ޔުނިސެފް މެދުވެރިކޮށް، އެމެރިކާ ސަރުކާރުން ދިވެހި ސަރުކާރަށް 750،000 ޑޮލަރު (11.5 މިލިއަން ދިވެހި ރުފިޔާ)ގެ އެހީއެއް ވެދީފިއެވެ.

ޔުނިސެފުން ބުނީ އެމެރިކާ ސަރުކާރުން ދިން އެހީ ބޭނުންކުރާނީ ބަލިން ރައްކާތެރިވުމަށް ބޭނުންވާ ސާމާނު ސްކޫލްތަކަށް ފޯރުކޮށްދިނުމާއި އެހެނިހެން ހިދުމަތްތަކަށް ކަމަށެވެ. ޒުވާނުންނާއި ކުޑަކުދިންގެ ދުޅަހެޔޮ ކަމަށްވެސް އެ އެހީ ބޭނުން ކުރާނެ ކަމަށްވެއެވެ.

އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު އެލައިނާ ޓެޕްލީޒް ވިދާޅުވީ ދުނިޔެ އަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަކީ ދިވެހިންގެ ސިއްހަތާއި ރައްކާތެރިކަމަށް އެމެރިކާ އިން އަބަދު ވެސް އެހީވާނެ ކަމުގެ ހެއްކެއް ކަމަށެވެ.

ރާއްޖޭގައި ހުންނަވާ ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ޑރ. މުނީރު ސަފީލްދީން ވިދާޅުވީ މިފަދަ ނާޒުކު ހާލަތެއްގައި އެމެރިކާއިން ރާއްޖެއިން ދިން އެހީތެރިކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި ފުރަބަންދަަށް ދިން ލުއިތަކާއި އެކުގައި އަލުން މި ބަލިމަޑުކަން ފެތުރިގެން ނުދާނެ ގޮތްތަކަށް ވިސްނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ އެހީތެރިކަން ރާއްޖެއަށް އައިސްފައި މިވާ ވަގުތަކީ އެންމެ ރަނގަޅު ވަގުތުކަން ފާހަގަކޮށް އޭނާ ބުނީ މި ހާލަތުގައި ދިވެހި ސަރުކާރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޔުނިސެފް އިން އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ.

މީގެކުރިންވެސް ޔުނިސެފްގެ އެހީތެރިކަމާއި އެކުގައި ރާއްޖެއަށް ވަނީ ގިނަ އެހީތެރިކަމެއް ލިބިގެން ގޮސްފައެވެ.

ފުރަބަންދަށް ދިން ލުއިތަކާއި އެކުގައި ރާއްޖޭގައި އަނެއްކާވެސް މި ބަލި ވަނީ އިހުނަށް ވުރެ ބޮޑަށް ފެތުރެން ފަށާފައެވެ. އެކަމުގެ ސަބަބުން ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ކޮންމެ ދުވަހުގެއް ރޭގަނޑު 22:00 އިން ފަތިހު 5:00އަށް ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ރަބަރޭ

  ތިއެހީ މިސަރުކާރުން ބޭނުން ކުރާނީ ދަށުންދަމާ ކުޅުމަށް
  ބޮޑުވަރު

  20
 2. ޢަންސާރު

  ޢައްޗި ތީ ކޯއްޗެއް

 3. އޮޅުވާލި ވޯޓު

  އަވަހައް ކާލާ އުޅެމުންގޮސް އަނެއްކާ ތިއޮތީ ރައްޔަގުންަ ވިއްކާގެން ފައިސާބޮޑިއެއްލިބިފަ ކަލޭ ހޭރިގަންނާކައްނުވޭތަ އުފަލުން

  18
 4. ގޭދޮށު ގަރުދިޔަ ފެކްޓަރީ

  ތީގެން ފައިދާ އެއް ކުރާނެބާ... ރައްޔިތުން ފެލާ ހުސްކޮށްފި... މި ވަރު ނުބައިނުލަފާ ސަރުކާރެއް ނުދެކެން.. ރައްޔިތުން ނިކަމެތިވިއަސް މި މީހުން ޖޫރިމަނާކޮށް ޑިއުޓީ ނަގައިގެން މަޖާކުރަނީ

  19
 5. ކިއްޕަތިނޫޑްލްސް

  އާރަށުގަ އޮންނަ އެތި ކޮބާ

 6. ކައްޓަލަ

  އެނަރޖީ ޑްރިންކް އަގުބޮޑުކޮށް ޖޫރިމަނާކޮށް ޒުވާނުން ފެލާ ސަރުކާރު އިސްތިއުފާ

  18
 7. މިއަދު

  މިސަރުކާރު އައިފަހުން ހާދައެހީއެކެ ގައުމުތަކުންމިދެނީ މިއަހަރު ދައުލަތުގެބަޖެޓާއި ދާދި ކައިރިކުރާއަދަދަށް އެކިގައުމުތަކުން އެހީދީފި ދިންއެހީގެ ގިނަކުމުން ރާއްޖޭގެ ރައިއްޔަތުންބަޑަށްޖެހި ޑޮލަރުގެ އަގު އަތްނުފޯރާފަށަށް އަރައިފި ބާރުގެ އަގުތައްބޮޑުވެ ނުއުފުލޭވަރުވެއްޖެ އެއީ އަޑުންއެހީ ކަމުންދުއްޕާން ވީމަވާގޮތް ދަމާކަނީ ހިޔަޅު މަސްބުރިކޭހެން ފީދުދަށުންދަމައިގެން

 8. ޙިމް

  ތީގެން ކުރާ ފައިދާ އެއް ނެތް ރައްޔިތުން ނަކަށް! ... އަދިވެސް އެއްޗެއިން ޑިޔުޓީ ބޮޑު ކޮށް ރައްޔޮތުން ފެލާމުންދޭ....

