ދަރަނި ބޮޑުވެއޭ ކިޔާފައި އަސާސީ ހިދުމަތް ނުދީ ތިބެވޭކަށް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން، ފައްޔާޒް ވިދާޅުވީ ފުދިގެން އުޅޭ މީހުންނަށް އަސާސީ ޚިދުމަތްތައް ހޯދަން ދަރަނި ނަގައިގެން ވެސް ކަންކަން ކުރަން ޖެހޭނެ ކަން ޤަބޫލުކުރަން ދަތިވެދާނެ ކަމަށެވެ.

އަދި ރާއްޖޭގެ ކުރީގެ ފިނޭންސް މިިސްޓަރުންވެސް އިތުރަށް ދަރަނި ނުނަގަން ގޮވާލާފައި ވާއިރު، ދަރަނި ނެގުމަކީ އިގްތިސާދީ ގޮތުން ޚިޔާލު ތަފާތު ކަމެއްކަން ފައްޔާޒް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގައި ވިޔަފާރިތަކާއި އެހެނިހެން ދާއިރާ ތަކަށް އެހީވާނެ ރިޒާވެއް ނެތުމަކީ ރާއްޖެ އަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުންކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"މައްސަލައަކަށް މިވަނީ މި ދެންނެވިހެން ރިޒާވެއް ނެތީމަ އެންމެ ރަނގަޅަށް އަޅުގަނޑުމެންނަށް ހިފެހެއްޓުމަށް ޚަރަދު ކުރާނެ ފައިސާ މަދުވުން. ދެން ދަރަންނަށް ނަގަން ބަލާލާއިރުގައި ވެސް ދަރަނިވެސް މިއޮތީ އެންމެ މަތީގައި އަރާ ޖެހިފައި އަޅުގަނޑުމެންނާއި ހިސާބަށް އައި އިރު އަޅުގަނޑުމެންވެސް ހަމަ ދަރަނި ވެސް ހޯދަމުން މިދަނީ،" ފައްޔާޒް ވިދާޅުވިއެވެ.

އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ލޯނު ނަގާއިރު ބައިނަލްއަގުވާމީ ގޮތުން ހުންނަން ޖެހޭ މިންގަނޑު ތަކެއްވާކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ، ޖީޑީޕީ ދަށްވާ ވަރަކަށް ދަރަނީގެ ނިސްބަތް މަތިވާ ކަމަށެވެ. އެފަދަ ގޮންޖެހުންތައް ހުރުމުން ލޯނު ހޯދަން ވެސް ދަތިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ، 60 ރަށުގައި ރަނގަޅު ނަރުދަމާގެ ނިޒާމެއް ނެތް ކަމަށާއި، ސާފު ބޯފެން ނުލިބޭ ރަށްތަކުގެ އަދަދު އެއަށް ވުރެ ގިނަ ކަމަށެވެ. ކުރީ ސަރުކާރުތަކަށް ވުރެ އެފަދަ ޚިދުމަތްތައް ދިނުން ރަނގަޅުކުރަން ވަރުގަދަ އަޒުމަކާއި އެކު މަސައްކަތް ކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޙަސަނާ

  ހަމަ 60 ރަށުގަތޯ ނަރުދަމާ ނެތީ އެހެންކަމައްވާނަ ރައީސް ޔާމިނުގެ ވެރިކަމުގަ ތިއޮތީ ބޮޑުބައެއްގަ ނަރުދަމާ އަޅާފަ ކަމައް ގަބޫލް ކުރެވޭ ލައްކަވާހަކައާ ލައްކަ ދޮގު ހެދީމެއްނޫންތޯ ވެރިކަމުގެ ބޭނުމުގަ އޭރު އެއްޗެއްހިތައްވެސް ނާރާ ޓުއަރިޒަމް ބޮއިކޮޓުކުރަން ގޮޥީ ވެރިކަންލިބި މަޖިލިސްވެސް ލިބުނު ރިސޯޓުބޯއީންވެސް އިތުރައްވީ ނިކަމެތި ނުވާތާކައް އިންޑިއާމީހުން ފުއްޕާފަ އުޅެންރިސޯޓުތަކުގެ މެނޭޖުމަންޓުވެސް އިންޑިއާމީހުންނައްހިބައިންދީފި އިތުރައްދިވެހިންވީ ބިކަ..

  10
 2. ހުޅުކޮޅު

  އަބަދުވެސް ލިބޭ އެއްޗަކަށްވުރެ ބޮޑަށް ޚަރަދުކުރަނީ.އަދިވެސް ޚަރަދު ކުޑަކުރާކަށް ނުވިސްނާ.އަދިވެސްބަލަނީ ބަޔަށް މީހުން ގިނަކުރެވޭތޯ.ލިބޭ އެއްޗަކުން ޕާޓީތަކަށް ދޭންވިސްނަބަލަ.ފާސްކުރާ ބަޖެޓަކުން ނޫންދޭންވީކީ.ފާސްކުރާ ބަޖެޓަކުން ދެއްޏާ ތިމީހުންފާސްކުރާނެ އަތްނުފޯރާވަރުގެބަޖެޓް.ޤައުމަށްޓަކާ މަސައްކަތް ކޮށްދީބަލަ.ބޮއްކުރުމުގެ ވިސްނުން ދޫކޮއްލަބަލަ.

 3. ބޯކިބާ

  ދަރަނި ނެގުމެއްނޫން މައްސަލައަކީ، ކަލޭމެން ވެރިކަމަށް އައީ ދަރަނިނެގީމަވާ ހުރިހާގޮތެއް ރައްޔިތުންނަށް ކިޔާދީފަ ނިކަން ރަނގަޅަށް. ގައުމުގެ ރަޖިސްޓަރީ ދިޔައީއޭ ބުނީ. ދެން ކީކޭ ތިކިއަނީ؟

 4. އަބްދޫ

  ގައުމުގެ އާމްދަނީއަށް ފެތޭ މިންވަރަށް ހަރަދު ކުޑަ ކުރަންޖެހޭނެ.އަސާސީހިދުމަތަށް ކޮށްދިނީ ކޮންކަމެއް ކާއެއްޗެއް ބޯފެނެއް ކަރަންޓެއް އެހެން ކަމެއް ރަެްޔިތުންނަކަށް ނުދެ

 5. އެޖެންޑާ ގެރިބަކަރި

  އަނެއްކާ ލާރިގަނޑެއް ކާލަންވީދޯ
  .

 6. ބާބާ ބުލެކްސީޕް

  އިސްތިއުފާ

 7. ހަލީމާފުޅު

  ބަލަ ހަވާލްވި ކުރެވޭނޭ ކިޔަފަކަ ނޫންތޯ އަނެއްކޮޅުން ހުދު ތިމާ ޟިހުންގެ މުސާރަ ތިޔަ ނަގަނީ ރައްޔިތުން ގެ ެަތުންނަގާ ޓެކްސް ޕޭ ރުފިޔާއިން ނޫންތޯ

 8. އަސާސީ ޚިދުމަތް

  ދެން ތިހެން ކިޔާފައި ލޯނުތައްނަގާ އަދި ސިޔާސީންގެ މުސާރަ ފުކެއްވެސް ކުޑަނުކުރާތި އެލަވަންސެއްވެސް ކަނޑާނުލާތި. ކަލޭމެންނަށް ވަދެވޭ ހުރިހާތާކު ޖިމްތަކާ ރެސްޓޯރަންޓްތައް އަޅަފައި ބަހައްޓާ. އޭރުން ހުންނާނީ ރައްޔިތުންނަށް އަސާސީ ޚިދުމަތް ދެވިފައި.

 9. ނަސީދު

  ޢިންޑިޔާ މީހުން ހުންންއް ގައުމް ނުދީ ވެރިކަންކުރަނަ ނޭނގެންޔާ ޢިސްތިއުފާދެއްވާ