މާލޭގައި މީހަކު ގެއިން ނިކުމެ މާސްކު އަޅަން އުޅެނިކޮށް ފުލުހުން އައިސް އޭނާ ޖޫރިމަނާ ކޮށްފިއެވެ.
ފުލުހުން ޖޫރިމަނާ ކުރި ފަރާތުން ވަނީ އެކަން ހިނގާދިޔަ ގޮތް ޓްވީޓާގައި ހާމަކޮށްފައެވެ. އޭނާ ބުނީ ގެއިން ނިކުމެގެން ސައިކަލަށް އެރުމަށްފަހު އަތްދަބަހުން މާސްކު ނަގާ، އެ އަޅަން އުޅެނިކޮށް ފުލުހުން އައިސް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އަދި ޖޫރިމަނާ ކުރީ މާސްކު ނާޅާ ބޭރުގައި އުޅުނީމާ ކަމަށް ފުލުހުންނާއި ހަވާލާދީ އޭނާ ބުނެފައިވެއެވެ. ޓްވީޓާގައި އޭނާ ވަނީ އޭނާގެ ފޯނަށް ފުލުހުން ޖޫރިމަނާކުރި ސަބަބު ބަޔާންކޮށް ފޮނުވި މެސެޖުވެސް ހިއްސާކޮށްފައެވެ.
Geyn nukume cycle ah araafa hand bag in mask nagaa alhan ulhenikoh fahathun ai fulus meehaa kuree joorimanaa. Bunee mask naalhaa beyruga ulhuneema o!! 😳 pic.twitter.com/Cr7eVcVr1n
— fαтнιмαтн zαнα (@FathmathZaha) August 4, 2020
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މާސްކް އެޅުން މަޖުބޫރުކޮށް އެކަން ތަންފީޒު ކުރަން ފެށީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެއާއިއެކު މަގުމަތީގައި މާސްކު ނާޅާ އުޅޭ ކަމަށްވާ ނަމަ 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގާފައެވެ.
އެޗްޕީއޭ އިން ނެރުނު އެންގުމެއްގައި ވިދާޅުވީ ވަކި ގޮތެއް އަންގަންދެން ގެއިން ބޭރުގައި އުޅޭ އިރު އަނގަ އާއި ނޭފަތް އަދި ދަތްދޮޅި ނިވާ ގޮތަށް މާސްކް އަޅަންޖެހޭނެ ކަމަށެވެ.
ނަމަވެސް އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތު ކުރާ ވަގުތުގައި ކަސްރަތު ކުރާ މީހުން އަދި އެހެން މީހެއްގެ އެހީއާ ނުލާ މާސްކް އަޅައި، ނުނެގޭ މީހުން މި އެންގުމުން އިސްތިސްނާ ވާނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ. މާސްކް އެޅުން މަޖުބޫރު ކުރީ، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ރައްކާތެރި ކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުންނެވެ.
އެންމެ ފުރަތަމަ މާސްކު އެޅުމަށް އެންގީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށެވެ. ނަމަވެސް މިއަދު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީހުން ދިރިއުޅޭ ރަށްރަށުގައި މާސްކް އަޅަން ވަނީ އެދިފައެވެ. ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލް އެންޑް އިންޓަނޭޝަނަލް ހެލްތް އައިޝަތް ސާމިޔާ ވިދާޅުވީ، ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ވައިގެ މަގުން ނުވަތަ ކަނޑުމަގުންވެސް ދިގު ދަތުރުކޮށްފައިދާ ފަރާތްތަކުން މާސްކު އެޅުން މަޖުބޫރު ވާނެ ކަމަށެވެ.
ޢާނ ހުރިހާ ރިސޯޓެއްގެ މެނޭޖްމަންޓްގަ އުޅެނީ މުނާފިގުން
ވަރަށް ރަނގަޅު....ތިޔަހެން ވާންޖެހޭނެ..?
ޢާދަނުއަށް އެގޭބާ ގޭތެރެއާ ބޭރުތެރެ؟ ފުލުހުން ފެނިގެން ނެއްނޫން މާސްކް އަޅަންޖެހޭނީ. ޢެހެންވިނަ މަ އެއީ އަ މިއްލަ ނަފްސަށް ކުރި މަލާމާތެއް.
ހަމަ ފުލުހުން ބަރާބަރު... އަދި ގޯސް ކަމެއް ނުކުރާކަން ދައްކަން ޓުވިޓަރގަ އެބަ ބަހަނާތަށް ދައްކައެއްނު.... ގެއިން ނިކުންނަން ވާނީ މާސްކް އަޅައިގެން... ހެދުން ލައިގެން މަގުމައްޗަށް ނިކުންނަހެން މާސްކް ވެސް އަޅައިގެން ނިކުންނަން ވާނީ...
މި އޮތީ ދެން ކުޅިވަރެއް ފެށިފަ
މާސްކުނާޅާބޭރައް ނުކުތީމަ ތިހެންވާންޖެހޭނެ
ޖޫރިމަނާ ކުރިގޮތް ރަގަޅު..މަގުމައްޗައް ނިކުމެ ސައިކަލްމަތީ އިންދާ މާސްކް ނާޅާއިން މީހެއް މޫނުމައްޗައް ކިބިއްސެއް އެޅީމަ މާކަ ރީއްޗެއް ނުވާނެދޯ
ކޮންމެ ގޮތަކުން ނަމަވެސް ދައުލަތަށް ފައިސާ ހޯދަން އެބަޖެހޭ.
