މިފަހަރު ގެންނަން ބޭނުންވަނީ ހުދު އިންގިލާބެއް ކަމަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރުގެ ކެމްޕޭނުގައި އިސްކޮށް އުޅުވާ ފަރާތް ތަކުން ރޭ ބޭއްވި މާހެފުމެއްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ 2013 ވަނަ އަހަރު އޭނާ ދިގު ކުރެއްވީ ހުދު ވަލެއް ކަމަށެވެ.

"މި ދަނޑިވަޅަކީ ވޯޓު ގަނޑު ބޭނުންކޮށްގެން ރާއްޖެއަށް ހުދު އިންގިލާބެއް ގެންނަން ޖެހޭ ވަގުތެއް. އެ އިންގިލާބަކީ ތެދުވެރިކަމާ އަމާނާތްތެރިކަމާއި އަދުލުވެރިކަމާ މުރާލި ކަމުގެ އިންގިލާބެއް" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މި އިންގިލާބަކީ މުޅި ދައުލަތަށާއި މީހުންގެ ސިކުނޑިތަކަށް ގެންނަން ޖެހޭ އިންގިލާބެއް ކަމަށެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އުމަރު ކެމްޕޭން ކުރިއަށް ގެންދިޔައީ "ހުދު ވަލު" ގެ ޝިއާރާއެކުއެވެ.

އުމަރު އޭރު ހުދުވާގަނޑު ބޭނުން ކޮށްފައިވަނީ ފަސްބައިގައި ކޮރަޕްޝަނާ ހިޔާނާތް ނެތް، އެފަދަ ސަރުކާރަކަށް މަގުފަހި ކުރެވޭނީ އެވަލުގައި ހިފައިގެން ކަން ދެއްކުމަށެވެ.

އުމަރު އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވަނީ އަމިއްލަ ގޮތުންނެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން އުމަރު ފައްޓަވާފައިވާ އިރު ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ކެމްޕެއިން ފައްޓަވައިފަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމްކޯރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

  2. ހުސޭނުބޭ

    ހުދު އިންޤިލާބުގައި ބާޠިލް ވޯޓު ބަލިކުރެވޭނެކަން ޔަޤީނެވެ.