އުމުރުން އެއް އަހަރުގެ ދިވެހި ކުއްޖެއްގެ ފުއްޕާމޭގެ ތެރޭގައި ކަނަމަދުކޮޅެއް ތާށިވެގެން އޮޕަރޭޝަނަށް ރާއްޖެ އިން ބޭރަށް ނުދެވި އުޅޭތާ އެތައް ދުވަހެއް ފަހުން، އެ ކުއްޖާ އަށް ފުރޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދީފިއެވެ.

ރަފާން ރިޝްވާން އީސާގެ ފުއްޕާމޭގައި ކަނަމަދުކޮޅެއް ތާށިވެ، ނޭވާލާން އުނދަގޫވެގެން އުޅޭތާ ތިން މަހެއްހާ ދުވަސްވެއްޖެއެވެ. އއ. މަތިވެރީގައި ދިރިއުޅެމުން އަންނަ ރަފާން އެންމެ ފުރަތަމަ ދެއްކީ އއ. އަތޮޅު ހޮސްޕިޓަލަށެވެ. އެކަމަކު، އެ ހޮސްޕިޓަލުން ލަފާ ދިނީ މާލެ ދިއުމަށެވެ. އެހެންވެ ރަފާން މާލެ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފެށީ މިދިޔަ ޖޫން 28 ގައެވެ.

އަދި މިދިޔަ ޖުލައި މަހުގެ ފަސް ވަނަ ދުވަހު އޮޕަރޭޝަން ކުރަން ވެއްދި ނަމަވެސް، އޮޕަރޭޝަން ކާމިޔާބެއް ނުވިއެވެ. އައިޖީއެމްއެޗުން ބުނި ގޮތުގައި އޮޕަރޭޝަން ނާކާމިޔާބުވީ އޮޕަރޭޝަން ކުރުމަށް އެކަށީގެންވާ "ހިމަ ޓޫލްސް" ނެތުމުންނެވެ.

އޭގެ ފަހުން، އާއިލާ އިން ނިންމާފައި ވަނީ ރަފާން ގޮވައިގެން ރާއްޖެ އިން ބޭރަށް ދިއުމަށެވެ. އެގޮތުން، އެ އާއިލާ އަށް އިންޑިއާ އަށް ދިއުމަށް ފްލައިޓުން ޖާގައެއް ލިބިފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

އެކަމަކު، ރަފާންއާ އެކުގައި ފްލައިޓުގައި އިން އޭނާގެ މަންމަ ފައްސިވި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައި، އެ އާއިލާ ވަނީ ފްލައިޓުން ބާލުވައިފައެވެ. އެކަމަކު، ފަހުން ހެދި ޓެސްޓުން ރަފާންގެ މަންމަ ވަނީ ނައްސިވެފައެވެ.

ރަފާންގެ އާއިލާގެ މެމްބަރަކު "ވަގުތަށް" ބުނީ މާދަމާ އިންޑިއާ އަށް ދިއުމަށް ފްލައިޓުން ޖާގަ ލިބިފައިވާ ކަމަށެވެ. އަދި މާލޭގައި މިހާރު ބަހައްޓައި ދީފައި ހުރީ ސަރުކާރުން ހުރިހާ ހަރަދެއް ކުރާ ގޮތަށް ކަމަށް ވެސް އާއިލާގެ މެމްބަރަކު ބުންޏެވެ.

"މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އިމާރާތެއްގައި އެ ހިލާ ބަހައްޓައި ދެނީ،" އޭނާ ބުންޏެވެ.

އެ އާއިލާ އިން މިއަދާ ހަމައަށް ކުރި އުންމީދަކީ ރަފާން ރާއްޖެ އިން ބޭރަށް ގެންގޮސް، ވީހާވެސް އަވަހަށް އޮޕަރޭޝަން ކުރެވޭނެ މަގު ފަހިވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޢާލް

    ސަރުކާރަށް ވަރަށް ސަލާމް

    6
    1
  2. އަބޫ

    އަލްހަންދު ލިލާހި ﷲﷲﷲﷲ

  3. ޣޯސް

    އަދިވެސް ކޮންފަރެންސް ހޯލް ހަދާ

  4. Anonymous

    މާޝާ ﷲ.
    ދަރިފުޅަށް އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން

  5. ހިޔާލު

    މީގަ ފައިދާ ބޮޑުވާނީ "ހިމަ ޓޫލްސް" ކޮޅެއް ގެނައުންތޯ ނޫނީ ބަލި މީހާއާއި އެހީތެރިއަކާއި ސަރުކާރު ޚަރަދުގަ ހުރިހާ ޚަރަދެއް ދީފަ ފޮނުވުންތޯ؟

  6. ޙަބެެސް

    އަލްހަމްދުލިއްލާހި

  7. ދަރަނި ދަންތުރަ

    އެހާ ތުއްތު ކުއްޖަކަށް ކަނަމަދު ކާންދިނީ ކީއްވެބާ އެއުމުރުގެ ކުދިންނަށް އެފަދަ ތަކެތި ކާންދޭކަންނުވާނެ ، ތިޔަދިމާވީ ކިހާހިތާމަވެރި ހާދިސާއެއް...

    3
    1
  8. މޮރީ

    ކެތްތެރިކަންވެސް ނެތް. ހަމަ ވަގުތުން މަތިންދާބޯޓު ހުޅުލެއަށް ޖައްސާފައި ދަރިފުޅު ގޮވަިއގެން ފުރަންޖެހޭނެ. މިއީ އަހަރުމެން ދިވެހިންގެ ހާލަކީ

    • ސޮރެއް

      ބުރޯގެ ދަރިއެއްނަަމަ ކޮބައިބާ ހާލަކީ؟