ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް ސިއްހީ ފަރުވާގެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އެދި އެމްނެސްޓީ އިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދަންނަވައިފިއެވެ.

އެމްނެސްޓީ އިން ރައީސް ސޯލިހަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ކުރީގެ ނާއިބު ރައީސް އަދީބަށް ސިއްހީ އެކި މައްސަލަތައް ދިމާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ލޮލުގެ މައްސަލައާ ކިޑްނީގައި ހިލަ އުފެދިފައި ހުރުމާއި އަދީބުގެ ހަށިގަނޑުގެ ތެރޭގައި ސިސްޓެއް ވެސް އެބަހުރި ކަމަށް އެމްނެސްޓީން ބުންޏެވެ. މީގެއިތުރުން ކުއްލި ގޮތަކަށް ހޭނެތޭ ގޮތް އަދީބަށް ދިމާވާ ކަމަށާއި އަދީބުގެ ލޭވެސް ދަށްވަމުން އަންނަކަން އެމްނެސްޓީ އިން ރައީސަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އެމްނެސްޓީ އިން ވަނީ ކްރިމިނަލް ކޯޓުން އަދީބު ދޫކޮށްލުމުން ވެސް ހައިކޯޓުން އަދީބު ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށާއި އަދި ބަންދު ކުރިއިރު ދެން އަޑުއެހުމެއް ބާއްވާނެ ތާރީހެއް ވެސް ބުނެފައި ނުވާތީ ކަންބޮޑުވުންފާޅުކޮށްފައެވެ.

އަދީބަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލަތަކަކީ ރާއްޖެއިން ފަރުވާ ހޯދޭނެ ކަންކަން ނޫން ކަމަށް ވާތީ 2016ވަނަ އަހަރު ބޭރުން ފަރުވާ ހޯދުމަށް ކަރެކްޝަންސްގައި އެދިފައިވާ ކަމަށްވެސް އެމްނެސްޓީ އިން ފޮނުވި ސިޓީގައި ބުނެފައިވެއެވެ. ނަމަވެސް އަދީބަށް ބޭސްފަރުވާ ނުދީ ކަރެކްޝަނުން އިންކާރު ކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

ގައިދީންނަށް ލިބެންޖެހޭ ސިއްހީ ފަރުވާ ނުދެވުމަކީ ހިއުމަން ރައިޓްސް އޮބްލިގޭޝަން އާއި މުޅިން ހިލާފު ކަމެއްކަން ހުދު ރައީސް ސޯލިހަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް އެމްނެސްޓީގެ ސިޓީގައިވެއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ވެސް ގައިދީންނަށް ސިއްހީ ފަރުވާ ފޯރު ކޮށްދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ބަޔާން ކޮށްފައިވާނެ ކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ. ކޮވިޑް-19 ގެ ބިރުވެރިކަން ޖަލުތަކުގެ ތެރޭގައި އޮންނައިރު އެފަދަ ކަންކަމަކީ ބަލަންޖެހޭނެ ކަމެއް ކަމަށްވެސް އެމްނެސްޓީގެ ސިޓީގައި ބުނެފައިވެއެވެ.

އެހެންކަމުން އަދީބުގެ ސިއްހީ ފަރުވާގެ ކަންކަން ހަމަޖައްސައި ދިނުމަށް ރައީސް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

އަދީބު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ހައިކޯޓުން އަމުރު ކޮށްފައި ވަނީ މިދިޔަ މަހުގެ 23ވަނަ ދުވަހުއެވެ. އަދީބާއި ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހަތް ދައުވާއެއް އެ ކޯޓުން ބޭރު ކޮށްލުމާއި ގުޅިގެން އެ މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން، ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި އަދީބު ބަންދު ކުރުމަށް އަމުރު ކުރީ، ޝަރީއަތަށް ހާޒިރު ނުވެ، އަދީބު ފިލާފާނެ ކަމަށް ޝަރީއަތަަށް ގަބޫލު ކުރެވޭތީ އެވެ.

