ރ. އުނގޫފާރުން މާލެ ގެނައި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އުނގޫފާރުން މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އެ ރަށް މިހާރު ވަނީ ކަރަންޓީންކޮށްފައެވެ. އަދި ޅ. އަތޮޅު އޮޅުވެލި ފުށިވެސް ވަނީ ކަރަންޓީން ކޮށްފައެވެ.

އުނގޫފާރުން މާލެ ގެނައި އެ މީހާއަކީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް އިއްޔެ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ މީހެކެވެ. އޭގެ ކުރިން އޭނާއަށް ފަރުވާދެމުން ގޮސްފައި ވަނީ އޮޅުވެލި ފުށީގައެވެ.

އެ ހޮސްޕިޓަލަށް ގެންދާ އެންމެންވެސް އޮންނަ ޕްރޮޓޮކޯލްގެ ތެރެއިން ކޮވިޑް-19 އަށް ޓެސްޓް ހަދައެވެ.

މައުލޫމާތު ލިބޭގޮތުގައި، އޭނާ މާލެ ގެންގޮސް އައިޖީއެމްއެޗް އިން ހެދި އޭނާގެ ކޮވިޑް-19ގެ ދެ ޓެސްޓުންވެސް އޭނާ ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އަތޮޅު ތެރޭގެ ބައެއް ރަށްތަކުން ކޮވިޑް-19 ފެނި މިހާރުވެސް ބައެއް ރަށްތައް ވަނީ ކަރަންޓީންކޮށްފައެވެ. ބައެއް ރަށްތަކުން ކޮވިޑް-19 ފެނިފައި ވަނީ ރަަށަށް ގޮސް ގޭގައި ކަރަންޓީންވެގެން ތިބި މީހުންގެ ފަރާތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އައިސް

    ރ.އުނގޫފަހަރު ހޮސްޕިޓަލުގެ އިންތިޒާމުތަކާއި ދޭތެރޭ ޖުމްލަކޮށް ވަރަށް ހިންހަމަ ނުޖެހޭކަންކަން އެބަހުރި

    - ވަންނަ ދޮރުމަތީ ސެނިޓައިޒާ ނެތުން
    - ވަންނަ ޕޭޝަންޓުން އަދި އެހީތެރިންވެސް މާސްކް ނޭޅުން

    މި ހޮސްޕިޓަލަކީ މުޅި އަތޮޅުގެ ރައްޔިތުން ހިދުމަތް ހޯދަން ދާ ޖެހޭ ހަމަ އެކަނި ހުރި ހޮސްޕިޓަލައް ވީހިދު މިތައް ވަރަށް ރަނގަޅަށް ރަކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ހުންނަން ޖެހޭނެ ކަަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ
    މިކަން އެންމެ ސަމާލުކަމައް ގެނައުމަށް އެދެން

    22
  2. މަގުމަތި

    ޑޮ ކްޓަރ އަދި މާރސް ވެސް ނާާޅަ...ބަސް ދޭހަކޮއްދޭން ތިބޭ ކުދިން ވެސް ނާޅަ

    10
    1
  3. މުހައްމަދު

    ހޮސްޕިޓަލުގެ މުވައްޒަފުން މާސް ކް އަޅާ ނަމަތާ އެހެން މީހުން މާސް ކް އެެޅުވޭނީ
    ސެނިޓައިޒވެސް ކުރެވޭނީ އެބަޔަ ކު ބޭނުންް ކުރީމަ

  4. ގަންޖާބޯ

    ސަރުކާރުން ނުދޭ އެއްޗެއް ނޭޅެ މީވަރަށް ވާހަކަ

  5. އުނގޫފާރު

    ދާއިރާގައި ހައްތާވެސް ތިބީ މިއަދުގެ ބާރުވެރި މަޖްލިސް މެމްބަރުން ކަމައް ވާއިރު ކުޑަމިނުން ރައްކާތެރި ކަމައް ބޭނުންވާ ތަކެތި ފޯރު ކިއްދީފައި ނުވޭ. ރައްޔިތުން ފެންނަނީ ހަމަ އެކަނި ވޯޓު ބޭނުން ވީމާ. ދެން ކޮން މާސްކެއްގެ ވާހަކައެއް ދައްކަން އޮތީ؟