މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ފެސިލިޓީތައް އިތުރުކޮށް ބިނާ ކުރުމަށް މަސައްކަތް ފަށަން ނިންމައިފިއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެވިފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަށް 18 މިލިއަން ޑޮލަރުގެ ހަރުދުވާނެއެވެ. މި މަޝްރޫއު ހިންގާނެ ކޮންސަލްޓެންޓުން ކަންޑައަޅާނީ ދިވެހި ސަރުކާރުންނެވެ.

އިންޑިއާ އެމްބަސީން ބުނީ، ކޮވިޑް-19ގެ ސަބަބުން އިގްތިސާދު މަޑުޖެހިފައި މިވީ ދަނޑިވަޅުގައި މަސްވެރިކަމަކީ ވަޒީފާއާއި އާމްދަނީ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކުރާނެ ދާއިރާއެއް ކަމަށެވެ. އަދި މި ފެސިލިޓީތައް އިތުރުކުރުމަށް ނިންމާފައި ވަނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ޅ. ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި މަސް ކަލެކްޓްކޮށް ބަހެއްޓޭނޭ ސްޓޯރޭޖް ފެސިލިޓީ ގައިމްކޮށް 'ޓޫނާ ކުކްޑް ލޮއިންސް' ޕްލާންޓަކާއި 'ފިޝްމީލް' ޕްލާންޓެއް ގާއިމްކުރާނެއެވެ. އަދި ގދ. ގެމަނަފުށީގައި 50 މެޓްރިކް ޓަނުގެ އައިސް ޕްލާންޓެއް ގާއިމްކޮށް 100 މެޓްރިކް ޓަނުގެ އައިސް ސްޓޯރެޖް ކެޕޭސިޓީ ގާއިމްކުރާނެއެވެ.

މި މަޝްރޫއުއެއްގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އެތަށް ކުރިއެރުންތަކެއް ލިބޭނޭ އެވެ. އެގޮތުން އާ މާކެޓްތަކެއް ހުޅުވި، މަސް ކަލެކްޓްކޮށް ބެހެއްޓުމުގެ ސްޓޯރެޖް ކެޕޭސިޓީ އިތުރުވެ، ކަލެކްޝަން އޮޕްރޭޝަންތަކުގެ އެފިޝެންސީ އިތުރުވެ، އައިސް ޕްލާންޓްތައް އަޕްގްރޭޑް ކުރެވި، މަސްވެރިކަމުން އާމްދަނީ ލިބޭ މަގުތަށް އިތުރުވެގެންދާނެއެވެ. އަދި މި މަޝްރޫއުއާއި، އައްޑޫ ސިޓީ، ކާޝިދޫ އަދި ގާފަރުގައި އިންޑިއާގެ އެހީގެ ދަށުން ގާއިމްކުރެވޭ އެކި ޕްލާންޓްތަކުގެ ސަބަބުން އިންޑިއާއާއި ދިވެހިރާއްޖޭގެ މެދުގައިވާ މަސްވެރިކަމުގެ ދާއިރާގެ އެއްބާރުލުން އިތުރަށް ވަރުގަދަ ވެގެންދާނެއެވެ.

އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފޯރުކޮށްދީފައިވަނީ ދިވެހިރާއްޖެއަށް އެންމެ ފައިދާކުރުވާނޭހެން، 20 އަހަރު ދުވަހުން އަނބުރާ ދައްކާގޮތަށް 5 އަހަރުގެ މޮރިޓޯރިއަމް އަކާއި އެކުގައެވެ. ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގޭނޭ މަޝްރޫއުތަކަކީ ދިވެހި ސަރުކާރުން ކަންޑައަޅާ، އިންޑިއާ ސަރުކާރުން އެޕްރޫވް ކޮށްފައިވާ މަޝްރޫއުތަކެކެވެ.

އިންޑިއާ ސަރުކާރުން ބުނީ، މިފްކޯގެ ފެސިލިޓީތަށް އެކްސްޕޭންޑްކުރުމުގެ މި މަޝްރޫގައި ދިވެހި ސަރުކާރާއި ދިވެހިރައްޔިތުންގެ ބައިވެރިއަކަށް ވެވުމަކީ އިންޑިއާއަށް ލިބޭ އުފަލެއް ކަމަށެވެ. އަދި ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގައި އެއްބާރުލުންދީ ބައިވެރިވުމުގެ ސަބަބުން އިންޑިއާއާއި ދިވެހިރާއްޖޭގެ މެދުގައިވާ ޒަމާންވީ ގުޅުން އިތުރަށް ބަދަހި ވެގެންދާނޭކަން ޔަގީންކަމަށްވެސް އިންޑިއާ ސަރުކާރުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަންސާރު

    ޢިންޑިޔާގެ ހިންދޫންނަށް ހަލޒަކު ހުރި ﷲ ލައުނަތް ލައްވާށީ

    11
  2. ރަބަރޭ

    ހަގީގީ ދަރަނި ދަންތުރަ
    ބޮޑުވަރު

    10
  3. ވިސްނާ

    ހެޔޮނުވާނެ ތި އިންޑިޔާއަތުން ދަރަނި ފައިސާނުނަގާ....ފަހުން ހިތާމަކުރަންޖެހޮދާނެ....ތީ ވަރަށް މަކަރާހީލަތް ހަދާބައެއް.