އަދީބު ބަންދު ކުރަން ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ، އަދީބުގެ މައްޗަށް ހުށަހެޅިފައިވާ ހަތް ދައުވާއަށް ބަލާއިިރު، އެ މައްސަލަތަކަކީ ޖިނާއީ އިޖުރާތުގެ 22 ވަނަ މާއްދާގައި ހިމެނޭ ބޮޑެތި ކުށްތަކެއް ކަމަށް ވާތީއާއި، ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުން، އަމުރުކޮށްފަނިކޮށް، މީގެ ކުރިން، އަދީބު ފިލައިގެން ގޮސްފައި ވާތީ، މި ދައުވާތަކާއި ގުޅިގެންވެސް ރާއްޖެ ދޫކޮށް، ފިލައިގެން ގޮސްފާނެ ކަމުގެ އިހުތިމާލު، އޮތުމުގެ ސަބަބުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މާމީ

    ތީދެން ތިކަން ކޮންމެހެން ވެސް ކުރަންވީ

    16
  2. ދިދަ ދަނޑި

    ފިލަންވީ ދޯ؟؟؟ ރާއްޖެއިން ފަރުވާ ކުރެވޭނެ...

    24
    1
  3. ޓާޓާ

    ކިހާވަރެއް އަދީބު ދިނީ ތިއީ އިންސާފު މިއޮތްހާ ދުވަހު އަޑެއްބަޑެއް ނުއިވިމިހާރު ނިދިން ހޭލެވުނީ ތޯ

    31
    • ކަނަިރު

      ކަލޭ ތިކިޔާ ރައިވަރު އެމީހުންނަށް އެނގޭނެދޯ

      8
      1
  4. ކަނަމަނަ

    މިހާރުވެރިކަމުގައިމިތިބި ފަރާތްތައްވެސް ޖަލުގެގޮޅިތަކައްލާ ދުވަސްވެސް އައްނާނެ ދުނިޔޭގަތިބިބަޔަކައް ފެއްނާނެ

    32
    2
  5. ވާނުވާ

    ކޮން ކަމެއްތަ ހަމަނުޖެހުނީ؟ ޔާމީނުއިރު އެސޮރު ޖަލުގައި އޮތް އިރުވެސް ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި ޑޮކްޓަރެއްވިޔަސް ދައްކަން ބޭންވާ މީހާބުނަން އޭނަޔަށް ހުށަހަޅާފައޮތީ! ބޭނުންވާ މެޝިންތައް ރާއްޖެގެނެސް ހުރިހައި ފަރުވާއެއް ކޯށްދެވޭނެ އިންތިޒާމު ހަމަޖެއްސެން އޮތް. އޭނާ ބޭނުންވަނީ ފަރުވާއެއްނޫން. ރާއްޖެއިން ބޭރަށް ފުރަން. މާފިޔާމީހުންގާތަށް ދާން. އެމް.ޑީ.ޕީ ގެ ޕަޕެޓެއް ތި އަދީބަކީވެސް.

    21
  6. ކައްބެ

    ރައީސްޔާމީން އާއި ދެކޮޅަށް ދޮގުހެކި ހޯދުމަށް އަދީބުލަށްވާ ގޭމުކުޅުވާފަ މިހާރު އަދީބުގެ ބޭނުން ކެނޑުނީދޯ ހަމަޔަގީނުންވެސް އެނގޭ ކަމަކީ ސޯލިހުއާއި އަންނި ހަމަ މިގޭމުން ހަޢްޔަރު ކޮށް ޖަލަށް ދާންޖެހޭނެ ކަން އެދުވަސް ވަނީ ދާދިކައިރީގަ.

    17
    1
  7. އަރީ

    ޖަލަށް ޑޮކުޓަރުން ނާ އައިސީޔޫ އެދެއް ފޮނުވާ.. ނޫނީ ޖަލު ހޮސްޕިޓަލަކަށް ބަދަލްކުރޭ