ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޓުއަރިޒަމް މިނިސްޓަރު ކަމުގެ މަގާމަށް ޑރ. އަބްދުﷲ މައުސޫމް މިއަދު ހަމަޖައްސައިފިއެވެ.

މައުސޫމް، ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަންކޮށް މަގާމުގެ ފަތްކޮޅު ދެއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކުރިފުޅުމަތީގައި މައުސޫމް ހުވާ ކުރެއްވި އިރު، އޭނާ އަށް ހުވައިލައިދެއްވީ، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ.

މައުސޫމް އެންމެ ފަހުން ހުންނެވީ، ސިންގަޕޫރުގައި ހުންނަވާ ދިވެހި ސަފީރަކަށެވެ. އޭނާ މިދިޔަ އަހަރުގެ ތެރޭގައި އެ މަގާމަށް އައްޔަން ކުރީ ވެރިކަން ކުރާ އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.

ޓޫރިޒަމް ޑިވެލޮޕްމަންޓުގެ ދާއިރާ އިން ފުރަތަމަ ޕީއެޗްޑީ ހެއްދެވި ދިވެއްސަކީ މައުސޫމެވެ. އޭނާ ކިޔަވާ ވިދާޅުވީ ވިލާ ސްކޮލާޝިޕް ސްކީމްގެ ދަށުން އިނގިރޭސިވިލާތުގެ ބާމިންގްހަމް ޔުނިވާސިޓީސްކޫލް އޮފް ޕަބްލިސިޓީ އިންނެވެ. ތީސިސް ލިއުއްވީ "އެންކްލޭވް މައިކްރޯ އައިލެންޑްޓޫރިޒަމް" އިންނެވެ. މައުސޫމް ވަނީ ހޮޓެލް މެނޭޖުމަންޓުގެ ދާއިރާ އިން މާސްޓާސް ވެސް ފުރިހަމަ ކުރައްވައިފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި މައުސޫމް 1985 ވަނަ އަހަރު އެންމެ ފުރަތަމަ އަދާކުރެއްވީ ޓުއަރިޒަމް ޑިޕާޓްމެންޓްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމުގެ މަގާމެވެ. އޭގެފަހުން ވަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާއި ގުޅިގެން ފަތުރުވެރިކަމަށް އެރި ލޮޅުމާ ގުޅިގެން އުފެއްދި ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ މެމްބަރުކަމާއި ފަހުން، ޓޫރިޒަމް މިނިސްޓްރީގެ ނައިބު ކަން ވެސް ކުރެއްވިއެވެ.

އޭގެ ފަހުން، ޑީއާރުޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލިހުގެ ކެލާ ދާއިރާގެ މެމްބަރުކަން ކުރެއްވިއެވެ. ނަމަވެސް ފަހުން ސިޔާސީ މަސައްކަތުން ދުރަށް ވަޑައިގެން މައުސޫމް އުޅުއްވީ ވިލާ ގްރޫޕުން ހިންގާ ސަން އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރަކަށެވެ. އެ ތަނުގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވުމަށް ފަހު، އަމިއްލަ ވިޔަފާރި ހިންގެވުމަށްޓަކައި ޖެނެރަލް މެނޭޖަރު ކަމުން ވަކިވެވަޑައިގަތީ 2018 ގައެވެ.

މައުސޫމަކީ މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި މައުމޫންގެ ވެރިކަމުގައި އެންވަޔަރަމަންޓް މިނިސްޓަރަކަށާއި ފޮރިން މިނިސްޓްރީގެ އިސް މަގާމުތަކެއް ވެސް ފުރުއްވިއެވެ.

މައުސޫމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވި އެއް ބޭފުޅެވެ. އަދި އޭގެ ކުރިން އޭނާ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ ޕާޓީގެ ކުރީގެ ރައީސް އަހްމަދު ތަސްމީން އަލީގެ އަރިހުގައި މަސައްކަތް ކުރައްވައިފައެވެ.

މައުސޫމް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވީ ސިންގަޕޫރުން ރާއްޖެ ވަޑައިގެން 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރެއްވުމަށް ފަހުއެވެ.

މައުސޫމް، ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަންކޮށްފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި، އަލީ ވަހީދު ވަކިކުރެއްވުމާ ގުޅިގެންނެވެ. އަލީ ވަހީދު ޓުއަރިޒަމް މިނިސްޓަރު ކަމުން ވަކިކުރީ އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުތަކާ ގުޅިގެންނެވެ. އެ މައްސަލައިގައި އަލީ ވަހީދު ފުލުސް އޮފީހަށް ހާޒިރުކޮށް، ބަޔާން ވެސް ނަގާފައިވެއެވެ.

އަލީ ވަހީދު މަގާމުން ވަކި ކުރެއްވުމާ ގުޅިގެން މިއަދާ ހަމައަށް އެ މިނިސްޓްރީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެންފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

 1. ދދދދދދ

  (ޕަބްލިޝް ނުކުރުމަށް) ރާޓީވީ ރާއެމްވީ!
  ކޮންކަމެއް! ބޮޑުވަޒީރުގެ ކަށަވަރުބަސް ނުލިބިގެންބާ!

