ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލުތަކާއި ހިލާފުވި 20 ތަނެއް އިއްޔެވެސް ބަންދުކޮށްފައިވާ ކަމަށް އެ އެޖެންސީ އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ އިއްޔެ ވެސް 235 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން 20 ތަނެއް އެޗްޕީއޭގެ އުސޫލުތަކާ ހިލާފުވެގެން ބަންދު ކޮށްފައިވާ ކަމަށެވެ. ބަންދު ކޮށްފައި ވަނީ ހަތަރު ސެލޫނަކާއި 8 ފިހާރައަކާއި ތިން ކެފޭ އަކާއި ތިން މާރުކޭޓު ކަމަށެވެ.

އުސޫލާ ހިލާފުވާ ތަންތަން ބަންދު ކުރުމަށް ފަހު، އެ ތަންތަން ރަނގަޅުކޮށްފައި އެންގުމުން ކަމާބެހޭ ފަރާތްތަކުން ބަލާފައި އަލުން ހިންގުމުގެ ހުއްދަ ދޭނެއެވެ. އެގޮތުން، މިހާތަނަށް އައިއިރު ގިނަ ތަންތަނުން ކަންކަން ރަނގަޅުކޮށް ހިދުމަތް ދޭން ވަނީ ފަށައިފައެވެ.

މި ތަންތަން ބަންދުކުރުމަށްފަހު ހަރުކޮށްފައިވާ ނޯޓިސްގައި ބުނެފައި ވަނީ، ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން އެޗްޕީއޭ އިން ގާއިމްކޮށްފައިވާ އުސޫލުތަކާއި ހިލާފަށް އެތަނުން ހިދުމަތް ދެމުންގެންދާތީ އެތަން ބަންދުކޮށްފައިވާ ކަމަށެވެ.

އެޗްޕީއޭގެ އުސޫލުތަކުގައިވާ ގޮތުން ފިހާރަތަކާއި ކެޕޭ ރެސްޓޯރަންޓްތަކާއި ޖިމާއި މާރުކޭޓް ފަދަ ތަންތަނަށް މީހުން އެއް ފަހަރާއި ވެދެވޭނެ އަދަދުތައް ވަނީ ކަނޑައަޅައިފައެވެ. އެ ތަންތަނުން ގހިދުމަތް ހޯދާ މީހުން މާސްކް ނާޅައި ތިބޭނަމަ އެތެރެއަަށް ނުވެއްދުމާއި ހޭންޑް ސެނިޓައިޒަރ ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު