23:10

ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ހަލުވިކާއެކު ކޮވިޑް-19 ފެތުރެމުންދާތީ، 2020 ވަނަ އަހަރުގެ އޮގަސްޓު 9 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވައިގެން މަސައްކަތްކުރާއިރު ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިއަދު ހަމަޖައްސަވައިފި.

https://twitter.com/VaguthuOnline/status/1291436365461086208

23:04

ކޮވިޑް-19 ޖެހިގެން ކޯމާގައި އޮވެފައި ހޭއެރިއިރު ސްކޮޓްލޭންޑް މީހެއްގެ މުޅި އާއިލާ މަރުވެއްޖެ.

22:10

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު 128 އަށް އަރައިފި.

22:06

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 19 މީހަކު ބަލިން ރަނގަޅުވެއްޖެ.

22:01

ރާއްޖެ އިން ކޮވިޑް-19 އަށް އިތުރު 86 މީހަކު ފައްސިވެއްޖެ.

21:02

ބ. ކުޑަރިކިލުގައި ފުރަބަންދު ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

20:46

ބަނގްލަދޭޝް އިން އިތުރު 39 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 3306 އަށް އަރާފައި. އެ ގައުމުން އިތުރު 2977 މީހުން ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 249651 އަށް އަރާފައި.

20:45

ސައުދި އަރަބިއިއްޔާއިން އިތުރު 35 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 3055 އަށް އަރާފައި. އެ ގައުމުން އިތުރު 1402 މީހުން ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 284226 އަށް އަރާފައި.

20:44

އީރާގުން އިތުރު 67 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 5161 އަށް އަރާފައި. އެ ގައުމުން އިތުރު 3047 މީހުން ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 140603 އަށް އަރާފައި.

20:43

ފިލިޕީންސްއިން އިތުރު 28 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 2150 އަށް އަރާފައި. އެ ގައުމުން އިތުރު 3561 މީހުން ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 119460 އަށް އަރާފައި.

20:41

އިންޑޮނޭޝިއާއިން އިތުރު 79 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 5521 އަށް އަރާފައި. އެ ގައުމުން އިތުރު 1882 މީހުން ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 118753 އަށް އަރާފައި.

20:40

އީރާނުން އިތުރު 174 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 17976 އަށް އަރާފައި. އެ ގައުމުން އިތުރު 2634 މީހުން ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 320117 އަށް އަރާފައި.

20:39

ރަޝިއާއިން އިތުރު 116 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 14606 އަށް އަރާފައި. އެ ގައުމުން އިތުރު 5267 މީހުން ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 871894 އަށް އަރާފައި.

20:38

އިންޑިއާއިން އިތުރު 359 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 41098 އަށް އަރާފައި. އެ ގައުމުން އިތުރު 33239 މީހުން ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1996478 އަށް އަރާފައި.

20:37

ބްރެޒިލް އިން އިތުރު 22 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 97440 އަށް އަރާފައި. އެ ގައުމުން އިތުރު 2292 މީހުން ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2865053 އަށް އަރާފައި.

20:36

އެމެރިކާއިން އިތުރު 168 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 161769 އަށް އަރާފައި. އެ ގައުމުން އިތުރު 6000 މީހުން ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 4979568 އަށް އަރާފައި.

16:05

ރާއްޖޭގައި ކޮވިޑް-19 ފެތުރޭތީ އަންނަ އާދީއްތަ ދުވަހުން ފެށިގެން އެ ބަލި ފެނިފައިވާ ރަށްތަކުގައި ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވައިގެން މަސައްކަތްކުރާއިރު ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ހަމަޖައްސަވައިފި.

15:37

ރ. ހުޅުދުއްފާރުން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެރަށުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ގޭގައި، ކަރަންޓީންވެގެން ހުރި މީހެއް.

13:29

އިންޑިއާގެ ގުޖްރާތުގެ އަހުމަދްއާބާދް ހޮސްޕިޓަލެއްގެ އައިސިޔޫ ވޯޑުގައި މެންދަމު ހިނގާދިޔަ ބޮޑު އަލިފާނުގެ ހާދިސާގައި ކޮވިޑް-19 އަށް ބަލި މީހަކު މަރުވެއްޖެ.

