ޓްރާމްސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އާއި ކުރީގެ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދާއި ގުޅުވައިގެން ދެބޭފުޅުންގެ "ގުޅުން" ދައްކައި ދިނުމަށް ރ.އަތޮޅު މީދޫގައި ޢީދު މާލި ކުރިއަށް ގެންދިއުމުން ޖުމްހޫރީ ޕާޓީން ނުރުހުން ފާޅުކޮށްފައެވެ. މީދޫގައި ޢީދު ފާހަގަ ކުރިއިރު ނަހުލާ އާއި އަލީ ވަހީދުގެ އިތުރުން ގާސިމް އިބްރާހިމާއި އެހެން ބައެއް ސިޔާސީ ބޭފުޅުން މޫނު ސިފަވާ ގޮތައް ހުރި މާސްކް އަޅައިގެން އުޅެފައި ވެއެވެ.
ޖޭޕީއިން ވިދާޅުވީ، އެޕާޓީގެ ލީޑަރ އަދި ލީޑަރުގެ އަނބިކަނަބަލުންނަށް ފުރައްސާރަކޮށް އީދު ކުޅިވަރެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރުމަކީ ރައްޔިތުންގެ މެދުގައި ފިތުނައުފެއްދުމަށް ހިންގި ނާތަހުޒީބު އަމަލެއްކަމުގައި ދެކޭކަމަށާއި އަދި އެޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.
މީދޫގައި ޢީދު ފާހަގަ ކުރިއިރު ނަހުލާގެ މޫނު ސިފަވާ ގޮތައް ހަދާފައިވާ މާސްކް އަޅައިގެން މީހަކު އުޅުނުއިރު އަލީ ވަހީދާއި ގާސިމް ސިފަވާ ގޮތައް ހަދާފައިވާ މާސްކް އަޅައިގެން އުޅުނު ބަޔަކު ނަހުލާގެ ސިފަވާ ގޮތައް ހަދާފައިވާ މާސްކް އަޅައިގެން އުޅުނު މީހާ އަތުގައި ހިފައިގެން އުޅުނު މަންޒަރު މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުންނާއި ވީޑިއޯތަކުން ފެނެއެވެ.
މިނިސްޓަރ ނަހުލާ އާއި އަލީ ވަހީދާއި ގުޅުވައިގެން އީދު ފާހަގަ ކުރުމުގެ ހަރަކާތްތަކެއް ހިންގިއިރު ނަހުލާއަށް ޖިންސީ ފުރައްސާރަކޮށް އަލީ ވަހީދު ވާހަކަ ދައްކާފައިވާ އޯޑިއޯތަކެއް މީގެ ކުރިން ލީކް ވެފައި ވެއެވެ.
ޖޭޕީގެ ލީޑަރ އަދި ލީޑަރުގެ އަނބިކަނަބަލުންނަށް ފުރައްސާރަކޮށް އީދު ކުޅިވަރެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރުމަކީ ރައްޔިތުންގެ މެދުގައި ފިތުނައުފެއްދުމަށް ހިންގި ނާތަހުޒީބު އަމަލެއްކަމުގައި ދެކެން. މިއަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަން. https://t.co/bW1DzribqX
— JP Secretariat (@JPSecretariat) August 4, 2020
މީގެ ކުރިން ވެސް ބައެއް ރަށްރަށުގައި ސިޔާސީ ކަންކަމަށް ޖޯކް ޖަހައި ޢީދު މާލި ކުރިއަށް ގެންގޮސްފައި ވެއެވެ. މިފަދަ މާލި ހަރަކާތްތައް ބާއްވާ މީގެ ކުރިން އެންމެ ބޮޑު ސަމާލުކަމެއް ހޯދަނީ ކުޅުދުއްފުށީ މީހުންނެވެ. ނަމަވެސް މިއަހަރު އެރަށުގައި މިފަދަ ގޮތަކަށް އީދު ފާހަގަ ކޮށްފައެއް ނުވެއެވެ.
ހަމަ ކުރަން ވީ ކަލޭމެންގެ އެކަނިތަ އަބުރު އޮންނަނީ އަދި ކުރާވަރު ކުޑައީ
އީދުގަ ވީމަ ކަޑައީ..
