ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިޔުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ.އަރްވިންދު މާތުރު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ނަމަވެސް ރަސްމީ ފަރާތަކުން އަދި މިކަން ކަށަވަރު ކޮށެއް ނުދެއެވެ.

ޑރ.އަރްވިންދު މާތުރު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު ޖުލައި މަހުގެ 29 ވަނަ ދުވަހު އޭނާ ވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެކު ބައްދަލުވުމެއް ބާއްވަވާފައެވެ. އެއީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތުގެ މައުލޫމާތު ޑަބްލިއުއެޗްއޯ އަށް ދިނުމަށް ބޭއްވި ބައްދަލުވުމެކެވެ.

އެބައްދަލުވުމުގައި ބައިވެރިވި ހުރިހާ ބޭފުޅުން ވެސް ތިއްބެވީ މާސްކް އަޅުއްވައިގެންނެވެ.

ޑރ.އަރްވިންދު ގުޅޭގޮތުން އެޗްއީއޯސީން ވިދާޅުވީ ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި ނައްސިވާ މީހުންގެ ޒާތީ މައުލޫމާތު މީޑިއާ އާ ހިއްސާ ނުކުރާ ކަމަށެވެ.

ޑަބްލިއުއެޗްއޯ އިން ރާއްޖެ އަށް ކަނޑައެޅި ސަފީރުގެ ގޮތުގައި ޑރ.އަރްވިންދު އައްޔަން ކުރެއްވީ 2015 ވަނަ އަހަރު އެވެ.

ރާއްޖެއަށް ވަޑައިގެންނެވުމުގެ ކުރިން ޑރ.އަރްވިންދު ވަނީ އިންޑިއާގައި ހުންނަ ޑަބްލިއުއެޗްއޯ ސައުތު އީސްޓް އޭޝިއާ އޮފީހުގައި މަސައްކަތް ކުރައްވާފައެވެ. އަދި އޭގެ ކުރިން އުތުރު ކޮރެއާ އާއި ސްރީލަންކާ އަދި ބަންގްލަދޭޝްގައި ވެސް އޭނާ މަސައްކަތް ކުރެއްވެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަހުރަބު

    ޑބލއ އޗ އ ގެ ހުރިހައި މަސައްކަތެއް ހުއްޓާލަންވީ ނާޤާބިލް ލާދީނީ ބާޣީ ޣައްދާރު އމ ޑ ޕ ފްލެޓް ކަންތަކާއި ބެހޭގޮތުން ބުނި ގޮތަށް ބުނާނަމަ