ކޮވިޑް-19 އަށް މިނިސްޓްރީ އޮފް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓަކްޗަރ މިނިސްޓްރީގެ ހަތް މުވައްޒަފަކު ފައްސިވެއްޖެއެވެ.

އެޗްއީއޯސީން ވަނީ ހައުސިން މިނިސްޓްރީގެ ހަތް މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވިކަން ކަށަވަރު ކޮށްދެއްވާފައެވެ.

ފަހަކަށް އައިސް ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ ދިވެހިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.

މިއަދު ވެސް 148 މީހަކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވިއިރު އޭގެ ތެރެއިން 117 މީހުންނަކީ ދިވެހިންނެވެ.

ޖުލައި މަހު މާލޭގެ ފުރަބަންދަށް ދިން ލުއިތަކާއި އެކު އޮފީސްތައް ހުޅުވުމުން ކޮވިޑް-19 އަށް އޮފީސްތަކުން ފައްސިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.

މިނިވަން ދުވަހާއި އީދު ޗުއްޓީ އާއި ގުޅިގެން އޮފީސްތައް ބަންދު ކުރުމަށް ފަހު އިއްޔެ އޮފީސްތައް ހުޅުވަން ކުރިން ނިންމާފައި އޮތް ނަމަވެސް މިހަފްތާގެ ނިޔަލަށް މިހާރު ވަނީ ސަރުކާރު ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަރީ

  ޢަލާމާތް ނެތްބަޔަކު ޓެސްޓު ކުރީމަވާނީ އެހެނެއްނޫން. ޓެސްޓް ކިޓް އެއީ ހުސްތެދު ހަދާ އެއްޗެއް ވިއްޔާ.

 2. ރާއްޖެ

  މިވީ ގޮތުން ފްލެޓް ލިސްޓް މި މަހުގަ ވެސް ނުނެރޭނެ.

 3. Alibe

  ފުލެޓް ލިސްޓް އަންނަ އަހަރަށް ލަސްވީ. 2023 އަންނަންދެން ހިފަހަށްޓާލާ، ޔާ މީނަށް ކުރެވުނު އެން މެ މޮޅު ކަންތައް، ސަރުކާރު ނި މިގެންދާނީ ކޮތަރު ކޮށީތެރޭ ތާށިވެއޮވެ.

 4. ކަމަނަ

  ހައުސިސްމިނިސްޓްރީގެ މީހުން ޕޮޒިޓިވްވެއްޖިއްޔާ ވަދަށްދެރަ ޕްލެޓްގަނޑުވެސް ލިބޭނެ ދުވަހެއްނޭގުނީ ދެން އަނެއްކާ އިތުރު ދޮގުތަކެއް ހަދައިގެން ލަސްކުރަން ފުރުސަތުހޯދާނެ