އެއްވެސް މީހެއްގެ އަބުރަށް އަރައިގެނެގެން ނުވާނެ... ޖޭޕީ މީހުން ވެސް އެހެން މީހުންގެ އަބުރަށް ނާރާ
ވަކި ބައެއްގެ އެކަންޔެއް ނޫން އަބުރު އޮންނަނީ.... އެކެއްގެ އަބުރަށް އަރައިގަތުމަކީ ވެސް ގޯސް ކަމެއް... ދުވަހަކު ޖުމްހޫރީ ޕާޓީ މީހުންނަށް ތާއިދު ނުކުރިއަސް މާލި ހެދުމާ މުޅިން ދެކޮޅު... މާލި ހެދުމަކީ ވަރަށް ނުބައި އަމަލެއް... މާލި އަކީ ކީއްކުރަން ރަށްރަށުން ކުރާ ކަމެއްތަ؟
ހަޖަމުނުވީދޯ.. އެއްފަޅިން އިންސާފު
ދެން އަންނަ އީދެއްގަ ފާތުމަޔާ އަދީބާ ބީއެމްޑަބްލިއު އަދި ޖަވާއިރު އަނގޮއްޓިއާއެކު ކުޅިސަމާ ހަމަކުރާތަން ގެނެސްދިނީމަ ކަލޭމެންގެ ހަޖަމުތައް ކެކޮ އުތުރު އަރާނެ ދެއްތޯ؟؟
އެމްޑީޕީ އަށް ތާއިދު ކުރާ ބަޔަކު ކުރި ކަމެއް މިއީ... އެކަމަކު ހޮވާފަ ހުންނަނީ ސަންޓްރެވަލް ސިޔާމް
ޢަބުރުކަތިލުންވެސް ހަދުފަހަނަ އަޅައިފި
ވަކި މީހެއްގެ އޮންނަ އެއްޗެއްތަ އަބުރަކީ.. ގައުމު ރޮލުންކައިފި ރައްޔިތުންނަށް ކަމެއް ނުކޮށްދޭތާ.. ޖޫރިމަނާ ނޫންކަމެއް އޮންނަނީ ނޫންވިއްޔާ
މި ރައްޖޭގަ ހަމަ އެކަނި އަބުރު ހުރި މީހުން. އަޖައިބް ވެއްޖެ
ވަރަށް ނާތަހްޒީބް އަން އިސްލާމިކް އަމަލެއް. މިވެސް އިސްލާމް ދީނާ ދުރު ވިސްނުން. އެވެސް އީދުގަ. ކކބކ
މިސިޔާސީ މީހަކާ ބެހޭގޮތުން އެއްޗެކެކޭ ބުނާއިރަށް ނޫސްބަޔާންތައް ނެރޭނެ. ކޮބާތޯ ކާކީ ސޯޓް ބުރި. މަޖިލީހުގަ ތިބި މެމްބަރުން ކާކީ ސޯޓްބުރިލައިގެން މާލެ ތެރެބަލަހަށްޓަން ނެރެބަލަ.
އަންނަ އީދުގައި މިނިވަން މުވައްސަސާގެ ސައިކަލު ލޯބިފުޅާއި ވަރިފުޅު ފެންނާނެ ކަމަށް އުންމީދު ކުރެވޭ.
މުސްލިމުންގެ އީދު ފާހަގަ ކުރަން އެންމެ ރަނގަޅު ގޮތް ބާއޭ ހަމަ ހިތަށް އަރާ
ޓްރާންސްޕޯޓުން ޓެސްޓު މިހާރު ނުދެނީ ޖޫރިމަނާ މަދުވެދާނެތީތަ
ހިތާމަހުރި، ތިއީ އިސްލާ މުން އީދު ފާހަގަ ކުރުން އޮންނަ ގޮތެއްނޫ، ފަސާދަ އުފެއްދުން، ތިކަން ރޭވި ބަޔަކަށް ފިޔަވަޅުއަޅާ، އީދު ސިޔާސީ ނުކުރޭ
ޥަރަށް ދަށު ދަރަޖައިގެ ކަމެއް.. މީދޫ އަށް ވެސް ހުތުރު.. އީދޭ ކިޔާފަ ހައްދު ފަހަނަ އަޅާ ދަނީ..
