ސަރުކާރުގެ ކުންފުނިތަކުން ސްޕޮންސާޝިޕްގެ ނަމުގައި ފައިސާ ހޯދައިގެން ރާއްޖެ އިން ޔޫއޭއީ އަށް ކަނޑައަޅާފައި ހުންނަ ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު ފައިސަލް "އިރު" ނަމަކަށް ކިޔާ އޮންލައިން ނޫހެއް ހިންގަމުން އެބަގެންދެއެވެ.

"އިރު" ނޫހުގެ މަސްއޫލުވެރިއެއްގެ ގޮތުގައި މުހައްމަދު ފައިސަލްގެ ނަން އެބައޮތެވެ.

"އިރު" ނޫހަކީ ވެބްސައިޓް ރޭންކް ކުރާ ދުނިޔޭގެ ވެބްސައިޓްތަކުން ފެންނަ ވެބްސައިޓެއް ވެސް ނޫނެވެ. ވެބްސައިޓްތައް ރޭންކް ކުރާ ދުނިޔޭގެ މަޝްހޫރު ވެބްސައިޓްތައް ކަމަށްވާ "ސިމިލާވެބް" އަދި "އެލެކްސާ" ގެ ރޭންކިން އިން ވެސް "އިރު" ނޫސް ފެންނާކަށް ނެތެވެ. އެހެންކަމުން މަސް ދުވަހުގެ ތެރޭގައި އެވެބްސައިޓަށް ދިހަވަރަކަށް ހާސް މީހުން ވެސް ޒިޔާރަތް ނުކުރެއެވެ.

ނަމަވެސް ފެނަކަ ކޯޕަރޭޝަން އާއި އެމްޓީސީސީ އިން "އިރު" ނޫހަށް ކޮންމެ މަހަކު އެތައް ހާސް ރުފިޔާއެއް ސްޕޮންސާގެ ގޮތުގައި ދޭކަމަށް ވެއެވެ. އެދެކުންފުނީގެ އިސްތިހާރު އެނޫހުން ފެންނަން ވެސް އެބަހުއްޓެވެ.

ފެނަކަ ކޯޕަރޭޝަންގައި މަސައްކަތް ކުރާ އިސް ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ "އިރު" ނޫހާއި އެކު ފެނަކަ ކޯޕަރޭޝަނާއި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައީދު ޕްރޮމޯޓް ކުރުމަށް އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ.

"ފެނަކަ އާއި އެމްޑީ ޕްރޮމޯޓް ކުރުމަށް މިއަހަރު ވެސް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވޭ. އިސްތިހާރު ދިނުމުގައި ބަލަނީ ވެބްސައިޓަށް ވަންނަ މީހުންގެ އަދަދަކަށް ނޫން. އެމްޑީ އާއި ގުޅުން އޮންނަ މީހުންގެ ވެބްސައިޓްތަކަށް ފައިސާ ދެނީ." އޭނާ ވިދާޅުވިއެވެ.

"އިރު" ނޫހަށް ސަރުކާރު ކުންފުނިތަކުން ގިނަ އަދަދެއްގެ ފައިސާ ދެމުން ދާއިރު އެނޫހަކީ ވަރަށް މަދުން ޚަބަރު ވެސް ގެނެސްދޭ ނޫހެއްކަން ފާހަގަ ކުރެވެއެވެ.

"އިރު" ނޫސް ފިޔަވައި އެހެން ކުދިކުދި ވެބްސައިޓްތަކަށް ވެސް ސަރުކާރު ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ފައިސާ ދެއެވެ. އެގޮތައް ފައިސާ ދީގެން ނޫސްތައް ހިންގުމުގައި ހަރަކާތްތެރިވަނީ ގިނައިން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ. ރައީސް އޮފީހުގެ އިސް މަގާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުން ވެސް ނޫސްތައް ހިންގަވައިގެން ސްޕޮންސާޝިޕްގެ ގޮތުގައި ސަރުކާރު ކުންފުނިތަކުން ގިނަ އަދަދެއްގެ ފައިސާ ކޮންމެ މަހަކު ވެސް ނަގައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. އާދަމުގެދަރި