  14
 2. ދިސްވޭ

  ޓޫރިޒަމް މިނިސްޓަރަކަށް ޑރ. މައުސޫމް އައްޔަން ކުރައްވައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ ޓޫރިޒަމް މިނިސްޓަރު މައުސޫމް އަކީ ރިސޯރޓެއްގެ ޖީއެމްގެ މަގާމް ވެސް އަދާ ކޮށްފައިވާ މީހަކަށް ވާއިރު ރިސޯރޓްސް ތައް އޮޕަރޭޓް ކުރާނެ ގޮތް ވަރަށް ރަނގަޅަށް މައުސޫމަށް އިނގޭނެއޭ މަމެން އުއްމީދު ކުރަމޭ ރިސޯރޓްސް ތަކުގައި ހުރި މެދު ފަންތި އަދި މަތީ ފަންތީގެ ވަޒީފާ ތައް ދެވޭނީ އެފަދަ ވަޒީފާ ތައް ދޭ މީހުން ޓޫރިޒަމް މިނިސްޓްރީ ގައި ރަޖިސްޓްރީ ކޮށްގެން ކަމަށް ރިސޯރޓްސް ތަކުގައި މަހަކު 500 ޑޮލަރަށް ވުރެން މަތީ ހުރިހާ މަގާމް ތަކަށް ވާރކް ވިސާ ދޭނީ...

  15
  2
 3. މޯދީ

  މަ ރުޙަބާ ޑ ރމައުސޫމް .ނިކަންބާ ރުދުވެލީގަ ހިންގާލަދެއްވާ .

  19
  2
 4. Mahujanu

  މަ ރުޙަބާ! ޑ ރ. މައުސޫމް، މައުސޫމަކީ މިކަމަށް އެންމެ ގާބިލް ބޭފުޅާ، މިދަނޑިވަޅު ކެ ރަފާ ކަލޭގެ ވަ ރަށް ކަޑަވާނެދޯ،

  30
  2
 5. Anonymous

  މަރްޙަބާ މިނިސްޓަރު. ބިތުފަންގި ނަގާދުވަހަކުންވެސް ކެޔޮ ކައިފަ ނެތްކަން ސާބިތު ކޮށްދެއްވާތި. އެމްޑީޕީ މެމްބަރުން ހާވާހަކަލަ ހަޑިނަހާވާނެކަމަށް ޔަޤީން ޔަޤީން ކުރަނީ.
  ކުރީގައި ވެސް ނަތީޖާ ނެރެދެއްވި ބޭފުޅެއް. މަސައްކަތުގައި ކާމިޔާބަށް އެދެން

  26
  1
 6. ދިސްވޭ

  ޓޫރިޒަމް މިނިސްޓަރު ފުރަތަމަ ބަލަން ޖެހޭ ކަމަކީ ރާއްޖޭގެ ރިސޯރޓްސް ތަކުން އެއްވެސް ހިފެހެއްޓުމެއް ނެތި ބޭރު މީހުންނަށް ރިސޯރޓްގެ ބޮޑެތި މުސާރައިގެ މަގާމް ތައް ދެމުން ދިއުން ވަކިން ޚާއްސަ ކޮށް މިކަން ބޮޑީ މަޓީގެ އެގްޒެކްޓިވް ބޯރޑް މެމްބަރުން ހިންގާ ރިސޯރޓްސް ތަކުގައޭ މިކަންކަން ފުރަތަމަ ހައްލު ކުރަންވީ ދެން ރާއްޖޭގައި ހެދިގެން ނުވާނެ ރާއްޖޭގެ އާރކިޓެކްޓަރުން އަދި ރާއްޖޭގެ ސްޓްރަކްޓްރަލް އިންޖިނިއަރުން އައިޓީ ޑިޒައިނަރުން އެމްއީޕީ އިންޖިނިއަރުން އެމެން ބައިވެރި ނުކޮށް އެމެންގެ ޑިޒައިން ތައް ނުހިމެނޭ ރިސޯރޓެއް ދެން ރާއްޖޭގައި ހަދައިގެން ނުވާނެއޭ އެއީއޭ އެކަން އޮންނަން ޖެހޭނެ ގޮތަކީ...

  11
  1
 7. ސޭކްސްތާން

  މާ ގެރިގައްޑާ ވެގެން މިއުޅޭ ލާދީނީ އެމްޑީޕީ ބައިގަނޑުގައި
  ނެތޭ މިވަރުކޮށްލެވޭނެ އުރައްޕެއް ހުރި މީހަކު. ކީއްކުރާނީދޯ ބާއިންޖީނު އަޅައިގެން ދުއްވަންޖެހިފަ މިއޮތީ. އެހާވެސް ކަމެއް ނެތް ބައެއް. މިވަރުން މިއުޅެނީ ގައުމު ހިންގަން.

