ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާރު 110 މީހަކު އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދާ ކަމަށް އެޗްއީއޯސީން ވިދާޅުވެއްޖެއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު ފަސް މީހަކު ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ.
މިހާރު އެޑްމިޓް ކޮށްފައިވާ މީހުންގެ ތެރެއިން އަށް މީހަކަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައެވެ.
ރާއްޖެ އިން މިއަދު ވެސް އިތުރު 148 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 4594 އަށް އަރާފައެވެ. 2706 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ. ބަލި ޖެހިފައި މިހާރު ތިބީ 1869 މީހުންނެވެ.
ހަލުވިކަމާއި އެކު މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރެމުން ދާއިރު މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހުރީ 268 އެނދެއެވެ. އެއީ ހުޅުމާލޭގައި ހުރި ކޮވިޑް މެޑިކަލް ފެސިލިޓީގައި 250 އެނދު އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި 18 އެނދެވެ.
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 19 މީހަކު މިހާތަނަށް ވަނީ ނިޔާވެފައެވެ.
ފަހަކަށް އައިސް ރާއްޖެއ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވާން ފެށުމުން މާސްކް އެޅުން މަޖުބޫރުކޮށް، ރޭގަނޑު 22:00 އިން ފަތިހު 05:00 އަށް ވަނީ ކާފިއު ހިންގަން ފަށާފައެވެ. އަދި މާލެ އިން އަތޮޅުތަކަށް މީހުން ދަތުރު ކުރުމުގެ ހުއްދަ ދިނުމުގެ އުސޫލު މިހާރު ވަނީ ހަރުކަށި ކޮށްފައެވެ.
ވިހަންވެގެން އެޑްމިޓްވި މީހުންވެސް ތިތިބީ އެލިސްޓަށްލާފަތާ. ކީއވެތަ އޮޅުވާލަނީ ؟ ހަމަ ހާލަތު ގޯސްކަމަށް ދައްކަން. މީކުޑަކުޑަ އާބާދީއެއް އޮތްގައުމެއް މިތާގަ ދައްކުވަން މަސައްކަތްކުރާވަރުގެ ގޯހެއް އޮތްނަމަ އިނގޭނެ.
5 ލައްކަ އާބާދީ އަކަށް 168 އެނދު... ޕިސް ޕުސް ޕިސް.. އަހަރެމެންގެ ދުވަސް ދިޔައީ.... ނަސީބެއްނު ރައީސް ޔާމީން ދަރުމަވަންތަ ހޮސްޕިޓަލްވެސް އަޅާދީފަ ހުރިކަން