  މިވެސް ވައްކާއި ކޮރަޕްޝަން. މިކަން ބަލާނީ ކާކު؟ ކޮބާ ޒީރޯ ޓޮލެރަންސް؟

  75
  1
 2. ފިލްވ

  ފައިސަލް ތިޔައީ ޕީޕީއެމް ސޮރެއް. އެމްޑީޕީ އާ ވަރަށް ދެކޮޅުވާނެ. އެމްއާރުއެމް އަށް ގޮސް މަގާމް ހޯދައިގެން އޭނީ. އިބޫ މިކަން ބަލާ

  15
  28
 3. އިބްރާޙީމް

  އަހުމަދު އަބްދުﷲ ސައީދު ކިޔާމީހަކު ރައީސްއޮފީހުގެ ސިޔާސީ މަގާމެއްދީފަ ވަނީ . މިހާރުނޫސް ހިންގަނީ އެނގިފަވާ ގޮތުގަ މި ސައީދުއައް ސިޔާސީ މަގާމެއް ދީ ސަރުކާރުން ހިންގާ ކޮރަޕްސަން ފޮރުވާ މިހާރުނޫހުގައި ނުޖަހަން ޝަރުތުކޮއް

  58
  2
 4. އިބްރާހީމް

  ހަމަ މޮޅެތި އުކުޅު ބޭނުންކޮށްގެން ވައްކަން ކުރުން

  60
  1
 5. އީސަ

  މިއޮތީވާ ކަމެއް.

  49
  1
 6. އިން

  ހަމަ ސާބަސް

 7. މޫސަ

  ވައްކަމެއް މިހާރަކު ނުކުރާނެ ވަގު އެއޮތީޖަލުގަ ، މުޅިޤައު ސާފު ހުދުފޮއްޗަށް ބަދަލުވެނިމިއްޖެ ..

  13
  1
 8. ކަޅުހުއްތު

  ތިޔަ ފައިސަލްމެންނަށްވަރަށް ސަމާލުވާތި ... މައުލޫމާތަށް ޓަކައި މި ދަންނަވާލަނީ... މީހުންގެ ގެދޮރު ކުއްޔަށްހިފާފަ ލަނޑުދޭން މަސައްކަތްކުރާ ބަޔެއް ....

  11
 9. މަދިހާ

  މި ސަރުކާރުން އެކި އެކި ނަންނަމުގައި ކުރަނީ ވައްކަން

  39
  2
 10. ?

  ވަގު ސޯލިހު ހުންނާނެ ނޭގޭ ކަމައް ހަދައިގެން ހުރިހާނުބައި ކަމެއް ކުރުވާފަ ދެން ރައްޔިތުން ސުވާކު ކުރީމަ ހުންނާނެ ހޭރެން އެހިސާބުން އެކަލޭގެއައް ހުރިހާކަމެއް ނިމުނީ ނަންވާނީ ރ ޔާމީން ޔާމީން ވަރެއް ނުވާނެ ކަލޭ ކިތންމެ ވަރައް ހޭރިފަ ކަމުން ރެކެން އުޅުނަސް އެއީ ގަޓުހުރިމީ ހެކޭ ކަލޭކަހަލަ ތަނެއްދޮރެއް ނުދަންން ލަޓޯ ފަޓޯ އެއްނޫނޭ

  18
 11. ަމާމީ

  ޓޮލަރެންސް ރޮނީ އަބަދު.

  12
 12. Anonymous

  ނަންވާނީ ރ. ޔާމީން. ބަލާލި ކޮންމެ ދިމާއަކުންވެސް ވައްކަން ތަރައްޤީ ގެ ބިނާތައް.
  ސޯލިޙް ޒީރޯ ޓޮލަރެންސް ގިރައިގެންހިތް ޕަވަނީތޯއްޗެ. މަދުކަމެއް މިފަޅާ އަރަނީ. ބިތުފަންގި ނެގޭދުވަހު ނޫނީ ހިސާބު ބެލެވި ޖަޒާލިބޭދޫވަހެއް އޮންނާނެކަން ހަނދުމަފުޅު ބަހައްޓަވާށެވެ