12:55

އަރްމޭނިއާ އިން އިތުރު ދެ މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 772 އަށް އަރައިފި. އަދި އިތުރު 233 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 39،819 އަށް އަރާފައި.

 

12:54

ކިރިގިސްތާންގައި އިތުރު ނުވަ މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 1،447 އަށް އަރައިފި. އަދި އިތުރު 549 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 38،659 އަށް އަރާފައި.

 

12:54

އަފްޣާނިސްތާންގައި އިތުރު ހަތަރު މީހަކު މަރުވެ މަރުވި މީހުންގެ އަދަދު 1،298 އަށް އަރައިފި. އަދި އިތުރު 67 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 36،896 އަށް އަރާފައި.

 

12:53

އުޒްބަކިސްތާންގައި އިތުރު ދެ މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 173 އަށް އަރައިފި. އަދި އިތުރު 276 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 28،069 އަށް އަރާފައި.

 

12:52

އޮސްޓްރޭލިއާ އިން އިތުރު އަށް މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 255 އަށް އަރައިފި. އަދި އިތުރު 446 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 19،890 އަށް އަރާފައި.

 

12:52

އެލް ސަލްވާޑޯ އިން އިތުރު 15 މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 513 އަށް އަރައިފި. މިހާތަނަށް ފައްސިވީ 18،701 މީހުން.

 

12:51

ދެކުނު ކޮރެއާ އިން އިތުރު 43 މީހަކު ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 14،499 އަށް އަރައިފި. މިހާތަނަށް މަރުވީ 302 މީހުން.

 

12:50

ހެއިޓީން އިތުރު 12 މީހަކު ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 7،544 އަށް އަރައިފި. މިހާތަނަށް މަރުވީ 171 މީހުން.

 

12:50

ހަންގޭރީން އިތުރު އެކަކު މަރުވެ، މަރުވި މީހުންގެ އަދަދު 600 އަށް އަރައިފި. އަދި އިތުރު 33 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 4،597 އަށް އަރާފައި.

 

12:49

ތައިލެންޑުން އިތުރު ދެ މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 3،330 އަށް އަރައިފި. މިހާތަނަށް މަރުވީ 58 މީހުން.

 

12:49

ޖޯޖިއާ އިން އިތުރު ނުވަ މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 1،206 އަށް އަރައިފި. މިހާތަނަށް މަރުވީ 17 މީހުން.

 

12:48

ޖަމައިކާ އިން އިތުރު އަށް މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 928 އަށް އަރައިފި. މިހާތަނަށް މަރުވީ 12 މީހުން.

 

12:47

ވިއެޓްނާމުން އިތުރު އެކަކު މަރުވެ، މަރުވި މީހުންގެ އަދަދު 9 އަށް އަރައިފި. މިހާތަނަށް ފައްސިވެފައި ވަނީ 717 މީހުން.

 

12:47

ޓައިވާނުން އިތުރު އެކަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 477 އަށް އަރައިފި. މިހާތަނަށް މަރުވީ ހަތް މީހުން.

 

12:39

ޗައިނާ އިން ކޮވިޑް-19 ޖެހިގެން ރަނގަޅުވި ގިނަ މީހުންގެ ފުއްޕާމެއަށް ގެއްލުން ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި.

12:12

އިސްކޮޅުން ހަ ފޫޓަށް ވުރެ ދިގު ފިރިހެނުންނަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު ދެ ގުނަ ބޮޑު ކަމަށް އިނގިރޭސި ވިލާތާއި އެމެރިކާގައި ހެދި ދިރާސާއަކުން ދައްކައިފި.

10:52

ކޮވިޑް-19 ޖެހިގެން މެކްސިކޯ އިން އިތުރު 829 މީހަކު މިއަދު މަރުވެއްޖެ.

10:48

އދ. އޮމަދޫން ކޮވިޑް-19 އަށް ފައްސިވި މީހާގެ ދެވަނަ ޓެސްޓު ނައްސިވެއްޖެ.

