ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު ހޮސްޕިޓަލުން ކޮވިޑް-19 އަށް ޓެސްޓު ކުރަން ފަށައިފިއެވެ.

އެ ހޮސްޕިޓަލުން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން އެ ހޮސްޕިޓަލުގައި މިއަދު ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި އެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެ ހޮސްޕިޓަލުން ދުވާލެއްގެ މައްޗަށް 48 ސާމްޕަލް ޓެސްޓު ކުރެވޭނެއެވެ.

ތިނަދޫގެ އިތުރުން އައްޑޫ ސިޓީއާ ކުޅުދުއްފުށި ސިޓީގެ އިތުރުން ރ. އުނގޫފާރޫގައި ވެސް އަންނަނީ މި ބައްޔަށް ޓެސްޓު ކުރަމުންނެވެ.

ރާއްޖޭގައި މިހާތަނަށް 83،115 ސާމްޕަލް އެއް ޓެސްޓު ކޮށްފައިވާއިރު މުޅި ޖުމްލަ 4،446 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. މި ބަލިން 2،693 މީހަކު ރަނގަޅުވެފައިވާއިރު މި ބައްޔަށް 1،719 މީހަކަށް މިހާރުވެސް އަންނަނީ ފަރުވާ ދެމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިހާތަނަށް މި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 105 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އިއުލާންކުރި ފުރަބަންދަށް ލުއިތަކެއް ދިން ފަހުން މި ބައްޔަށް ފައްސިވާ މީހުން އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިފަހުން ދުވާލެއްގެ މައްޗަށް ބައްޔަށް ފައްސިވާ މީހުންގެ އަދަދު އުޅެނީ 100 އިން މަތީގައެވެ. މާލެ ސަރަހައްދުގެ އިތުރުން މި ބައްޔަށް ފައްސިވެފައިވާ މީހުން ތިބި 10 ރަށެއް ވެސް ހިމެނެއެވެ. ބަލި އިތުރަށް ފެތުރުނަ ނުދިއުމަށްޓަކައި މާލެ ސަރަހައްދުގައި ރޭގަނޑު 22:00 އިން ފަތިހު 5:00އަށް ކާފިއު ހިންގުމަށް އިއްޔެ ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މަ މިހިރީ އައްޑޫ ސިޓީގަ، މިކޮޅުގަ ސާމްޕަލްވެ ސް ފޮނުވަނީ މާލެއަށް، ނަމެއްގަ ކުރިކަމެއް.

    1
    1
  2. ހުވަދޫ ކަލޯ

    ވިސްނާލަ ބައްލަވާ މި ސަރުކާރުން ރާއްޖެތެރޭގައި ކޮވިޑު ކޮވިޑު ހަނބުތަކެއް ހެދިއިރު ތިޔަބުނާ ދެނަދޫ އެއް ނެތް އޮތީ ހުވަދު އަތޮޅުން ވިލިނގިލި ، ޔަހޫދީ ކަން ބޮޑު ކަން ބޮޑު ކަ މުން އެރަށަށް ގެން ދިޔަ ހުރިހާ އެއްޗެއް ދަވާލީ ، މިމީހުން ނޫނީ ހުވަދު އަތޮޅުގައި އިންސާނުން ތަކެއް ނެތް ފައްކާ ގަހޫޒާއިން ތަކެއް ،