އދ. އޮމަދޫއިން މާލެ އަށް ގެނައި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެ މީހާ ކޮވިޑް-19 އަށް ފައްސިވިކަން އެނގުނީ ރޭ އައިޖީއެމްއެޗްއަށް ގެންގޮސް ހެދި ޓެސްޓުތަކުންނެވެ.

އޮމަދޫއިން ކޮވިޑް-19 އަށް ފައްސިވެފައިވަނީ އުމުރުން ދުވަސްވީ އަންހެނެކެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އެއަތޮޅު މަހިބަދޫ ހޮސްޕިޓަލް މެނޭޖަރ ބުންޔާމީން ހަސަން ވިދާޅުވީ، އޮމަދޫއިން ފައްސިވެފައިވާ އެ މީހާއަކީ އެއްވެސް ކަހަލަ ޓްރެވެލް ހިސްޓްރީ އެއް ނެތް މީހެއް ކަމަށާއި، އޭނައަށް ބަލި ޖެހިފައިވާ ގޮތް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ބުންޔާމީން ވިދާޅުވީ، އެ އަންހެން މީހާ ފައްސިވުމާއި ގުޅިގެން މިހާރު އޭނަގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ފައްސިވެފައިވާކަން އެނގިފައިވަނީ ރޭގެ ވަގުތެއްގައި އައިޖީއެމްއެޗްއަށް ގޮސް ހެދި ޓެސްޓުން" ބުންޔާމީން ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އޮމަދޫ ކައުންސިލްގެ ރައީސް އަބްދާން އަބްދުﷲ ވިދާޅުވީ، އެރަށު މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމުގެ މައުލޫމާތު މަހިނބަދޫ ހޮސްޕިޓަލުންވެސް ގުޅާފައި އަންގާފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެ އަންހެން މީހާ ފައްސިވެފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އަދްނާން ވިދާޅުވިއެވެ.

"އަޅުގަނޑުގެ ބުއްދިއެއް ގަބޫލެއް ނުކުރޭ އެ އަންހެން މީހާ ފައްސި ވެދާނެ ކަމަކަށް. އެއީ އެ އަންހެން މީހާއަކީ އުމުރުން ދުވަސްވީ މީހެއް. ގެއިން ބޭރަށް ދާ މީހެއް ނޫން. ހަމަ އެކަނި އެގޭގެ ކުދިން މިސްކިތައް ދާން ބޭރަށް ނިކުންނަނީވެސް. އެހެން ވެސް ގަބޫލު ނުކުރެވޭ" އަދްނާން ވިދާޅުވިއެވެ.

އަދްނާން ވިދާޅުވީ، ފުރަތަމަ ޓެސްޓުން އެގޮތަށް ދެއްކި ނަމަވެސް ދެވަނަ ޓެސްޓް ހަދައި އެކަން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.

މިވަގުތު އެރަށު މީހަކު ކޮވިޑް-19 އަށް ފައްސިވި ނަމަވެސް އެޗްޕީއޭއިން ސީދާ އަންގާފައި ނުވިއަސް ކައުންސިލް އަޅާ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ރަށުގެ ރައްޔިތުން ރަށުން ބޭރަށް ދިއުމާއި، ގެއިން ބޭރަށް ނުކުންނައިރު މާސްކު އަޅައިގެން ނުކުތުމަށް އިލްތިމާސް ކޮށްފައިވާނެ ކަމަށް އަދުނާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ގޭދޮށު ގަރުދިޔަ ފެކްޓަރީ

  އޮޅޭ ސަރުކާރު އިސްތިއުފާ

  9
  2
 2. ދިދަ ދަނޑި

  މާލެ ގެނައުމުގެ ކުރިން ޓެސްޓް ކުރަން ފެނޭ.. ބަލި ފެތުރިދާނެތީ ކިތަންމެ މުހިންމު ކަމެއް ވެގެންވެސް މާލެއިން މީހަކަށް ރަށަކަށް ނުދެވޭ.. އެކަމު އެތަން މިތަނުން ޕޮސިޓިވް މީހުން މާލެ އެރުން އޯކޭ.. މީތި ކަމަކު ނުދޭ..

 3. ރައްޔިތު މީހާ

  ރާއްޖެތެރެ ވީމާ މިސަރުކާރައް ހެޔޮވާނެ.