ރާއްޖެ އިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން އަށް މީހަކު އައިސީޔޫގައި އެޑްމިޓް ކޮށްގެން މިހާރު ފަރުވާ ދެމުން ގެންދާ ކަމަށް އެޗްއީއޯސީން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.ނަޒްރާ ރަފީގު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ދެމީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށާއި އަދި ހުޅުމާލޭގައި ހުންނަ މެޑިކަލް ފެސިލިޓީގައި ފަސް މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 110 މީހަކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން މިހާރު ފަރުވާ ދެމުން އެބަގެންދެއެވެ.

ރާއްޖެ އިން މިއަދު ވެސް އިތުރު 148 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 4594 އަށް އަރާފައެވެ. 2706 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ. ބަލި ޖެހިފައި މިހާރު ތިބީ 1869 މީހުންނެވެ.

ހަލުވިކަމާއި އެކު މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރެމުން ދާއިރު މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހުރީ 268 އެނދެއެވެ. އެއީ ހުޅުމާލޭގައި ހުރި ކޮވިޑް މެޑިކަލް ފެސިލިޓީގައި 250 އެނދު އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި 18 އެނދެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަރީ

    ފަރުވާދީފަ ބަހައްޓާ . ކޮވިޑް ދުނިޔެއަށް އުފަންވި އިރު ރާއްޖޭގެ އައިސީޔޫގަ ފަރުވާ ދޭބަޔަކު ނުތިބޭ ވިއްޔާ. މިހާރު ހޮސްޕިޓަލެއްގަ އެޑްމިޓް ކުރާ މީހަކަސް އައިސީޔޫގަ ފަރުވާ ދޭމީހަކަސް، ރާއްޖެތެރެއިން ޑޮކުޓަރަށް ދައްކަން މާލެ އަންނަ މީހަކަސް ، ބޯޓަކުން މުދާބާލަން މާލެ ފަސްގަޑުގަ ފައި ބީއްސާލާ މީހަކަސް އަދި މަރުވާ ކޮންމެ މީހަކީވެސް ކޮވިޑް. ހީވާކަހަލަ އަލަށޭ ރާއްޖޭގަ އައިސީޔޫ އައްމީހަކު ލީ ނުވަތަ ވެންޓިލޭޓަރަކަށްލީ. ނިސްބަތުން އެހެންޏާވެސް އައިސީޔޫގަ ފަރުވާ ދޭމިންވަރަށް އަދިވެސް އައިސީޔޫގަ މީހުނަށް ފަރުވާދެނީ. ޙަގީގަތް ރައްޔިތުންނަށް އިނގޭނީ އައިސީޔޫގަ ތިބި މީހުންގެ ދެންހުރި ބަލިވެސް ބުނެދިނީމަ.

    2
    1