ރާއްޖެ އިން ކޮވިޑް-19 އަށް ނުވަ މަހުގެ ކުއްޖަކު ފައްސިވެއްޖެއެވެ.
ބަލި ޖެހޭ މީހުންގެ މައުލޫމާތު އާއްމު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (ޢެޗްޕީއޭ) ބޭނުން ކުރާ ވެބްސައިޓްގައި ހުރި މައުލޫމާތުތައް ދައްކާ ގޮތުން މިމަހުގެ 3 ވަނަ ދުވަހު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި އުމުރުން 9 މަހުގެ ބަންގްލަދޭޝް އަށް ނިސްބަތްވާ އަންހެން ކުއްޖަކު ހިމެނެއެވެ. އެކުއްޖާ އެއްވެސް ކްލަސްޓާއަކަށް ނިސްބަތްވާ ކަމަށް ވެބްސައިޓްގައި ބުނެފައެއް ނުވެއެވެ.
ތިން ވަނަ ދުވަހު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ބަންގްލަދޭޝްގެ 23 މީހަކު ހިމެނެއެވެ. އޭގެ ތެރޭގައި 20 އަހަރުގެ އަންހެނަކު ވެސް ހިމެނެއެވެ. ދެން ހިމެނީ ފިރިހެނުންނެވެ.
ރާއްޖެ އިން މިހާތަނަށް 4446 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު އޭގެ ތެރޭގައި އުމުރުން 10 އަހަރުން ދަށުގެ 228 ކުއްޖަކު ހިމެނެއެވެ.
މަށައް ހެޔޮ. މަށައް ކޮންކަމެއް.
ނުލަފާ މީހެކޭ ދޯ
ތިމަންނަ އަށް ކޮންކަމެއްހޭ ބުނެ ކޮމެންޓް ކުރި މީހާއަށް ހެޔޮވިސްނުން ދެއްވާ، ހިތުގައި ރަޙުމް އުފެއްދެވުން އެދި މާތްﷲ އަށް ދުޢާ ދަންނަވަން. އާމީން.