09:54

ފުލުހުންގެ ތެރެއިން 93 މީހަކަށް މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ.

09:37

ކޮވިޑް-19 ޖެހިގެން ފާއިތުވި އެއްހަފްތާ ދުވަސް ތެރޭގައި ކޮންމެ 80 ސިކުންތަކުން އެމެރިކާގައި މިހާރު މަރުވެފައިވާ ކަމަށް އެމެރިކާގެ "އެންބީސީ" އިން ރިޕޯޓް ކޮށްފި.

06:03

05:50

05:33

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ ދުނިޔެއިން އިތުރު 262,553 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 6,589 މީހަކު މަރުވެފައިވޭ.

މިއާއެކު ދުނިޔެއިން މި ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ، 18,956,626 އަށް އަރާފައި. އަދި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 710,038 އަށް އަރާފައި.

އިއްޔެ އެންމެ ގިނަ ބަޔަކު ފައްސިވެފައި ވަނީ އިންޑިއާ (56,626)، އެމެރިކާ (54,890) އަދި ބްރެޒިލް (54,685) އިންނެވެ.

މިހާތަނަށް ދުނިޔެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ޖުމްލަ 12,141,748 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ރެކޯޑް ކުރެވިފައިވޭ. އޭގެތެރޭގައި މިދިޔަ 24 ގަޑިއިރު ތެރޭ ބަލިން ރަނގަޅުވި 225,377 މީހަކު ހިމެނޭ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ބުނާގޮތުން، މިވަގުތު ދުނިޔޭގައި ކޮވިޑް-19 އަށް ފައްސިވެގެން ފަރުވާދެމުން ދަނީ 6,104,840 މީހަކަށް. އޭގެތެރެއިން 65,514 މީހަކަށް ފަރުވާދެނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.

މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ކޮވިޑް-19 ފެނިފައިވޭ. އޭގެތެރެއިން، މިހާތަނަށް ބަލި ޖެހުނު އެންމެން ރަނގަޅުވެފައި ވަނީ 12 ޤައުމަކުން.

05:30

އިންޑިއާ އިން އިތުރު 56626 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 919 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1963239 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 40739 މީހަކު ވަނީ މަރުވެފައި.

05:30

އެމެރިކާއިން އިތުރު 54735 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 1291 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 4973155 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 161581 މީހަކު ވަނީ މަރުވެފައި.

05:30

ބްރެޒިލް އިން އިތުރު 54685 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 1322 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 2862761 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 97418 މީހަކު ވަނީ މަރުވެފައި.

05:29

ކޮލަމްބިއާ އިން އިތުރު 10735 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 309 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 345714 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 11624 މީހަކު ވަނީ މަރުވެފައި.

05:29

ދެކުނު އެފްރިކާ އިން އިތުރު 8559 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 414 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 529877 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 9298 މީހަކު ވަނީ މަރުވެފައި.

05:29

އާޖެންޓީނާ އިން އިތުރު 7147 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 127 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 220682 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 4106 މީހަކު ވަނީ މަރުވެފައި.

05:29

މެކްސިކޯ އިން އިތުރު 6148 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 857 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 449961 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 48869 މީހަކު ވަނީ މަރުވެފައި.

05:28

ރަޝިޔާ އިން އިތުރު 5204 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 139 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 866627 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 14490 މީހަކު ވަނީ މަރުވެފައި.

05:28

ފިލިޕީންސުން އިތުރު 3462 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 9 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 115980 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 2123 މީހަކު ވަނީ މަރުވެފައި.

05:27

ސްޕެއިން އިން އިތުރު 2953 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 352847 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 28499 މީހަކު ވަނީ މަރުވެފައި.

05:27

އިރާގުން އިތުރު 2834 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 77 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 137556 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5094 މީހަކު ވަނީ މަރުވެފައި.

05:27

އީރާނުން އިތުރު 3697 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 185 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 317483 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 17802 މީހަކު ވަނީ މަރުވެފައި.

05:26

ބަންގްލަދޭޝް އިން އިތުރު 2654 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 33 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 246674 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3267 މީހަކު ވަނީ މަރުވެފައި.

