ލ. ގަމު ތުނޑި، ހުރަވީ، މަރިޔަމް ޝީރީން މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރި އޭނާގެ ކުރީގެ ލޯބިވެރިއެއް ކަމުގައިވާ ލ. ކަޅައިދޫ، އޯސަންވިލާ، މުހައްމަދު ނަޖާހުގެ މައްޗަށް ކުށް ސާބިތުވެ 12 އަހަރަށް ޖަލަށްލާން ހައިކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލާގާއި ނަޖާހުގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއެވެ.

ނަޖާހުގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކުރީ 20 ޑިސެމްބަރު 2009 ވަނަ ދުވަހުން ފެށިގެން މ. ކުރަހާގޭގެ ކޮޓަރިއެއްގެ ތެރޭގައި ޝީރީނާއެކު އުޅުމުގެ ތެރޭގައި ނަޖާހު، ޝީރީން މަރާލާފައިވާ ކަމަށް ބުނެއެވެ.

ޝީރީން މަރާލާފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށް މ. އަންގާގިރި ކިޔާ ގޭގައި ހުރި ކުނިތަކެއްގެ ތެރެއަށް އެއްލާލާފައި އޮއްވައި އެވެ. އޭނާ ފެނިފައި ވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ދައުލަތުން މި މައްސަލަ ހައިކޯޓަށް ހުށަހެޅީ މި މައްސަލައިގައި ނަޖާހުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން 2015 އަހަރު ހުކުމް ކުރުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކާފަބޭ2020

    ދެންއަވަހަށް ޚާޞައިނާޔަތެއްގެދަށުން ކީރިތިކުރަށްވާފަ މުއްދަތުންތިންދުވަ ސްބާއްވާފަ ބާކީމައާފުކުރަށްވާ! އޭރުން ފުރިހަމައެމްޑީޕީގެ އަދުލްގާއިމްކުރިކަމަށްވާނީ! މުހިންމުވޯޓެއް

    22
  2. ކ

    ޔާﷲ

    11
    1
  3. އެލެކުސް މައިކާލޯ

    މީހަކު މެރީމަ 12 އަހަރު....ވައްކަން ކުރީމަ 35 އަހަރު...މާރާމާރީ ހިންގީމަ 10 އަހަރު ޖަލަށް

    17 އަހަރު މީހަކާއި އިނީމަ 22 އަހަރު މީހަކު ރުހުމުގައި އިނީމަ 25 އަހަރަށް ޖަލަށް

    މީކޮންކަހަލަ ބުރާންތި ގާނޫނުތަކެއް

    53
  4. ޏަވިޔަނި

    ދައުވާ ކުރީ 20 ޑިސެމްބަރު 2009 ވަނަ ދުވަހުން

    ކުނިތަކެއްގެ ތެރެއަށް އެއްލާލާފައި އޮއްވައި އެވެ. އޭނާ ފެނިފައި ވަނީ 2010

    މައްސަލައިގައި ނަޖާހުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން 2015 އަހަރު ހުކުމް ކުރި

    ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ ލޯބިވެރިޔާ 12 އަހަރަށް ޖަލަށް އޮގަސްޓް 5, 2020

    20
    • ބޯހަލާކު

      މީޝަރުޢީ ނިޒާމުގެ ހާލު ދެންކޮންކަމެއްރަގަޅުވާނީ 100 ކުޅަދުމަދު ދިވެހިން ޒަމާނީ ނާތަހުޒީބު ދުނިޔޭގައި ނެތްފެން ވަރުގެ ޤާނޫނު އަސާސީއެއް

  5. މޮޔަ

    ބޯ ގޯސް.....

  6. Anonymous

    އޭނާ ކުށްކުރިނަމަވެސް ކުރި ދަޢުވާއަށް ބަލާއިރު ނުކުރާ ދަޢުވާއެއްގެ މައްޗަށް ޙުކުމެއް ނުކުރެވޭނެ.

  7. ކޮތަރު

    ނުކުރާ ދަޢްވާއެކޭ ތިޔަބުނަނީ ކޮން އުޞޫލަކުންބާ؟ ގަސްތުގައި މީހަކު މެރިކަމުގެ ދަޢްވާކޮށް އެދަޢްވާ ސާބިތުވެއްޖެ. ދެންވެސް ހަމަ 12 އަހަރުގެ ޖަލު ޙުކުމެއްބާ ކުރަންޖެހެނީ؟ ދިވެހިރާއްޖޭގެ ޤާނޫނުގަ ވެސް އެބައޮވޭ ވާރިޘުން މަޢާފް ނުކުރާނަމަ މަރަށް މަރު ހިފުމާއި މިނޫން ޙާލަތެއްގައި ނަމަ ޢުމުރަށް ޖަލަށް ލުންވެސް. އަނެއްކާ އޭނާ މަރާލައިގެން އެއުޅެނީ ޝީރީންގެ ނަމުން ނަން ދީފައިވާ ކުކުޅަކީބާ؟