ކްރިމިނަލްކޯޓާއި ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް އިއުލާންކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނެއްގައި ވަނީ، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލާ ފަރާތެއްގެ އަހުލާގާއި ސުލޫކީ ގޮތުން އަށް ކަމެއް ފުރިހަމަ ވާން ޖެހޭ ކަމަށެވެ.

އޭގެ ތެރޭގައި މުސްލިމެއް ކަމުގައިވުމާއި ބުއްދި ސަލާމަތުން ހުރުމުގެ އިތުރުން ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން އަދި ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައިގެ ގޮތުގައި 30،000 ލިބިވަޑައިގަންނަވާނެއެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތެއްގެ އުމުރު 25 އަހަރަށްވުރެ ހަގުވެގެން ނުވާނެ ކަމަށް އެ އިއުލާނުގައިވެއެވެ. އަދި މަދުވެގެން ދެ އަހަރު ދުވަހު ގާނޫނީ ވަކީލެއް ނުވަތަ ފަނޑިޔާރެއްގެ މަގާމު އަދާކުރުމުގެ ތަޖުރިބާ ހުންނަންވާނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

މިމަހުގެ 16 ވަނަ ދުވަހުގެ 14:00ގެ ކުރިން މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ޖޭއެސްސީ އަށް ހުށަހެޅުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

ހައިކޯޓުގެ ފަނޑިޔާރެއްގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ދާދި އެއް ކަންކަމަކަށް ބެލި ކަމުގައި ވިޔަސް ފަސް އަހަރުގެ ތަޖުރިބާ ހުންނަން ޖެހޭ ކަމަށް ޖޭއެސްސީގެ އިއުލާންގައި ވަނީ ބަޔާންކޮށްފައެވެ. މި މަގާމުގައި ހުންނަ ފަރާތެއްގެ އަސާސީ މުސާރައަކީ 36،000 ރުފިޔާއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހައްމަދު އަންޖުމް

    ކީއްކުރަން ބެނުމެއްނެތް ބޭކާރުކަމެއްއިންސާފެއްނެއްތަނެއްގައި ބޮޑުމުސާރަ ދީފަބައިތިއްބާ އެކްޓިވިސްޓުންތޯ އަދިވެސް ގިނަ ކުރަންވީ ލާރިއެއްނެތޯ ވަރަށްދައްޗޯ ކިޔާފަ މީތޯ ކުރަންވީ ކަމަކީ މިހާތަނަށް އެއްވެސް ވަގަކަށް އަދަބެއް ދިނީއެއްނޫން މަސްތުވާތަކެތީގެ ވިޔަފާރިތަކަށް ވަކާލާތުކޮށްގެން ސަލާމަތް ކުރަނީ ރޭޕް، ހަށިވިއްކުން ، އެއްޖިންސުން ކުރާހުރިހާ ވިޔަފާރި ތަކެއް ސެއްލަ ކޮބައިތޯ ބޭނުމެއް ހަރާމުން ހަރާން ތިޔަ ބައެއްގެ ފަރާތުން ރައްރިތުންނަށް ލިބޭ އިންސާފެއް މުޅިންގެސް ރިޝްވަތަށް މަސައްކަތް ކުރަނީ

  2. ބަރުލަމާނީ

    މިހާރު ކޯޓްތައް އޮޔާލައިފި އިންސާފުގެއްލިއްޖެ ވެރިކަމުގެ ވަގުން ބޭނުންބަޔަކުލީމާ ނިމުނީއެއްނު