ލުބުނާންގެ ވެރިރަށް ބެއިރޫތުގައި ވަރުގަދަ ގޮވުމެއް ގޮވައި ހިނގި ހާދިސާއާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ތިބީ ލުބްނާންގެ ރައްޔިތުންނާ އެކުގައި ކަމަށެވެ. ހާދިސާގައި ނިޔާވި މީހުންނާއި، އަނިޔާ ލިބުނު މީހުންގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

ގޮވުމުގެ ސަބަބުން ބެއިރޫތުގެ ވަރަށް ގިނަ ސަރަހައްދުތަކަށް ލޮޅުން އަރާފައި ވެއެވެ. ވަރަށް ގިނަ އިމާރާތްތަގެ ބިއްލޫރިތައް ތަޅައިގެން ގޮސް، އިމާރާތްތަކަށް ވެސް ގެއްލުން ވެފައިވާ ކަމަށް ބޭރުގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ލުބުނާންގެ ވެރިރަށް ބެއިރޫތުގައި ގޮވި ވަރުގަދަ ގޮވުމުގެ ސަބަބުން ބެއިރޫތުގައި ކާރިސާގެ ހާލަތު އިއުލާން ކޮށްފައެވެ.

ބެއިރޫތުގައި ގޮވި ބާރުގަދަ ގޮވުމުގެ ސަބަބުން ބޭއްވި ކުއްލި ކެބިނެޓް ބައްދަލުވުމަކަށް ފަހު ލުބުނާންގެ ރައީސް މައިކަލް އަނޮން ވިދާޅުވީ ކުރިއަށް އޮތް ދެހަފްތާ ދުވަހަށް ބެއިރޫތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން މަޝްވަރާ ކުރަމުން ގެންދާ ކަމަށާއި މިހާރު ބެއިރޫތުގައި ވަނީ ކާރިސާގެ ހާލަތު އިއުލާން ކޮށްފައިވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި އެކު ބެއިރޫތުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ވަނީ ސިފައިން ނެރެފައެވެ. އަދި މިއަހަރުގެ ބަޖެޓުން 66 މިލިއަން އެމެރިކާ ޑޮލަރު ބެއިރޫތަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ބޭނުން ކުރާނެކަން މިހާރު ވެސް ވަނީ އިއުލާން ކޮށްފައެވެ. އެއީ 100 ބިލިއަން ލެބަނީސް ޕައުންޑެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އެލެކުސް މައިކާލޯ

  ބެއިރޫތުގައި ހިނގި ގޮވުމުގެ ހާދިސާއާ ގުޅިގެން ބޭބީރައީސް ކަރުނަފޮދު އޮހޮރުވައިފި!

 2. ޭލާރިބަނޑު

  ކީރިތި ކުރެއްވޭނެކަން ޔަޤިން

 3. ދޭންވީއޭ

  ޖަޕާނުން ރާއްޖެ އަށް އެންމެ 6 މީހުންގެ ޖާގަ އަށް މަތީ ތައްލީމް ޖަޕާނަށް ގޮސްގެން ހާސިލް ކުރުމުގެ ފުރުސަތު އެއީ މަމެން ޝުކުރު ކުރާނެ މިންވަރެއް ނޫނޭ ޖަޕާން ފަދަ ރާއްޖެ އާއި ގާތް ގުޅުމެއް އޮންނަ އަދި ރާއްޖެ އަށް ކުރީގައި އެންމެ ޖެނުއިން ކޮށް އެންމެ ރަނގަޅަށް އެހީވާ ގައުމު މިހާރަކަށް އައިސް ރާއްޖެ އަށް އެެއްވެސް ރަނގަޅު އެހީއެއްވާ ތަނެއް ނުފެނެއޭ ޖަޕާނުން މާލެ އާއި ގުޅިފަޅާއި ދެމެދު ބްރިޖް ހިލޭ އެހީގެ ދަށުން އަޅާދޭންވީއޭ ތިލަފުށި ހިއްކާވެސް ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ

 4. ނެތީމޭ

  ކޮބާތޭ ޗައިނާ އިން ދޭން ބުނި 20 ބިލިއަން ޑޮލަރުގެ ލޯން އެހީ އެލޯން ހޯދަން އެޕްލިކޭޝަން ފޯރމް ފޮރިނޭ މެން ޗައިނާ އަށް ފޮނުވައިފިންތޭ ނޫންތޭ މަމެން ސާފުކޮށްލަން ބޭނުންވެއޭ ބުނަން މަމެން ނެތީމޭ...

 5. ދޭންވީއޭ

  ޖަޕާނުގެ އެހީގައި އެބަޖެހޭ ރާއްޖޭގެ ރިސޯރޓްސް ތަކުގެ ޓެކްނިކަލް ޑިޕާރޓްމެންޓަށް ބޭނުންވާ ހުރިހާ މީހުން ތަމްރީން ކުރަން އޭގެ ތެރޭގައި ޖަޕާނުގައި 8 މަސް ދުވަހު ތިބެގެން ކިޔަވާ ކޯސް ތަކާއި އަދި އެއަށް ފަހު ރާއްޖެ އަށް އައިސް ރާއްޖޭގެ ރިސޯރޓެއްގައި 4 އަހަރު ދުވަހު މެދުނުކެނޑި މަސައްކަތް ކޮށްފިނަމަ ޖަޕާނުން 5 އަހަރު ދުވަހުގެ ސްކޮލަރޝިޕެއް އެފަދަ ދިވެއްސަކަށް ދޭންވީ މީގައި ވަކި އުމުރެއްް ކަނޑައަޅާނެ ކަމެއް ނެތޭ ކޮންމެ އުމުރެއްގެ މީހަކަށް އެފުރުސަތު ދޭންވީއޭ