 9. ޏަވިޔަނި

  ދިވެހި ވިޔަފާރި ވެރިއެއް ވެސް ތިވަރަށް ދީފާނެ

  10
  • ރޮކީ..

   ގެރެ..!!

 10. ނަގޫރޯޅި

  ތި ހުރިޔާ އެހީއެއް ވަންނަނީ ކޮންތާކައްތަ؟ ރައްޔިތުން އަތް މަތި ހުސްވެ ކަން މަތީ ފިހާރައިގެ ސޭޓައް ދަރާވިކިއްޖެ. ބެހިލާރި ލިބުން މީހަކު ނުފެނުނު، ހިލޭ މާސްކު ގަނޑެއް ހާހިސާބު ނުލިބުނު. ޑުބާއީ އިން ދިން ކަދުރެއް ލޮލަކައް ނުފެނުނު، ސައުދީއިން ދިން ކަދުރެއް ލިބުން މީހަކުނެތް، އިންޑިޔާ އާއި ބަނގްލަދޭސް އިން ހިލޭ ދިން ކަ މައްބުނާ އެތައްޓަނެއްގެ ކާބޯތަކެތި ވީގޮތެއް ނޭގެ، އެސްޓީ އޯއިން ބެހި ކިރުޕެކެޓު ތަކަކީ މުއްދަތު ހަ މަވާތީ އުކާލިއެއްޗެހި. 175 މ ރުފިޔާ ރޫޓައް ސަރުކާރުން ދީފަ އަދި އެ މީހުންނަށާ ސަރުކާރައް ލާރިގިނައިން ފެލަން ސިނގިރޭޓު 200% ބޮޑުކުރީ. ސަރުކާރުން އާން މު ރައްޔިތު މީހާއަތުން މަގު މަތިން ފެލަނީ، ކަރަނޓާ ފެނުން ފެލަނީ، ބާޒާރުން ފެލަނީ. ދައުލަތުގެ ތިޖޫރީ ދިރުވާލީ ނުވިތާކައް އެބަހައްޓާފަހުރިތަނުގަ ވަޅުގަނޑުވެސް ނެތް. އެކަ މަކު ހަ މަ ފަރަހަނާޒް ފައިސަލް މެން ކަހަލަ މިސަރުކާރުން ފެލައިގެން ދިރިއުޅުން އަރާ މުގަ އުޅޭ މީހުން ސަރުކާރައް ސަނާކިޔާފަ ފުލުފުލުގަ ޓްވީޓްކުރަނީ.

 11. ނަގޫރޯޅި

  ތި ހުރިހާ އެހީއެއް ވަންނަނީ ކޮންތާކައްތަ؟ ރައްޔިތުން އަތްމަތި ހުސްވެ ކަންމަތީ ފިހާރަ ސޭޓައް ދަރާނިމިއްޖެ. ރިލީފް ފަންޑުން ލާރިއެއް ލިބުން މީހަކާ ދިމާނުވެ، މާސްކު ގަނޑެއް ހާހިސާބު ހިލޭ ލިބުނީއަކީ ނޫން، ޑުބާއީއިން ބަހަނދިން ކަދުރު ލޮލަކައް ނުފެނުނު، ސައުދީއިން ލިބުން ކަދުރު ލިބުން މީހަކުނެތް، އިނޑިޔާ އާއި ބަނގްލަދޭސްއިން ހަދިޔާކުރިކަމައް ބުނާ އެތައް ޓަނެއްގެ ކާބޯތަކެއްޗައް ވީގޮތެއް އެސްޓީއޯގަ ވިއްކީނޫން ކަމެއްނޭގެ، އެސްޓިއޯއިން ބެހި ކިރުޕެކަޓުތަކަކީ މުއްދަތު ހަމަވެގެން އުކާލި އެއްޗެހިތަކެއް. 175މ ދައުލަތުގެ ހަޒާނާއިން ރޫއްޓައްދީފަ އަދި އެމީހުންނަށާ ސަރުކާރައް ލާރި ފެލަން %300 ސިނގިރޭޓު އަގުބޮޑުކުރީ، ސަރުކާރުން އާންމު ރައްޔިތުމީހާ މަގުމަތިންވެސް ފެލަނީ، ކަރަންޓާ ފެނުންވެސް ފެލަނީ، ބާޒާރުންވެސް ފެލަނީ. ދައުލަތުގެ ތިޖޫރީ ދިރުވާލިއިރު އެބަހައްޓާފަ ހުރިތަނުގަ ވަޅުގަނޑުވެސް ނެތް. އެކަމު ފަރްހަނާޒް ފައިސަލް މެންކަހަލަ މިސަރުކާރު ފެލައިގެން އަރާމުގަ އުޅޭމީހުން ހަމަސަރުކާރައް ސަނާކިޔާފަ ފުލުފުލުގަ ޓްވީޓް ކުރަނީ. ކިތަންވެ ޓްވީޓެއްކުރިޔަސް މިކަމެއް ދޮގެއް ނުކުރެވޭނެ.