ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއުގެ ގޮތުގައި ކުރިއަށް ގެންދާ 25 ބުރީގެ "ދަރުމަވަންތަ ހޮސްޕިޓަލް"ގެ ކުރެހުމަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެ އެވެ.

ހޮސްޕިޓަލް އިމާރާތް ކުރަމުން އަންނަ ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަނަށް އެ އެވޯޑު ލިބިފައި ވަނީ މި ސަރަހައްދުގައި، އާއްމުންނާ ވީހާވެސް ގުޅުން ބޮޑު ގޮތަކަށް އިމާރާތްކޮށްފައިވާ ހޮސްޕިޓަލުގެ ގޮތުގަ އެވެ. އިނގިރޭސިވިލާތުގައި ބޭއްވި ރަސްމިއްޔާތުގައި ލިބުނު އެވޯޑް މިހާރު ވަނީ ޝެންހުއާއާ ހަވާލުކޮށްފަ އެވެ.

ޒަމާނީ ފެންވަރަށް އިމާރާތް ކުރަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލްގެ ހަ ފްލޯ މިއަހަރުގެ ޖުލައި 26 ގައި ހުޅުވަން ވަނީ ނިންމައިފަ އެވެ.

އާ އިމާރާތް ހުޅުވާނީ އާއްމުންނަށް އެންމެ ބޭނުންވާ ޚިދުމަތްތައް ކަމަށްވާ އޯޕީޑީ އާއި އެކްސްރޭ އާއި އެމްއާރުއައި، ފިޒިއޯތެރަޕީ، ސްޕޯޓްސް ތެރަޕީ، އީއެންޓީ އާއި ލޮލުގެ ބަލިތަކަށް ޚާއްސަ ޑިޕާޓްމެންޓާއި ޑެންޓަލް ޑިޕާޓްމެންޓާ އެކުގަ އެވެ.

އެހެންކަމުން، ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމާ އެކު ޑޮކްޓަރަށް ދެއްކުމާއި އެކްސްރޭ ނެގުން ފަދަ ހުރިހާ ޚިދުމަތެއް ކުރިއަށް ގެންދެވޭ އެ އިމާރާތް ޑިޒައިންކޮށްފައި ވަނީ، އައިޖީއެމްއެޗުގެ އިމަޖެންސީ ފަރުވާ އިން ނުކުމެގެން ގޮސް ދަރުމަވަންތަ ހޮސްޕިޓަލަށް ވަދެވޭ ގޮތަށެވެ. އެގޮތުން ދެ ތަނުން ވެސް ޚިދުމަތް ހޯދަން އުނދަގުލެއް ނުވާނެ އެވެ.

ސިންގަޕޫރު ޝެންހުއާ ކުންފުންޏަކާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މި މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ހޭދަކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަފީސާ އަޙްމަދު

    ރައީސްޔާމީން ޞިއްޙީދާއިރާއިން ކުރެއްވި ވަޢުދު ފުދިއްޖެ! " ބޮޑަތި ބަލިތަކަށް ފަރުވާހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހިފައޮތްއޮތުން ނިމުމަކަށް ގެނައުމަށް މަސައްކަތްކުރާނަށް! އެފަދަ ބަލިތަކުގެތެރެއިން ގިނަ ބަލިތަކަކަށް ރާއްޖޭގަތިބެގެން ފަރުވާލިބޭވަރު ކޮށްދޭނަށް". އޯޕަންހާޓް އޮޕަރޭޝަން ، ޑައިލެސިސް ، ހިތުގެ ކުދި އަދި ބޮޑަތި އޮޮަޕަރޭޝަން ، ހަކުރުބަލީގެފަރުވާ ، ހުރިހާވައްތަރެއްގެ ސްކޭން ، ޑިޖިޓަލް އެކްސްރޭ ، އޯޕީޑީ އާއި އެކްސްރޭ އާއި އެމްއާރުއައި، ފިޒިއޯތެރަޕީ، ސްޕޯކްސް ތެރަޕީ، އީއެންޓީ އާއި ލޮލުގެ ބަލިތަކަށް ޚާއްސަ ޑިޕާޓްމެންޓާއި ޑެންޓަލް ޚިދުމަތް! މި ހުރިހާ ކަމެއް މިއަދު މިރާއްޖެއިން ލިބޭ! ޝުކުރިއްޔާ!

  2. ދެކުނުތަރި

    27 މިލިއަން ޑޮލަރުގެ ކުރެހުމަކީ ރަނާ ޖަވާހިރުން ޖަރީކޮށްފަވާ ކުރެހުމަކަށްވީމަ، އެވޯޑާ، ފޯވާޑާ، ޑޮނާޑް ވެސް ލިބެންޖެހޭނެ

  3. ޓައިރު

    ތިޔަ ތަނުންވެސް ރައްޖެތެރެގައިތިބި ނިކަމެތިންނަށް ކުރާނެ ފައިދާއެއް ނެތް..ބޮޑު ކުލިދީގެން ގޮސް ކިހިނެއް ..ހުސް މާލޭ މީހުންނަށް ކޮށްދޭކަންކަން..ވަރަށް ފޫހިވޭ..ތި މާލޭގައި އުޅެނީ ރާއްޖެތެރޭ މީހުން ފެލަންތިބޭ ބައެއް..ސާބަސް ކަލޭމެންގެ ވެރިންނަށް ވެސް..