އދ. އޮމަދޫން ކޮވިޑް-19 އަށް ފައްސިވި މީހާގެ ދެވަނަ ޓެސްޓު ނައްސިވެއްޖެއެވެ.
އޮމަދޫ ކައުންސިލްގެ ރައީސް އަދުނާން އަބްދުﷲ "ވަގުތަށް" ވިދާޅުވީ އޮމަދޫން މާލެ ގެނައި މީހާގެ ދެ ވަނަ ޓެސްޓް ނައްސިވެފައިވާ ކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
އަދި އެޗްޕީއޭ އިން ވަނީ އޭނާގެ ނަތީޖާ ފައްސިވި ނަމަވެސް، އަދި އިތުރު ޓެސްޓެއް ހެދުމަށް ނިންމާފައި ކަމަށް އަދުނާން ވިދާޅުވިއެވެ. އަދި އެ ޓެސްޓު ނައްސި ވެއްޖެ ނަމަ އޭނާ ދޫކޮށްލާނެ އަދުނާން ވިދާޅުވިއެވެ.
އިއްޔެ "ވަގުތު" އަށް މައުލޫމާތު ދެމުން އަދުނާން ވަނީ ކޮވިޑަށް ފައްސިވި ދުވަސްވީ އަންހެން މީހާ އެބައްޔަށް ފައްސިވެދާނެ ކަމަށް ބުއްދި ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެ އަންހެން މީހާ އަކީ އެއްވެސް ކަމެއްގައި ގެއިން ބޭރަށް ނިކުމެ ހަދާ މީހެއް ނޫނެވެ. އަދި އެ ގޭގެ މީހުންވެސް ބޭރަށް ނިކުމެ ނުހަދާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
މަހިބަދޫ ހޮސްޕޓަލުން ވަނީ އެއީ އެއްވެސް ޓެރެވަލް ހިސްޓްރީއެއް ނެތް މީހެއްކަން މީގެ ކުރިން ހާމަކޮށްފައެވެ. އަދި މިހާރު ދަނީ އޭނާގެ ކޮންޓެކްޓު ޓްރޭސިން ހަދަމުން ކަމަށް އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.
އޮމަދޫ ރައްޔިތުންގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރަށުން ބޭރަށް ނުދިއުމަށާއި މާސްކު ނާޅައި ބޭރަށް ނުނިކުތުމަށް ވަނީ އަންގައިފައެވެ.
އައިޖީއެމްއެޗްގެ ކޮވިޑް ޓެސްތްކުރާ މެޝިންތައް ތަޣައްޔަރުވެފައިވާކަމަށް ޔަގީންކުރެވޭ. މެޝިންތައް ޑިސްއިންފެކްޓްކުރޭ.
ތިންވަނަ ޓެސްޓެއް ވެސް ހަދަންޖެހޭނެ އެހެންވީމަ..
ތީމަބުނާ ވާހަކަ. އަލާމާތެއް ނެތި ފައްސި ވީމަ . ޢެކަން ބޮޑުކަމަކާށް ހަދާ މިޅި ގައުމު ހުއްޓުވާލާ ދެވަނަ ފަހަރަށް ޓެސްޓް ހަދާއިރު ނައްސި ވީމަވެސް މުޅި ގައުމު ތަޅު ގަ ބާއްވާތީ މައްސަލައަކީ. %99 ފައްސި ވާމީހުންގެ އަލާމާތެއް ނުހުރޭ. ކޮވިޑަށް ނައްސިވާ މީހުނަށް ވުރެން ފައްސިވާމީހުން ފިޓް
ކޮވިޑް ޓެސްޓްކުރާމެޝިންތައްވެސް އެތިބެނީ ނަފްސާނީވެފަ.. ފައްސިވިކަމަށް ދައްކާ މީހާ ބާރަށް ނައްސިއޭ ބުނާއިރަށް އެދައްކަނީ.. ނަައްސި ކަމަށް..