ރާއްޖޭގެ ބައެއް ކޯޓުތަކުގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުން ވަކިކުރަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ނިންމައިފިއެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެގޮތަށް ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުން ވަކި ކުރަން ނިންމާފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހުގެ ދަށުން ކަމަށެވެ.

އެގޮތުން އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި ކޯޓުތަކުގެ ޗީދް އެޑްމިނިސްޓްރޭޓަރުން އައްޔަން ކުރަން ޖެހޭ ކަމަށް ބުނެފައިވާ ކަމަށް ޑީޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ. ގާނޫނަށް އެ އިސްލާހު ގެނައިއިރު ކޯޓުތަކުގަިއ ތިބި އެޑްމިނިސްޓްރޭޓަރުން ޗީފް އެޑްމިނިސްޓްރޭޓަކަށް ވަގުތީ ގޮތުން ހަމަޖެއްސިއެވެ.

އަދި އެ މުއްދަތުގެ ތެރޭގައި ވަގުތީ ގޮތުން މަގާމަށް ހަމަޖެއްސި އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތުގެ ފެންވަރު ބަލާފައިވެއެވެ. އަދި ވަކިވަރަކުން ދަށުން މާކުސް ލިބުނު މީހުން ނުވަތަ މިންގަނޑަށް ނުފެތޭ މީހުން މަގާމުން ވަކި ކުރުމަށް ނިންމާފައިވާ ކަމަށް ޑީޖޭއޭ އިން ބުންޏެވެ.

އެބަޔާނުގައި އިތުރަށް ބުނެފައި ވަނީ މަގާމުން ވަކި ކުރުމަށް މިހާރު ނިންމާފައިވާ 10 އެޑްމިނިސްޓްރޭޓަރުންނަކީ 70 ޕަސެންޓަރަށްވުރެ ދަށުން މާކުސް ލިބިފައިވާ މީހުން ކަމަށެވެ.

އެކި ކޯޓުތަކުގެ 10 ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުން ވަކިކުރަން ނިންމާފައިވެ އެވެ. އެކަމާ ގުޅިގެން އެމީހުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން ޑީޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނީ، އެޑްމިނިސްޓްރޭޓަރުން ވަކި ކުރަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކަމަށެވެ. އެ އިސްލާހުގެ ދަށުން ކޯޓުތަކުގައި ޗީފް އެޑްމިނިސްޓްރޭޓަރުން އައްޔަން ކުރަން ޖެހެ އެވެ. އިސްލާހު ގެނައިރު އެޑްމިނިސްޓްރޭޓަރުންގެ މަގާމުގައި ތިބި މީހުން ވަގުތީ ގޮތުން ޗީފް އެޑްމިނިސްޓްރޭޓަރުންގެ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވި ކަމަށެވެ.

ޑީޖޭއޭ އިން ބުނީ ވަކިކުރަން ނިންމި މީހުންނަށް ޝަރުއީ ދާއިރާގެ އެހެން ވަޒީފާއެއް ހަމަޖެހޭތޯ ބަލާނެ ކަމަށެވެ. އަދި އެކަން ހަމަނުޖެހިއްޖެ ނަމަ އެމީހުން ވަކިކުރާނެ ކަމަށް ޑީޖޭއޭ އިން ބުންޏެވެ.