ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ކޮވިޑް-19 އަށް ނައްސި (ނެގެޓިވް) ވެއްޖެއެވެ.

ރައީސް މައުމޫން ދެންމެ ކުރެއްވި ޓްވީޓެއްގައި ވަނީ ނަސްރީނާގެ ސިއްހީ ހާލަތާއި ގުޅިގެން ހެޔޮ އެދުންތައް ރައްދު ކުރެއްވެވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް މައުމޫން ވިދާޅުވީ "ﷲ އަށް ޝުކުރު ކުރަން. ނަސްރީނާގެ ހާލު އަންނަނީ ރަނގަޅު ވަމުން. ނަސްރީނާ ކޮވިޑް އަށް ވަނީ ނައްސިވެފައި." ކަމަށެވެ.

ނަސްރީނާގެ ސިއްހީ ހާލަތާއި ގުޅޭ ގޮތުން އިތުރު ތަފްސީލެއް ރައީސް މައުމޫން ވެސް އަދި އާއިލާ އިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އުމުރުފުޅުން 70 އަހަރުގެ ނަސްރީނާ އާއި ރައީސް މައުމޫން ވެސް އާއްމުތަނަކުން ނުފެންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒަކަރިއްޔާ

    މއަލްފާޟިލާ މެޑަމް ނަސްރީނާ އިބްރާހީމަށް އަވަސް ޝިފާއެއް މިންވަރުކުރައްވާށި، އަދި އެކަމަނާއާއި ފިރިކަލުން ރައީސް މައުމޫނަށް ފާގަތިކަން މިންވަރުކުރައްވާށި! އާމީން

    10
  2. ޙާލު

    ސަފާކަަަﷲ