ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަކީ ރާއްޖޭގައި އޮތް އެންމެ ސިޔާސީ މުއައްސަސާ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޭއެސްސީ އަކީ ރާއްޖޭގައި އޮތް އެންމެ ސިޔާސީ މުއައްސަސާ ކަމަށާއި އެއީ ސިޔާސީ ކަށި އޮއިވަރު ދެމޭ ސިޔާސީ ނުފޫޒު އިންތިހާޔަށް އެގޮތް މިގޮތަށް ހިންގޭ ގޮތަށް އެކަށަ އެޅިފައިވާ ތަނެއް ކަމަށެވެ.

އަލީ ހުސައިން މިފަދައިން ވިދާޅުވެފައިވާއިރު ޖޭއެސްސީގައި ސިޔާސީ މީހުން ތިބެގެން މައްސަލަތައް ބެލުމަކީ އިންސާފުވެރި ކަމަކަށް ނުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެއަށް ރައްދު ދެއްވާ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ޖޭއެސްސީގައި އިންނަވާ މަޖިލިސް ރައީސަކީ ކުޑަކޮށް ވެސް ސިޔާސީ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ 10 މެމްބަރުންގެ މައްޗަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބު ކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލިސްގެ ރައީސާއި މަޖިލީހުގެ މެމްބަރަކާއި އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން އިންތިޚާބު ކުރާ މީހެކެވެ.

މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން އިދިކޮޅުގައި ތިބިއިރު ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަންޖެހޭ ކަމަށް ދިޔައީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެހެންނަމަވެސް އެ މައްސަލާގައި މިހާރު ސަރުކާރަށް އައުމަށްފަހު ހަނު ތިބޭތީ ގިނަ ފަރާތްތަކުން ސަރުކާރުގެ ވެރިންނަށް އަންނަނީ ފާޑު ކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސަމޭދާން

    ހެޔޮކޮށްތިބުނީ. ޖޭއެސްސީ އެކުލެވޭގޮތް ބަދަލުކުރަން ވަޢުދުވެގެން ވެރިކަމަށް އާދެވުނު މީހުންނަށް އެގޮތްމާބޮޑަށްވެސް ރަނގަޅުވެ ބަގުޑިބައްދައިގެން އެތިބީ.

    37
    1
  2. ވަޒީރެއާލާ

    ދެންއޮންނަ ރިޔާސީ އިންތިޚާބެއްގައި ޖޭއެސްސީ އިން ރައީސްކަމަށް ކުރިމަތިލާންވާނެ.

    26
  3. ދަންނަ

    ވަރަށް ހަގީގަތް އެކުލެވިގެންވާ ވާހަކައެއް ތިޔަ ވިދާޅުވެވުނީ. ޖޭއެސްސީ އަކީ ސިޔާސީ ތަނެއް. ނަޝީދު ރުހުނަސް ނުރުހުނަސް. ސަރުކާރަށް ތާއީދު ކުރަން. އެކަމަކު ކޮސް ސިޔާސަތު ތަކަކަށް ސަނާ ނުކިޔޭނެ.

    24
  4. ނާސިރު

    އައްޔާ. ލަދެއްނުގަނޭތަ ފަހެ. ކަލޭ ދެފަޔަށް ހިނިއަރައިގެން ތެޅުނުހެންހީވީ ވެރިކަން ބަދަލުނުކުރެވިގެން. މިހާރު ތިބި ސިޔާސީ މީހުންގެ ތެރެއިން ރައްޔިތުންސީދާ ނިކަނެތިކޮށް އެމީހުން ބިކަކޮށްލުމަށް އެންމެ ބޮޑަށް ފޫގަޅާފަހުރި މީހަކީ.ޢަލީ ޙުސައިން. އެއްފަސްކުރުމާ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުން މަހުރޫމްކޮށްލަން ނިކުމެތިހުރީ. ވަކިވަކި ރަށްރަށުގަ ގަނަތެޅެން ދާން ތިގޮވާބާލަނީ. މާތްﷲ ނިިކަމެތި ގޮތަކަށް ތިމީހާ ނިމިދޭތޯ ރައްޔިތުން ދުޢާކުރޭ. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

    18
    3
  5. Anonymous

    100 ގެ ވާހަކައެއް.

    20
    1
  6. ހަނި

    ޖޭއެސްސީ އަކީ އަދި އެމްޑިޕީ އަކީރައިތުންގެ ހަޅާކް

  7. ސލ

    ޖޭ އެ ސ ސް ސ ސީ މިހާރުން މިހާރަށް އުވާލައި އާ މެނބަރުން
    އައްޔަންކުރުމަށް ސަރުކާރަށް ގޮވާލަމެވެ

  8. ކަމަނަ

    ޖޭއެއްސީ ގައި އެކިޚިޔާލާ އެކި އެކި ކުލަތަކުގެ މީހުންތިބިކަމުގައިވިއަސް ރައްޔިތުންނަށް ޚިދުމަތް ދޭންވާނީ އިންސާފުން ކުލައަށް ވަހަށް ރަހަޔަށް ބެލުމުން ޤައުމު ނިކަމެތިވާނެ

  9. ޙހހހ

    ބޭފުޅާއަށް ކޮޅެއް ނުދިނީމަތޯ ، ބަލަ އައްޔަމެންވެސް ދޫހެލޭތީ އަނގަތަޅަނީ ، އެތަން ސިޔާސީ އޭ ދިވެހިން ކިޔާތާ ކިހާދުވަހެއްވެއްޖެ ، އައްޔަމެންކޮބާ ؟ ޢައްޔަމެން ހީކުރަނީ މިސަރުކާރު ކުރާ ގޯސްކަންކަން ފާހަގަކޮށް ފާޑުކިޔަނީ އިދިކޮޅު މީހުންނޭ ، ސިޔާސީ ވާދަވެރިންނޭ

  10. ޟަރީ

    ސާބަހޭ ?

  11. އަހްމަދު

    އެތަން ސިޔާސީކުރަން ވޯޓްދީފައި ދެންކޮން ވާހަކައެއްތޯ؟ ވެރިމީހާއާއި އެނާގެ ތިންކުދިން އެތާ އެތިބީ! ދެންވެސް އަންނާނީ އޭނާގެ މީހެއްކަމަށް ވަނީ!