އެންމެންގެ ރައްކަލަކަށް ކުރަންޖެހޭ ކަމެއް.. ބަސް ނާހާ މީހުން ކޮންޓްރޯލް ކުރަން ޖެހޭ
ގޭތެރޭ ހުއްޓަސް ކުރާނެ. ވަގުންގެ ޖީބުތައް އަޑިއަޅާލައިގެން އާންމުންގެ ޖީބު ކަނޑަން ފެށީ އަނެއްފަހަރު. ބޮޑު ކަމެއް.
ވެދާނެ ތެދަކަށް އެކަމަކު ޖޫރިމަނާ ކުރަން ޖެހޭ... އެންމެންގެ ރައްކަލަކަށް މަޖުބޫރު ކަމެއް.. ބަސް ނާހާ މީހުން ކޮންޓްރޯލް ކުރަން ޖެހޭ
މާސްކް އަޅަން ޖެހެނީ ދާތާކަށް ގޮސް އައީމަތަ؟ ގެއިން ނިކުންނައިރު މާސްކް އެޅިފަ އިންނަންޖެހޭނީ. ތިމާއަށް އަމިއްލަ ފޫކޮޅުގަ ހުރި ގުއި ނުފެނިގެން ތިއުޅެނީ، ކަމެއްވާއިރަށް ސޯޝަލްމީޑިއާވެގެން!
ތިގޮތަށްވެސް އެއްޗެއް ލިބިގެންތާ ސަރުކާރުގެ މަތީފަޑީގައި ތިބޭމީހުންގެ އަރާމު ދިރިއުޅުން ހަމަޖެއްސުމަށް ބައިތުލްމާލަށް ފައިސާކޮޅެއް ވެއްދޭނީދެންމިހާރު. ސައިކަލު އިސްޓިކާވެސް ޖަހަންވީ، ހުރިހާ ބާވަތެއްގެ ޖުރުމާނާއެއްކުރަންވީ، އެއިރުން އިގްތިސޯދު ކުރިއަރައި ފޯދޭނީ.
މާސްކު ނާޅާ ނުކުތުން އެއީ ތިމާ މީހާގެ މައްސަލައެއް.
އަބިފިރިކަމުގެ ގުޅުންހިންގަންވެސް މާސްކުއަޅަންޖެހޭނެ އެނޫނިއްޔާޖޫރިމަނާ
ސަރުކާރަށް ރުފިޔާއެއް ހޯދާކަށްނޫން މާސްކު ނާޅާ މީހުން ޖޫރިމަނާ ކުރަނީއެއް. އެންމެންގެ ރައްކާތެރި ކަމަށް. ކޮންމެ ކަމެއް ސިޔާސީ ނުކޮށްބަލަ.
ޖޫރިމަނާ ނުކުރާނެ ޤަވާއިދަށް ހުރުމަށްތެރިކޮށް ހިތާ ނަމަ އެއްވެސް މީހެއް.
މާސްކް އަޅަން ޖެހޭނީ ގެއިން ނިކުމެ އެއް ނޫން. އަޅައިގެން ނިކުންނަން ވާނީ
ގެއިންނިކުންނަން ޖެހެނޭ މާސްކު އަޅައިގެނެށް ނޫންތަ
ޖޫރިމަނާ އެޖެންޑާ 19 ތަފާތުވާނެ
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މާސްކް އެޅުން މަޖުބޫރު ކުރުމާއި އެކު ސަރުކާރުގެ ފާމަސީން -/2ރ އަށް ވިއްކަމުން އާއި މާސްކްގެ އަގު -/3ރ އަށް ޖައްސާލި ސާބަހޭ ރައްޔިތުންގެ އޯގާތެރި ސަރުކާރު
ބޮޑުވަރު
ކޮވިޑު ޖެހިފަތިބެގެން ގަވާއިދާހިލާފައް އުޅޭބިދޭސީ ތަންތަނައްނުކުމެ މަސައްކަތް ކުރާއިރު ފެންނަ މީހެއްނެތް އެޢީ ގާނޫނު ނުހިގާ ބައެއް މުޅިމާލެ ހަލާކުރަމުން ދުވާ ވަގު ބިދޭސީން ހިންގާޖަރީމާ ތައް ނުހުއްޓުވޭ...
ފުލުހުން ކަންތައް ކުރިގޮތް ރަނގަޅު
ރަށްޔިތުން އަތުންފައިސާ ހޯދާގެން ގައު މުހިންގަނީ. މިދާވަރުން ދާނަ މަ ގޭގަތިއްބަސް ޖޫރި މަނާ ކުރާނެ.
ހައްހައްހައްހާ.. ހަމަ ރަގަޅު ޕޮލިސް ބެސްޓު..
މި މަހު ވެސް ސަރުކާރުން މުސާރަ ދޭން ޖެހެޔޭ؟؟؟ މީރާއަށް ޓެކްސް ނުލިބޭތީ ހަރު ކަށި ވީ ދޯ؟؟؟
މީހަކު ޓްވިޓާގަ އެއްޗެއް ޖަހާލާއިރަށް ނޫހަށް އަރުވަންޖެހޭތަ... އެއީ އޭނަގެ ކުށް ގެއިން ނުކުންނައިރު ޖެހޭނެ ދޯ މާސްކު އަޅައިގެން ހުންނަން. ވަކި މީހަކަށް ވަކި ގޮތެއް ނުހެދޭނެދޯ ދެން ވުމަން ކާޑު ޕްލޭ ކުރަންވީނުން.