ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ އަރިހުގައި، ކުރީގެ ނައިބު ރައީސް އަދި މިހާރު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރ ޑރ.މުހައްމަދު ޖަމީލުގެ ޝަކުވާ، މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ކުރައްވައިފި ކަމަށް "ރާއްޖެ ޓީވީ" އިން ރިޕޯޓް ކުރުމުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އެ ރިޕޯޓް ދޮގު ކުރައްވައިފިއެވެ.

"ރާއްޖެ ޓީވީ" ގެ ވެބްސައިޓްގައި ބުނެފައި ވަނީ މެޑަމް ފާތުން އާ ބައްދަލު ކުރައްވާ އެކަމަނާގެ އަރިހުގައި މާވަށު ދާއިރާގެ މެމްބަރު ސައީދު ކުރެއްވި މައިގަނޑު ޝަކުވާ އަކީ، ޑރ.ޖަމީލް ކަންތައް ކުރައްވަމުން ގެންދަވަނީ ހަމަ އެކަނި ޑރ.ޖަމީލަށް ސަމާލުކަން ހޯއްދެވުމަށް ކަމަށާއި، އެހެން އެކަންވުމުގެ ސަބަބުން އެހެން އެންމެންގެ މުހިންމުކަން ކުޑަވެ، ސަޕޯޓަރުންގެ ތާއީދު ޑރ.ޖަމީލަށް އިތުރުވަމުން ދާތީ ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި ޝަކުވާ އާ ގުޅިގެން ރައީސް ޔާމީންގެ ޖަލުން މިނިވަން ކުރެއްވުމަށް ތެދު ނިޔަތުގައި މަސައްކަތް ކުރައްވާ ހަމައެކަނި ފަރާތަކީ ޑރ. ޖަމީލްކަން މެޑަމް ފާތުން އަށާއި އަދި ޚުދު ރައީސް ޔާމީން ވެސް ގަބޫލުފުޅު ކުރައްވާ ކަމުގައި މެޑަމް ފާތުން ވިދާޅުވި ކަމަށް "ރާއްޖެ ޓީވީ" ގެ ވެބްސައިޓްގައި ބުނެފައި ވެއެވެ.

"ރާއްޖެ ޓީވީ" ގެ ރިޕޯޓް ދޮގު ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ އެއީ ދޮގު މައުލޫމާތުގެ މައްޗަށް ހަދާފައިވާ ޚަބަރެއް ކަމަށެވެ. "ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕާއި ސްޕެޝިއަލް އެޑްވައިޒާ އަދި އެޑްވައިޒާ އަކީ އިލްމާއި ހިލްމު ހުރި ތަޖުރިބާކާރު އިހްލާސްތެރި ލީޑަރުން. ރައީސް ޔާމީން މިނިވަންކޮށް 2023 ގައި ޕީޕީއެމް ޕީއެންސީ ވެރިކަމަށް އައުމަށް ކުރާ މަސައްކަތް ވަރުގަދަ ކުރާނަން." އާދަމް ޝަރީފް ވިދާޅުވިއެވެ.

ޑރ.ޖަމީލްގެ ޝަކުވާ ސައީދު، މެޑަމް ފާތުން އަރިހަށް ގެންގޮސްފި ކަމަށް ރިޕޯޓް ކޮށްފައި ވާއިރު ރައީސް ޔާމީންގެ ވެރިކަން ނިމުނު ފަހުން މެޑަމް ފާތުން ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރިވެ، ސިޔާސީ އެއްވެސް މަޝްވަރާއެއްގައި ބައިވެރިވިތަން ފެނިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. އަނިލް އާދަމް މއ. ދޮންވެލި

  ރާ ޓީވީއަކީ ފިތުނަ އުފައްދާއެއްޗެކޭ ބުއްޅަބޭ ބުނާތީ އެހިން

  85
  9
 2. ޕެނިކް ސަރުކާރު

  މާވަށު ދާއިރާގެ މެ މްބަރު މެޑަ މް ފާތުން އަރިހުގަ އެވާހަކަ ދެންނެވިއިރު ރާއްޖެޓީވީގެ ރާއްޖެއޮންލައިންގެ ސީއީއޯ އިންނެވީހެން ހީވަނީ..އެހެންވީ މަތާ އަ މިއްލަ ކަންފަތުން އަޑުއިވުނުހާ ޔަގީންކަ މާއެކު ވިދާޅުވިއޭ ބުނެވޭނީ..ނޫނީ މެޑަ މްފާތުން ގުޅާފަ ބުނީތާ ސައީދު މިއަދު އާއްސަ ޝަކުވާކޮއްފިއޭ ޖަ މީލާބެހޭގޮތުން..