  16
 13. ދުންތަރި

  ޒީރޯ ޓޮލެރެންސް ވީމަ ވާގޮތް އެއީ

  10
 14. މަރިޔަމް މަންމަ

  މަ ހަމަ އަޖައިބު ވެއްޖެ މީ އަލައް ވާ ކަމެއްތަ. އެބައިމީހުން އެބަސް ވުމެއްގެ ދަށުން ކުރާކަމެއް މީ. އިސްތިހާރު ހިލޭ ޖަހައިދޭ މީހަކު އުޅޭ ކަމެއް ނުދެނަހުރިން. މަރިޔަމް ޝާނީ ތިހުރީ މޮޔަފުޅު ވެފަތޯ. ނޫނީ ލިޔާނެ އެއްޗެއް ނޭންގުނު ތޯ

  3
  13
 15. ޢިރު

  މުޅިން ސުޝާންތުއާއި ހިތާވެގެން އުޅޭ ނޫހެއް

 16. ހަސަނާ

  އަދީކިރިޔާ ތިޔަނޫހުގެ ނަންވެސް މިއިގުނީ ދައުލަތުގެ ފައިސާ އިސްރާފުކުރުމުގަ ހައްދެއްނެތް ސިޔާސީ ކޮންމެމީހަކު ދުވާލަކު 50 ޓުވީޓާ 40 ފޭސްބުކު ސްޓޭޓަސް ހަދަންޖެހޭ މިއޮތީ ވާސަރުކާރެއް..

  10
 17. ޖުނައިދު ބޭބެ

  ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައީދު އަކީ ވަރަށް ކަރަޕްޓް މީހެއް.ބައި އަޅާގޮތަކަށްނޫނީ އެއްވެސް ކަމެއްނުކުރާނެ.ފެނަކައިގެ ޕްރޮޖެކްޓްތައް ކުންފުނިތަކަށްދެނީ ބައި އަޅާގޮތަށް.ނުވިތާކަށް ސަރުކާރުތެރެއިންވެސް ބައި އަޅާގޮތަށް އެހެންމީހުންނަށް ހޯދަދޭ.ބާކީ މިއޮތް ދުވަސްކޮޅުއެހެން އުޅެވިދާނެ.މިތިބީ ބަލަން.ވޯޓެއް ނުދޭނަން.މިވަރުގެ ސަރުކާރެއްއަދި ނާދޭ.

 18. ރަބަރޭ

  ބަލަގަ ނޭގޭތަ އެއީ ޒީރޯޓޮލަރެންސްގެ ދަށުން ހިގާކަމެކޭ މިސަރުކާރަކީ ވައްކަން ދަންނަ އަދި އެބަސްކިޔަންވެސް ނޭގޭ ބަޔެކޭ
  ބޮޑުވަރު

 19. ދޮގެއް؟

  ބަޔަކު ނުވެސް ދަންނަ ފޮޅިއެއް އިޝްތިހާރު ކުރާނެ ކަމެއް ނެތް. އެކި ނަންނަމުގަ ވައްކަން ކުރުން ނޫން ކަމެއް ތިބައިގަނޑު ނުކުރާކަން އެންމެނަށް އެނގޭ.

 20. ކިނބޫ

  ގެރި ރަޓު މީހެއްތަ؟ ހާދަ ވައްތަރޭ.

 21. ހހަަ

  ގްރޭޓަރ މާލޭ ކޮންމެވެސްކުންފުންޏެއްގެ ބޭފުޅަކުވެސް ހޯރަ ކިޔާ ނޫހެއް ހިންގާ
  .އަނެއްކާ މިއަށް ފައިސާ ހޯދަނީ ކިހިނެއްބާ. މިހާރު. ނޫސް އޮތީ ހިސޯރުކޮށްފަ. އަޙުމަދު ޢަބދުﷲ ކިޔާ މީހަކަށް ރައީސް ަޮފީސް މަގާމް ދީގެން

 22. އެމަންޖެ

  މޑޕ މިގައުމުގެ ހަލާކު.