    2
    1
  4. ޒަބީބު

    އިންޑިއާއިން ބޭނުންވަނީ ރާއްޖެ ބައިނަލް އަޤްވާމީ މައިދާނުގައި އެކަހެރިވެ، އިންޑިއާގެ މުއްޓީގަ އޮންނަން. އެގޮތުން ބައިނަލް އަގްވާމީ މައިދާނުގައި ރާއްޖެ އަށް ހަޤީގީ ފައިދާ ލިއްބައިދޭނެ މައުނަވީ ގުޅުންތައް އުފެއްދުނަނުދީ ހިފަހައްޓަނީ ކެނެރީގޭ ނަޝީދުގެ ވިހަ ދޫ ބޭނުންކޮށްގެން. 2023 ގައި ނަޝީދު ވެރިކަމަށް ގެނެސްދޭނެ ކަމުގެ ހުވަފެން ދައްކައިގެންނަމަވެސް ނޫނީ ނަޝީދުގެ ނިގޫ ފިއްތާލައިގެން ނަމަވެސް އިންޑިއާއިން ނަޝީދު ބޭނުންކުރަމުން މިދަނީ ދިވެހި ދައުލަތް ހުއްޓުވައި ރައީސް ސޯލިހުގެ މި ރިޔާސީ ދައުރު ބޭކާރުކޮށްލަން. މީ ދިވެހި ރައްޔިތުން ލޯހުޅުވައި ހޭލާ ތިބެން ޖެހޭ ކަމެއް.

    ހަނދާނަށް ގެނެސްލައްވާ! އިންޑިއާ އެމްބަސީ އިން ވަނީ ދިވެހި ރައްޔިތުންގެ އިހްސާސް ތަކަށް ގޮންޖަހާ ކެނެރީގޭ ނަޝީދު އެމަސީގައި ފޮރުވައިގެން ގެނގުޅެފަ. އަދި ދިވެހި ރާއްޖޭގެ ދާކިލީ ކަނކަމުގެ ތެރެއަށް ވަދެ ދިވެހި ދައުލަތަށް ގޮނޖަހާ އެތައް ކަމެއް ކޮށްފަ!

    ރާއްޖެއަށް އެހީވުމުގެ ނަމުގައި އިންޑިއާއިން ނަޝީދު ހަދައިގެން އުޅޭ އޭޖެންޑާ 19 ގައި ހިމެނޭ އެއްވެސް ފައިދާއެއް ނެތް ދެމެހެއްޓެނިވި ކަމެއް ނެތް ކުޅޭކުޅޭ "ލޭބަލް-ޕްރޮޖެކްޓް" ތަކަށް ފައިސާ އަޅަނީ ރައްޔިތުން އިންތިޚާބުކޮށްފައި އޮތް ސަރުކާރަށް ދުއްތުރާ ކުރަން. އިންޑިއާގެ މަޤްސަދު ސީދާ ނަމަ، ނުވަތަ ދިވެހި ރައްޔިތުންނަށް އިހްތިރާމެއް ޤަދަރެއް އޮތްނަމަ އިންޑިއާއިން އެހީ ވާނީ ސަރުކާރުން ހުށަހެޅި ޖަޒީރާ މެނިފެސްޓޯގައި ހުރި ޕްރޮޖެކްޓް ތަކަށް. ނުވަތަ ދިވެހި ސަރުކާރުން ހިންގަން ބޭނުންވާ ޕްރޮޖެކްތް ތަކަށް. ނުވަތަ ރައްޔިތުން އިންތިޚާބު ކޮށްފައި އޮތް ސަރުކާރާއި މަޝަވަރާ ކޮށްގެން ދިވެހި ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭނޭ ދެމެހެއްޓެނިވި ބޮޑެތި ޕްރޮޖެކްޓްތަކަށް.

    2
    1
  5. ހަލާލު

    އިންޑިއާއިން 18 މިލިއަން ޑޮލަރު އޭބުނާއިރު އެއީ ދަރަނި. ދިވެހި ރައްޔިތުން ބޮލުގަ އެޅޭ ދަރަނި. އިންޑިޔާއިން ތިއަށް އިންޓަރެސްޓްވެސް ނަގާ! ތއިކަމުގެ ޝަރުތަކީ އިންޑިޔާ ސިފައިްނ މިރާއްޖޭގެ އެތަން މިތާ އެކިނަންނަމުގަ ބޭތިއްބުން، ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް އިްނޑިޔާއިްނ އަތްވޭނުން