  25
  2
 3. ކަނދުރާ

  ރައްޔިތުންގެ ޒާތީ މަޖިލިސް. މަހުން މަހަށް ބޮޑެތި މުސާރަ ދީފަ ބަހައްޓަނީ މެޑަމްގެ ވާހަކަ ދައްކަންތަ

  15
  3
 4. މަނިއްޕުޅު

  ރޫހާނީ ލީޑަރު މަނިއްޕުޅު ވިދާޅުވެފައި އެބައޮތެއް ނޫންތޯ ރާޓީވީއަކީ ފިތުނަފަސާދަ އުފައްދަން އުފައްދާފައި އޮތް ޗެނަލެކޭ. އިތުރަށް އެހެން މީހަކު އެއްޗެއް ނުބުންޏަސް މިވަރުން ފުދޭނެ.

  25
  2
 5. އިބްރާހީމު

  ބަޔެއްގެ ދުވަސް ދުއްވާލައި، ޖަމާއަތެއް ރޫޅަލަން މިހާރު ބޭނުންކުރާ އެންމެ ތޫނު ހަތިޔާރަކީ ފިތުނުފަސާދައާއި ދޭތެރެޖެއްސުން. އޭގެ ސަބަބުން ހިތުގައި ޝައްކުއުފެދި، ކުނިޖެހި، އަމިއްލަ ޒާތުގައި އެބަޔަކު ރޫޅިގެން ހިނގައިދާނެ. ދުނިޔޭގެ ތާރީހު މިކަމަށް ހެކިދޭ. ޕީޕީއެމްޕީއެންސީ ވަރުގަދަވާތީ އެމްޑީޕީއިން މިފެށީ އެމީހުން އާންމުކޮށް ކުރާ މުޑުދާރު ކަންތައް.

  28
  1
 6. މޮޔަބެ

  މިއީ ފިތުނަ މެޑަމް ފާތުން އަ ކީ ޕީޕީއެމް ގެ އެއްވެސް ހައިސިއްޔަތެއްނެތް ނެތް ޕާޓީ ހިންގާ ގޮތާމެދު ބަސްވިދާޅުވާ ބޭފުޅެއްނޫން...ޕާޓީ ހިންގަނީ ރ.ޔާމިންގެ ލަފާފުޅާއެ ކު ޕީއެންސީގެ ލީޑަރާއި ނައިބް ލީޑަރުން... ޕާޓީގެ ގުރާސް ރޫޓް ގުޑުވާ ލެވޭނީ ރ.ޔާމިންގެ އޯޑަރު އަންނަ ގޮތަ ކަށް. ޑރ.ޖަމީލް އަ ކީ އެހާރުވެސް މިހާރުވެސް މެންބަރުން ކުރިމަތީގަ މަޤްބޫލް ބޭފުޅެއް... އަދި ޕާޓީގެ ލީޑަރޝިޕާއި ޑރ.ޖަމީލާމެދުވެސް އޮންނަނީ ބަދަހި ގުޅުމެއް... އަދި މުހައްމަދު ސައިދްއަ ކީ މިފަދަ ކަމެއް ކުރައްވާނެ ބޭފުޅެއްނޫން....

 7. ފާތުމަ އެޅި މިސްކިތް ހުޅުމާލެ

  މިބިން މަތީ ހުރި ހަމަ އެ ކަނި ތެދުފުޅު ހައްދަވާ
  ޢިންސާނަ ކީ ދަތްދޮޅި ސަރީފު

  1
  8
 8. ސަމާ

  ކކޮބާތަ ތި ހިފި ނުހުރެގެން ޕެނެޑޯލް ބަހަބަހާފަ އުޅުނު މެޑަމު. ކޮވިޑާ ޖެހުނީމަ ނެތް ސޮދަގާތު ފައުންޑޭޝަން އެއްވެސް

  1
  6
 9. އޮޅުވާލި ވޯޓު

  ރާޓީވީ އަކީފިތުނަ އުފައްދާޗެނެލެއް ހީވާކަހަލަ ރާޓީވީ މީހުން ފާތުންކާރީގަ އަޑުއަހަން ތިބިކަހަލަ ދެން ކިހާބޮޑުއް ތިރާޓީވީއަކާހުރެ

 10. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

  މިގައުމުފިތުނައިންހަލާ ކު ކޮށްލީ ނަސީދުއާއި ރ ޓީވީންފެތުރި ސައިތާނީބުހުތާނުދޮގު ހަބަރު މީސާފްސީދާތެދު

  10