05:25

އިންޑޮނީޝިއާ އިން އިތުރު 1815 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 64 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 116871 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5452 މީހަކު ވަނީ މަރުވެފައި.

05:25

ޗިލީން އިތުރު 1761 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 47 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 364723 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 9792 މީހަކު ވަނީ މަރުވެފައި.

05:25

އިސްރާއީލުން އިތުރު 1721 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 4 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 77919 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 565 މީހަކު ވަނީ މަރުވެފައި.

05:25

ފްރާންސުން އިތުރު 1695 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 9 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 194029 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 30305 މީހަކު ވަނީ މަރުވެފައި.

05:24

ބޮލީވިއާ އިން އިތުރު 1515 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 92 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 83361 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3320 މީހަކު ވަނީ މަރުވެފައި.

05:24

ސައުދީ އަރަބިއްޔާ އިން އިތުރު 1389 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 36 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 282824 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3020 މީހަކު ވަނީ މަރުވެފައި.

05:24

ޑޮމިނިކަން ރިޕަބްލިކުން އިތުރު 1365 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 9 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 75660 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1222 މީހަކު ވަނީ މަރުވެފައި.

05:24

ރޯމޭނިއާ އިން އިތުރު 1309 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 41 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 56550 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 2521 މީހަކު ވަނީ މަރުވެފައި.

05:23

މޮރޮކޯ އިން އިތުރު 1283 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 18 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 28500 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 435 މީހަކު ވަނީ މަރުވެފައި.

05:23

ޔޫކްރޭނުން އިތުރު 1271 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 24 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 75490 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1788 މީހަކު ވަނީ މަރުވެފައި.

05:23

ޖަޕާނުން އިތުރު 1271 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 6 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 41129 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1022 މީހަކު ވަނީ މަރުވެފައި.

05:22

ގާނާ އިން އިތުރު 1263 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 8 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 39075 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 199 މީހަކު ވަނީ މަރުވެފައި.

05:20

ތުރުކީން އިތުރު 1178 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 19 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 236112 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5784 މީހަކު ވަނީ މަރުވެފައި.

05:20

ގުއަޓަމަލާ އިން އިތުރު 1144 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 35 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 53509 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 2072 މީހަކު ވަނީ މަރުވެފައި.

05:20

ކަޒިކިސްތާނުން އިތުރު 1062 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 94882 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1058 މީހަކު ވަނީ މަރުވެފައި.

05:20

ޖަރުމަންވިލާތުން އިތުރު 1024 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 13 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 214104 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 9245 މީހަކު ވަނީ މަރުވެފައި.

05:15

04:04


ރާއްޖެ އިން ކޮވިޑް-19 އަށް މިއަދު ވެސް އިތުރު 148 މީހަކު ފައްސިވިއެވެ. ހާލަތު އޮތީ ވަރަށް ނުރައްކާތެރިކޮށެވެ. ދިވެހިން ކޮވިޑް-19 އަށް ފައްސިވާ އަދަދު ހުރީ ވަރަށް މަތީގައެވެ. އެއީ ކުޑަކުދިންނާއި، އުމުރުން ދުވަސްވި މީހުންނާއި ބޮޑެތި ބަލިތައް ހުންނަ މީހުން ބައްޔަށް ހުށަހެޅޭ މިންވަރާއި ބަލި ޖެހޭ މިންވަރު އިތުރު ވެގެން ދާނެކަމުގެ ދަލީލެކެވެ.

މިހަފްތާ އަކީ އަތޮޅުތަކުން ކޮވިޑް-19 އަށް މީހުން ފައްސިވުން ވެސް ކުރިއާއި އަޅައި ބަލާއިރު އިތުރު ހަފްތާއެކެވެ. އެހެންކަމުން ބަލި ރާއްޖޭގެ އިތުރު ރަށްތަކަށް ފެތުރިގެން ދިއުމުގެ ބިރު ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.

މާލެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރު ވަމުން އަންނައިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުން ވެސް އަންނަނީ ގިނަ ވަމުންނެވެ. މިހާރު ވެސް 110 މީހަކަށް ދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު