަނީ ގިނަ ވަމުންނެވެ. ނަމަވެސް އިދާރާތަކުން މިފަދަ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ބަލައި ފިޔަވަޅު ނާޅާކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ.
މިރޭގެ ހާދިސާ އާއި ގުޅިގެން ވެސް މާރާމާރީ ހިންގި މީހާ އާއި މެދު ފިޔަވަޅު އަޅާފައިވާކަމެއް ނޭނގެއެވެ. އަދި މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.
ކޮވިޑް އާއި ހެދި ފިޔަވަޅު ނޭޅެނީއޭ ބުނާނީ ފެއ ލްޑް ސަރުކާރު
ސަރުކާރުތަ ނޫނީ ރައްޔިތުންތަ ފެއިލްވަނީ މީހަކު ފޮޑިއެއް ޖެހިޔަސް ސަރުކާރު ސަރުކާރު...... ކާކުތަ ބުނަނީ މީހުންގެ ގަޔަށް ބޮލަށް އަރަން
ހާދަ ޒިން މާދާރު މީހެކޭދޯ މީ...ފާއިތުވި އަހަރުތަކުގަ ބޭފުޅާ ކޮންތާކުތަހުރީ.. މޑޕ ނޫން ބަޔަކު ވެރިކަ މުގަތިބޭއިރު އެކަނިތަ ރައްޔިތުންޖަހާ ފޮޑީގެވަސް ރައީސަކަށް ހުންނަ މީހަކު ނަގަންޖެހެނީ..ނޫނީ ސަރުކާރުން ޒިން މާނަގަންޖެހެނީ...ޒިން މާ އުފުލޭހާ ވަރު ގައިގަނެތް ނެތްނަ މަ އިސްތިއުފާ ދީފަ ގޭގަތިބެބަލަ..
ތިޔަވާނީ މޫސުން ގޯސްވެ ފިޔަވަޅު އަޅަން ތަން ނުދެނީހެން...
ބިޓުންނާ ހެދި ތަޅާ ނުފޮޅަ ބަލަ! ގަދަކަމުން ލޯބި އޭ ހޯދޭ އެއްޗެއް ނޫން ސަތޭކަ އަހަރު ހިތާވެގެން އުޅުނަސް
މާރާމާރީ ހިންގި ބޭފުޅާއަށް މިހާރު ވިސްނިއްޖެ. އިތުރަށް ފިޔަވަޅު އެޅުމުގެ ބޭނުމެއްނެތް! ޕޮލިސްލޮޖިކު
އެއީ ޕޮލިސް ލޮޖިކެއް ނޫން. އެއީ އެމްސީ ހަމީދު ލޮޖިކް އެންޑީޕީ ލޮޖިކް ލާދީނީ ޕާޓީގެ ލޮޖިކް
ލާދީނީ މީހުން ކަންކަން ފޮރުވަނީތާ މިހާރުވެސް މާރާމާރީ ބަރާބަރަށް ހިނގައި ނޫސްތަކަށް އަރަނީ މަދުކަމެއް ފަސްއަޅައި ފޮރުވާސަރުކާރު
ރާއްޖެއަށް މިއައި މާލީ ހީނަރުކަމާއި، ރާއްޖެއަށް ޖަމާވިފައިސާ އެއްބަޔަކު ނެގުމުގެ ސަބަބުން އައި އިޖްތިމާޢީ ހީނަރުކަމަކީ ޢާމުންތެރޭގައި ހުރި ބޭނުންތައް ވަށާޖެއްސުމަށް، ހަމަޖެއްސުމަށް އެޅިފައިވާ ހުރަހެއް. އެހެންކަމުން ކަންކަން ނުކުރެވި ޢާމުންގެ އުދާސްތައްގިނަވެ ކުރިއަށް އޮތް މަސްތަކުގައި ރާއްޖޭގައި ޚާއްސަކޮށް މާލެ ސަރަޙައްދުގައި ބޮޑެތި ކާރިސާ ހިނގާނެކަމީ ދިރާސާތަކުން ފެންނަކަމެއް . އަދި ގިނަ ޚާރިސާތައް ޢާމުންގެ ފައިސާ އަނބުރާ ފައިސާވެރިންނާއި، ބޭންކުތަކާއި އަމާޒުވުމުގެ ބިރު އެބައޮތް