ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން މިނިސްޓްރީގައި ބޭނުންކުރައްވާ ކޮޓަރިކޮޅު ކަމަށް ބުނެ މީސް މީޑިއާގައި ދައުރުކުރާ ފޮޓޯތަކުން ފެންނަނީ އެކޮޓަރިކޮޅު ނޫންކަމަށާއި އެއީ މިނިސްޓްރީގެ ކޮންފަރެންސް ރޫމްގެ ފޮޓޯތަކެއް ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީނުގެ ކޮޓަރިކޮޅުގެ ފޮޓޯތައް ކަމަށް ބުނެ މީސް މީޑިއާގައި ދައުރުވާ ފޮޓޯތަކާ ގުޅިގެން ހެލްތު މިނިސްޓްރީން ވިދާޅުވީ، އެފޮޓޯތަކުން ފެންނަނީ އެމިނިސްޓްރީގެ ކޮންފަރެންސް ރޫމްކަމަށެވެ. އެ ކޮންފަރެންސް ރޫމްގައި މިނިސްޓްރީގެ އިވެންޓްތައް ބޭއްވުމުގެ އިތުރުން އެހެނިހެން ފަރާތްތަކުގެ އިވެންޓްތައް ބޭއްވުމަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާކަމަށްވެސް އެމިނިސްޓްރީން މިރޭ ވިދާޅުވިއެވެ.

އަދި އެތަން ކުއްޔަށް ދޫކޮށްގެން ލިބޭ ފައިސާ ޚަރަދުކުރުމަށް ނިންމާފައިވަނީ ޢާންމު ސިއްޙަތުގެ ދާއިރާއިން މަސައްކަތްކުރުމަށް ކަމަށާ، އެފައިސާ ހެލްތު ފަންޑަށް ޖަމާކުރުމަށް ނިންމާފައިވާކަމަށް ވެސް ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ދައުރުވާ ފޮޓޯތަކުން ފެންނަ ހެލްތު މިނިސްޓްރީގެ ކޮނަފަރެންސް ރޫމަށް ނަންދީފައިވަނީ "މޫމިނާ ޙަލީމް މާލަމް"ގެ ނަމުން ކަމަށާއި އެއީ ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ހެލްތު މިނިސްޓަރަށް ނިސްބަތްކޮށް ނަން ކިޔާފައިވާ ކޮންފަރެންސް ރޫމެއް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މިކޮންފަރެންސް ރޫމް ހެދުމުގެ ބޭނުމަކީ ހެލްތު މިނިސްޓްރީއަކީ ގިނަ އިވެންޓްތަކެއް ބާއްވާ ތަނަކަށްވެފައި، އެފަދަ އިވެންޓްތައް އެމިނިސްޓްރީން ބޭއްވުމަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭތީ، އެޚަރަދުތައް ކުޑަކުރުމުގެ ބޭނުމުގައިކަމަށްވެސް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިކަމުން އިވެންޓްތައް ބާއްވަން ކުރާ ހޭދަ ވަރަށް ބޮޑުތަން ކުޑަވެގެން ދާނެކަމަށްވެސް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ގޭދޮށު ގަރުދިޔަ ފެކްޓަރީ

  މިހެންވެދޯ މަގޭ އެނަރޖީ ދަޅު އަގުބޮޑުކުރީ.. މީނަ ވަދެ އިންނާނެ ގަނޑުވަރު އަޅަން

  17
  4
  • ސަބުޒާ

   އެނާޖީ ޑްރިންކަކީ ހަށިގަނޑަށް ނުރައްކާ އެއްޗެއް ކޮއްކޯ،... ކޮއްކޮމެންނަށް ވިސްނޭނީ ކެންސަރު ފަދަ ބޮޑެތި ބައްޔެއް ޖެހުނީމަތަ

   12
   2
 2. އެކްޓަރ

  ދައުލަތުގެ ކޮންމެ މަޤާމެއްގައި ހުންނަ މީހަކީ ރައްޔިތުންގެ ނޯކަރުން އެއީ އެބޭފުޅުންވެސް ހިމެނޭގޮތުން... ފޮނިވެ ފުއްޕާ ރައްޔިތުންގެ ފައިސާ އޮފީސް ރީތިކުރަން ޚަރަދު ކުރުމުގެ ބަދަލުގައި ނަޖިސްފެންބޯން މަޖްބޫރުވެފައިވާ އަތޮޅުތެރޭ ރައްޔިތުންނަށް އެފައިސާ ޚަރަދުކުރަންވީ.... މައޮފީ މަ މިނިސްޓްރީ އެއް ނުހުންނާނެ .. ތިއީ ދިވެހި ރައްޔިތުންގެ ތަންތަން...

  18
 3. ކަދުރު

  ވެރިކަ މައް އަންނަ މީހުން އެ މީހުންގެ ސާނާއި ސަކަތު ފުޅާކުރަން ހަރަދު ކޮއްފަ ރައްޔިތުންނައް ހަރަދު ކުރަން ބާކީ ކުރެވެނީ މަދު ފައިސާ ކޮޅެއް. މީ ހަގީގަތަކީވެސް އަދި ރާއްޖޭގެ ހާލަތަކީވެސް.

  16
 4. ކާކޮންބާ

  ހެލްތް މިނިސްޓްރީ އާގުޅިގެން ވިޔަފާރި ކުރާ ވިޔަފާރިތަކެއް އުޅޭކަން މިފަހަކުން ފާހަގަ ވާން ފަށާފިއެވެ. ދިވެހިންނަށް ކަންކަމުގެ ޕެޓޭރން އުފެދޭ ގޮތް ފާހަގަ ނުވާތީ ކޮރަޕްޓް މީހުން މިތާގައި ފައިސާގައި އުދެހެނީ. ހެލްތް މިނިސްޓްރީގެ މަސައްކަތް ތައް އަބަދުވެސް މި ކުރަނީ އެއްކުންފުނިތަކަކުން. މި ކުންފުނިތައް މިހާރު މީ މެގަ ކުންފުނި ތަކެއް. ރާއްޖޭގެ ހެލްތް ކަންތައް ރަގަޅު ނުވެގެން އުޅޭ އެއްސަބަބަކީ މި މީހުންގެ ސަބަބުން. މިއީ ވަރަށް ވާހަކަ. ދެކެން ބޭނުންވާ ދުވަހަކީ ފިނޭންސްއިން ތަކަތި އެކި މިނިސްޓްރީ ތަކައް ގަނެފައިވާ ކުންފުނިތަކާ، ގަނެފައިވާ އަގުތައް އާންމު ކުރާ ދުވަސް. މި ކަމަކީ އަމިއްލަ މީހަކު އެދުނަސް ފިނޭންސުން ދޭންޖެހޭނެ މައުލޫމާތެއް.

  15
 5. ޙަސަނާ

  ދެން ތިތަންވާނީ ހަމަ އަމީނު ބޭނުންކުރާތަނަކައް ނޫންތޯ ރިޔާސީ ގަޑުވަރު ހެދީމަ ޖޯކުޖެހި ބޯބޮޑު ކޮބާތޯ މިދައުރުނިމޭއިރު 90 ބިލިއަންދަރަނިވާނެކަމައް މިހާރުގަބޫލްކުރެވޭ ...