މީގެ ކުރިން ކުޅުދުއްފުށީގަ ވެސ ތިބާވަތުގެ ކިތަންމެ ކަމެއް ކުރި އެއީ އަދި ގައުމުގެ ރައީސް އާއި އެމަނިކުފާނުގެ އަނބި ކަނބަލުންނަށް ހަޖޫ ޖަހާފަ. އެކަމަކު އެކަމާ ރައީސް ވެސް އަދި މެޑަމް ވެސް އެއްޗެއް ވިދާޅެއްނުވޭ. އެކަމަކު އެބޭފުޅުންވެސް އޮންނާނީ ހިތެއް ދެއްތޯ؟ ސިޔާސީ މައިދާނައް ނިކުމެ ތިބެންޏާ ހަޖޫވެސް ޖަހާނެ. އެ ހަޖޫ ޖަހަން ވެސް ދަސްކޮއްދިނީ ތި ޖޭޕީ ބަޔަތުހިފައިގެން ކޯލިޝަން ހަދައިގެން ތިއުޅޭ އެމް ޑީ ޕީ ގެ ރައީސް އަންނި. ދެން އަމިއްލަ އަށް ކެނޑި ކަނޑުލުން އަމިއްލަ އަށް ހިތިފިލުވާ. އެހެންނޫނީ ހަޖޫ ޖަހާ ފުރައްސާރަ ކުރާލެއް އަދިވެސް ވާނީ ގިނަ!
އަސްލުވެސް
ކޮންހާ މޮޅުވާހަކައެެއް ދައްކާކަށް، މީކީ އަލަށް މި ރާއްޖެގައި ކުރި ކަމެއް ނޫން، ކަލޭ މެންނަށް ކިރިޔާވެސް މީހަކު އިނގިލި ދިއްކޮލިޔަސް އެއީ އަބުރު ގެއްލުނުކަމައް އަހަރެމެން ނުބަލަން. ކިތައް ދުވަހު ރޭޕްގެ ޝިކާރައަކަށް ވެފައިވާ ކުޑަ ކުދިންނަށް އިންސާފް ނުލިބި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އިންސާފް ނުލިބި އެދަނީ" ކިތައް މީހުން މަރާފަ ަަަަަަަަަ އާއިލާތަކަށް އިންސާފް ނުލިބި. އެއްޗެހީގެ އަގު ބޮޑު ކޮއްފަ، މުއަސަނދިންނަށް ހުރިހާ ފައިދާއެއް، އެހެންވީމަ ތީ އަދި ކަމެއް ނުން،.
މިއީ އަންނި ގެނެސް ދިން ޑެމޮކުރަސީ... ޖޭޕީ އާއި ބެހޭ ކަމެއް ނޫން.
ތަރުހީބު ދެނީ އޮތް ލަޢުނަތަކަށް މަރުދީ ބަލަނީ އޮތް ރިޝްވަތަކަށް
ކަރު މަރު ހިފަނީ ނަމަ ރިޝްވަަތަކަށް ދެންވެސް ކިޔަނީ އިސްލާމުންނޭ
ރ. މީދޫ އަކަސް މިސަރުކާރަކަސް އެ ސަރުކާރަކަސް މީސްތަކުންގެ ޢަބުރަށް އަރައިގަތުމަކީ ﷲ ތަޢާލާ ނަހީކުރައްވާފައި ވާ ކަމެއް.....
ދެން ބަލަން ހުންނާތި ވަނުވާ ތިއޮތީ ބައެއްގެ އަބުރު ކަތިލާފަ ބައެއްގެ އަބުރު ކަތިލުމުގެ ދައުވާވެސް އެމީހުންނަށް އުފުލަފާނެ ކޮންމެ ބަޔަކު މި ކަން ކަން ކުރިޔަސް މީ ކޮއްގެން ވާނެ ކަންކަންކަމެއް ނޫން އަސްލައްވެސް ބައެއްގެ އަބުރު ކަތިލުން މިދެން ކިހާ ދެރަކަން މިީ ????
ޢީދަކީ މީހުންނަށް މަލާ މަތް ކުރަންއޮންނަ ދުވަހެއްނޫން. ތީ އީދުފާހަގަކުރަން އޮންނަގޮތްތޯ.އަހަރެ މެންގެ ތެރޭގަ މިވަރުގެ ތަންދޮރުނޭގޭ މިހުން އުޅޭތީ ހިތާ މަކުރަން.
އަލީވަހީދާ އައިޝާގެ ކޯލް އަޑުއަހާފަ ޖޭޕީން އެއްޗެއް ނުބުނެ ހުރެފަ އީދުގަ ރަށެއްގަ އޮތް ޕެރޭޑެއްގަ ހިނގާލުމެއް ދައްކާލީމަ ތިހާވަރުވުން ޤަބޫލެއް ނުކުރެވޭ.
މާތްﷲ އެންގެވި ގޮތް ނޫން މީ ކީ. ރަސޫލާ ( ސަލާމް އާއި ސަލަވާތް ލައްވާށި) ދެއްކެވި ނަމޫނާ އެއް ނޫން މީ ކީ. ކޮބާ މުސްލިމުންގެ ކެއްތެރިކަން؟ މާތްﷲ އަށް އިތުބާރު؟ ކޮބާ ބުއްދީގެ ބޭނުން؟ ﷲގެ މަތިވެރި އާޔަތްތަކުގެ މާނަ އަށް ވިސްނާ ފިކުރު ކޮށް އަމަލުކުރަން މަސައްކަތް ކުރަންތޯ އެބަ؟ އީމާން ކަމަކީ ޤުރުއާން ގެ އެއްބަޔަށް އީމާން ވުމެއް ނޫން. ހުރިހާކަމެއްގެ ވެރި އިލާހު އެއްވެސް އިންސާނަކަށް ނާއިންސާފެއް ނޫން. “ޒައްރެއްގެ މިންވަރުވެސް ހެޔޮކަމެއް އަދި ނުބައިކަމެއް ކޮށްފި މީހަކު އޭނާ އެކަން ދެކޭނެތެވެ”. ތިމާއަށް ވީ އެންމެ ރަނގަޅަކަށް އުޅުން ނޫންތޯ ބުއްދިވެރީ މި ވަގުތީ އާލަމްގާ. އެއްވެސް މީހަކަށް ތާއިދު ކުރާތީ އެއް ނޫން މިހެން މިބުނަނީ. އެކަމު ގޯސް ކަންކަން ނުކުރުމަށް އެކަކު އަނެއްކަކަށް ހެޔޮގޮތުގާ ބުނެދެވޭނެނު
މި އެންމެން އުޅެމުން މިގެންދަނީ ހަމަ މާތްﷲ އެންގެވި ގޮތަށްތޯ؟ ހަމައެކަނި މިތޯ މަނާކުރައްވާފައިވާ ކަމަކީ. އެހެން އެއްވެސް ކަމެއްގެ ވާހަކަ ނުދައްކަނީ. ނޫނޭ މިތިބީ ފުރާ ފުރިހަމަ މުސްލިމުން. ކީރިތިރަސޫލާއަށް ފުރައްސާރަކޮށް ދީނަށް ގޮންޖަހާ ރިޕޯޓް ލިޔެ ނެރުނު އިރު ތިޔަ ޖޭޕީ ކޮބާ.
ކިތަންމެ ބަޔަކާއި މެދު ނުރުހުނަސް އަހަރުމެންގެ ޢީދަކާއި ގުޅުވައިގެން ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެކަމެއްކަމުގައި ދެކިގެން ނުވާނެ އަދި އެކަމަށް ހިތްވަރުވެސް ދެވިގެން ނުވާނެ، ބޮޑުވަމުން އަންނަ ޅަދަރިންނަށް މިދައްކައިދެނީ ނަފުރަތާއި ރުޅިވެރިކަންނޫން ކޮއްއެއްޗެއްބާ..؟
އައްނި އާއި ހިސާން ނުވަތަ ލައިލާގެ ނުވަތަ މާރިޔާގެ ފޮޓޯއެއް ނެތް.
ވީމާ ތިކަން ކުރި ބަޔަކާއި ނިޔަތް ސާފުކޮށް އިނގޭ
ކޮން މެ ބަޔަކު ކުރިޔަސް ވަރަންފަންކާ ކަ މެއް ތި ކުރެވުނީ ކޮބާ މައްސަލައަކީ ވަކި ބަޔެއްގެތަ އަބުރު އޮއްނަނީ
ކޮންމެ ބަޔަކު ކުރިޔަސް ގޯސްކަމެއް ވާންވާނީ ގޯސްކަމަކަށޭ. ބައެއްމީހުންނަށް އެއްބަޔަކު ނުކުރާނެ ގޯސްކަމެއް، އަނެއްބަޔަކަށް ނުކުރެވޭނެ ރަނގަޅު ކަމެއް.
ވަރަންސަޅި ކަމެއް ތި ކުރީ
މާސްކެއް އަޅައިގެން ކަލޭމެން ހޭބަލިވަނީ ކީއްވެ ލާދީނީ މާސްކުއަޅައިގެން އުޅުނުމީހުން މާ މުޑުދާރު ކީއްވެ އެމީހުންނާދިމާލަށް އެއްޗެއްބުނަން ލަދުގަންނަނީ ކޮބާތަ އިސްލާމް ދީނުގެ އަބުރު .
އެމީހުންގެ އަބުރު ރޮލާ ހަފާކެއަސް ކަމެއް ނުވާނެ
ކަލޭމެންގެ ސަރުކާރުގެ ވެރިންގެ އަބުރުތޯ މިގައުމުގަ އޮންނަންވީ ތީތި ބޮޑުއިސްކިރީނުގަ އަޅުވަންވެސް ކަމުދޭ ވަރަށް ސަޅި.
މުސްލިމުންގެ ޢިދެއް ފާހަގަ ކުރާނަމަ ކުރަން ވާނީ އިސްލާމީ އުސޫލުތަކާއި އެއްގޮތަށް. ލާދީނީ ޙަރަކާތްތަކާއި އާޑަ ފުރައްސާރައާއި ސިޔާސީ ކަންކަން އޭގެ ތެރެއަށް ނުވައްދާ އިސްލާމީ ތަހުޒީބާއި އެއްބައިވަންތަކަން ގެނުވައިދޭ ފަދަ ގޮތަކަށް.
ޢީދުގެ ބޭނުމަކީ އެކަކުއަނެކަށް ފުރައްސާރަކުރުމެއްނޫން ޖޭޕީންކީކުރަން މަޖިލީސް ސަރުކާރުން އަޅަޅއިނުލުން މައްސަލައަކީ ރައްޔިތުންނަށް ބަޔަކު މިކަމަށްފުރުސަތުދިނީ
އަޅުގަނޑުގެ މައްސަލައެއްނެތް އަޅުގަނޑުގެ މާލި ނެރުނަސް. އައި އެމް ކޫލް ބުރޯ ... ގާބެ ކޫލް ބުރޯ... ހަޖަމް ހަޖަމް
ރ އަތޮޅު ކުދިންގެ ގޮތް އެއީ?... ޓެއިލްސް ކެނޮޓް ބީ ކަރެކްޓެޑް.
?????????????????????
ރ.މީދޫ އެކައްޏޭ ބުނެފަ ހަބަރު ގަ އިނީ... އެއީ ރ.މީދޫ އިރުމަތި އަވަށުމީހުން... މިރަށަކީ ދެއަވަށއ ވަކިން އީދު ފާހަގަކުރާ ރަށެއް.. އެހެންވީމަ ތި އަމަލުގެ ޒިންމާ ރ.މީދޫ އެންމެންގެ ބޮލުގައެއް ނޭޅޭނެ... ތީ އިރުމަތި އަވަށު މީހުންގެ ފެންވަރު...
ޖޭބީއަކަ މަޝެއް ދެނެ ވޯޓެއް ނުދޭނަން
މާދަމާ ހަމަ ތިރަށުން މީހަކު ގޮސް އެހީއެއް ހޯދަން ޤާސިމް އޮފީސް ދޮށުގަ އިންނާނީވެސް...
ކުޅުދުއްފުށީ މަށިމާލި ޕެރޭޑް އިންތިޒާމްކުރާ ފަރާތަކީ މިސަރުކާރަށް ތާއީދުކުރާ ފަރާތެއް. އަދި އޭނާގެ އާއިލީ ކުއްޖެއް ކުޅުދުއްފުށީ މޭޔަރުކަމަށް އެމްޑީޕީ ޓިކެޓްގައި ނުކުންނާތީ، ކޮވިޑް 19 ބަހަނާއަކަށް ދައްކައިގެން ޕެރޭޑް ބާއްވަން ނުކެރުނީ. ބާއްވައިފިނަމަ ސަރުކާރަށް ޖޯކުޖެހުމުން އޭގެ އަސަރު ކެމްޕޭނަށް ފޯރާނެކަމަށް ލަފާކުރެވޭތީ އެކަން ނުކުރީކަމަށް ބެލެވެނީ.
ތި ކުރީ ވަރަށް ދަށު ދަރަޖައިގެ ކަމެއް...
އީދު ދުވަހުތަ އިނގުނީ މީހުންނަށް ފުރައްސާރަކުރަން އެއަށްވުރެ މާތް ދުވަހެއް ނުލިބުނީ؟ މިހާރު ކޮބައޭ ލާދީނީ މީހުންނަކީ
ރައްޔިތުންގެ ލާރިގަނޑު ކާއިރު އެއީ ރައްޔިތުންގެ އަބުރެއްނޫން