ހުޅުލެ ހަލި މަގުގައި ހިނގި ބޮޑު އެކްސިޑެންޓެއްގައި ދެ ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ފުލުހުން ވިދާޅުވީ، ހަލިމަގުގެ ހަތަރު ލޭން ހިމެނޭ، ހުޅުމާލެ އިން މާލެއަށް އައި ކާރެއް ކޮންޓްރޯލް ނުވެ ގޮސް، މާލެ އިން ހުޅުމާލެއަށް ދިޔަ ކާރެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިގެން ފުލުހުންނަށް މިއަދު ހެނދުނު 11:20 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ދެ ކާރަށްވެސް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓގައި ހިމެނޭ ދެ ކާރު ދުއްވި މީހުންގެ އަތުގައިވެސް ކަރު ދުއްވުމުގެ ލައިސަންސް އޮތް ކަމަށެވެ.

އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިއަދު އެކްސިޑެންޓްވި ދެ ކާރުން ކާރެއް

އެކްސިޑެންޓތްައް ހިނގުން މެދު ކުރުމާއި ތިމާ އާއި އަނެކުންގެ ސަމާލަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް، އެއްގަމު ދަތުރު ފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުގައިވާ ގޮތަށް އުޅަނދު ދުއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ދުންތަރި

  ދުއްވި ދެމީހުން ހަމަބުއްދީގަބާ ތިބީ ރޯމާ ދުވާލު އެއްކޮޅަށްދުއްވާފަދާ ދެވެހިކަލުޖެހި މިވަރުވާނީ ހަމަ ބުއްދީގަ ތިބެގެންކަމަކަށް ޤަބޫލެއްނުކުރެވޭ ދުނިޔެ ރަންވަނީ ދުއްވާ އެއްޗަކަށްއެރުނީމާ ތިމާޔާ އެހެންމީހުން ސަލާމަތަށް ވިސްނާލުމެއްނެތް

  9
  5
  • ޙަލީމު

   ސާބަހޭ އެކަކު ހޭބަލި ވެދާނެ، ކަލޭ މަޑުން ދުއްވާފަ ދަނިކޮށް އައިސް ކަލޭގެ ގަޔަށް އަވާލީމާ ކަލޭވެސް ހުރީ ހޭބަލިވެތަައް... މީމިތާ ކޮމެެންޓް ކުރާ މީހުންގެ ފެންވަރަކީ އެކަށީގެން ވާ ވަރަށް މައުލޫމާތު ނުހޯދާ ނިކަން އަވަހަށް ގޮތް ނިންމާނެ...

 2. މުހައްމަދު

  "ފުލުހުން ބުނީ ދެމީހުން އަތުގައިވެސް ލައިސަންސް އޮތް ކަމަށް. " ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

 3. ތަކުރު

  " ދުންތަރި " ޚަބަރު ކިޔުންވިންތޯ؟ އަޅުގަނޑަށް ފެނުނީ ދެކޮޅަށް ދުއްވާފަ ދިޔަ ދެ ވެހިކަލް ޖެހުނުކަމަށް ލިޔެފަ އޮއްވަ

  12
  • ދުންތަރި

   ކުށެއްވާނަމަ މާފަށް އެދެން ނަމަވެސް އެކްސިޑެންޓުވިކަމަށްބުނާ މަގަކީ ދެފަޅިން ދެކޮޅަށްދުއްވާގޮތަށް ހަމަޖައްސާފަވާ މަގެއްކަމަށްވާނަމަ އެކްސިޑެންޓު ހިނގާނީ ދުއްވާމީހުން ވަރަށް ފަރުވާކުޑަވެގެން އަދި އެއްކޮޅަށް ދުއްވާފައި ދިޔަ ދެވެހިކަލް އެކްސިޑެންޓުވިނަމަވެސް އިހުމާލު މިކަމުގަ ދުއްވާމީހުން ބަރީއަވާނެގޮތެއްނުފެނޭ ގިނަ އެކްސިޑެންޓުތައް ހިނގަނީ ވާނުވާނޭނގިހަމަ ބުއްދިނެތި ދުއްވުމާ ފަރުވާކުޑަވުމުން މީ ދެބަސްވެވެންނެތް ޙަޤީޤަތެއް ތަފާސް ހިސާބުތައްބަލާލުމުން އެކަން އެނގޭ ލައިސަންސް އޮތުމަކީ އެހެންމީހުންގެ ރައްކާތެރިކަމަށް ބެލުމެއްނެތި ބޭނުންހާ ގޮތަކަށް ދުއްވުމަށް ދެވޭ ހިތްވަރެއްނޫން

 4. އެނަލިސްޓް

  މާސްކް ކޮބާ؟؟؟؟؟؟؟؟؟؟

 5. އައްމަޓީ

  އެކަމަކު ދެ ވެހިކަލްވެސް އޮތީ މާލެއިން ހުޅުމާލެއަށް ދާ ލައިންގަ. ހާދަބާރަކަށް ދުއްވަިއގެންނޭ ހަތަރު ލޭންގެ މަގުގެ އަނެއްފަރާތަށް އެރޭނީ ،

  2
  2
 6. ސަނަމް

  ވަންވޭއާ އިދިކޮޅަށް ކޮންމެވެސް ކާރެއް ދުއްވައިގެން ތި އެކްސިޑެންޓް ހިނގާނީ

  2
  2
 7. ާއަޙްމަދު

  ޖަގުުއާ ދުއްވަން އިން ޑްރައިވަރަށް ކޮންޓްލް ނުކުރެވިިގެން ގޮސް މަގުގެ އަނެއްފަޅިޔަށް ވަދެވުނީ ހަލިމަގުގެ މެދެއްހާ ހިސާބުގައި ހުންނަ ހުސްތަނުން (ޕޮލިހުން ސްޕީޑް ކެމެރާ ބަހައްޓައިގެން ތިބޭ ހިސާބު)

 8. ދެން

  ދުންތަރި ހަމަބުއްދީގަބާ ހުވާބޯހަލާކު އެއީ ދެކޮޅަށްދިޔަ ދެކާރޭ ސުރުހީކިޔާފަ ކޮމެންޓްނުކޮށްބަލަ