  24
  2
 8. އަހްމަދު

  މަރަހަބާ ޑރ މަޢުސުމް މަޢުސޫގެ ތަޢުލީމާ ތަޖްރިބާގެއަލީގައި ރާއްޖޭގެ ޓްއަރިޒަމްތަރައްގީވެގެންދާނެކަމަށްއުންމީދުކުރަން

  16
  1
 9. ޑރ.ރާމީ ހަސަން (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

  އިންސާފްވެރި ނިންމެވުމެއް. އިޙްލާސްތެރި، އީމާންދާރު ބޭފުޅެއް. ހީވާޤި، މުރާލި ބޭފުޅެއް. މަރުޙަބާ.

  19
  1
 10. އިސްތިއުފާ

  ރައީސް އިބޫގެ ސަރުކާރުގެ އިގްތިސާދީ އަދި އިޖްތިމާއީ ސިޔާސަތު ވަރަށް ދޯދިޔާ ވަރަށް ވަރަށް ވަރަށް ދޯދިޔާ މިކަމުގެ ހުރިހާ ޒިންމާ އެއް ނަގަން ޖެހޭނީ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓްގެ ޕޮލިސީ ސެކްރެޓަރީއޭ ތަމެންގެ ޕޮލިސީ ފެއިލްވެ ތަމެންގެ ތަޖްރިބާ އެއް ނެތް ކަމޭ މިއިން ދޭހަ ކޮށްދެނީ ތަމެން ދެން ހަމަ މިހާރުން މިހާރަށް އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

  12
  3
 11. އިސްތިއުފާ

  ވަޒީފާ ގެއްލިގެން ތިޔާ އިކޮނޮމިކް މިނިސްޓްރީ އަށް ރިޕޯރޓް ކުރާ ކޮންމެ މީހަކީ އެއީ 10 މީހުންނޭ ސަބަބަކީ ގިނަ މީހުންނަކީ އެއީ ވަޒީފާ ގެއްލުނު ނަމަވެސް އެކަން ސަރުކާރަށް އަންގަން ބޭނުންވާ ބަޔެއް ނޫނޭ މަމެންގެ ވަޒީފާ ގެއްލިފައި މިހިރީ މަމެން ނާންގަން ދޯ ތަމެންނަށް މަމެންގެ ވަޒީފާ ގެއްލިއްޖެއޭ 2018 ވަނަ އަހަރުން ފެށިގެން ތަމެން ތިޔާ ނޫން އެހެން ކަނޑުކޮހެއް ގޮވާ ތަމެން އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

  12
  2
 12. އެޖެންޑާ ކަންނެލި

  އިސްތިއުފާ

  12
  4
 13. ލެޓްސްސީ

  ގޫޑް މޭން!

  7
  1
 14. ވަހީީދުު

  މަރުހަބާ

  7
  1
 15. އެޖެންޑާ 2020

  ކޮންމެ އެއްޗެއް ކިޔަވައިގެން ތިއްބަސް މި ސަރުކާރަށް އެނގެނީ ރައްޔިތުން ފެލަން

  15
  1
 16. ވަމުންދަނީ

  ޓޫރިޒަމް މިނިސްޓަރު ކަން ޑރ. މައުސޫމަށް ދެއްވިނަމަވެސް ޓޫރިޒަމް އިންޑަސްޓްރީގައި ހުރި ކަންކަން ހައްލު ނުވާނެއޭ ރައީސް އޮފީހުން ކުރަން ޖެހޭ ކަންކަން ނުކޮށް ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް ހުރިހާ ކަމެއްގެ ތެރެއަށް ބޭނިގަންނާތީއޭ މީގެ މައްސަލަ އަކީ އެމެންނަށް ނެހެދޭ ޕޮލިސީ އެއް ނުވަތަ އުސޫލެއް ނުވަތަ ގަވާއިދެއް ރިސޯރޓް ތަކުގައި ތިބޭ މުވައްޒަފުންގެ ތެރޭން މަހަކު 1 ހާސް ޑޮލަރަށް ވުރެން މަތީ މުސާރަ ދޭ މަގާމް ތަކަށް ބޭރު މީހުން ނަގާނަމަ ޓޫރިޒަމް މިނިސްޓްރީން ހުއްދަ ހޯދަން ޖެހޭނެ ކަމަށް އެހެން އެކަން ނެތުމުގެ ސަބަބުން ރިސޯރޓްސް ތަކުގެ ހުރިހާ މަތީ މަގާމް ތަކާއި މެދު ފަންތީގެ ހުރިހާ މަގާމް ތަކެއް މިވަނީ ލަންކާ އިންޑިއާ މީހުން ހިސޯރު ކޮށްފައޭ ހުރިހާ ދިވެހިން ވަނީ ނަގާ އެއްލާލާފައޭ...

  13
 17. ދިސްވޭ

  މައުސޫމަށް ވެސް ކާމިޔާބު ވާނީ ކުރީ ސަރުކާރުގެ މަސްކެއުން ދޫކޮށްލާ ހުުރި އިޝޫސް ތަކަށް އެޑްރެސް ކޮށް އިޝޫސް ތަކަށް ހައްލު ހޯދައިގެން ރިސޯރޓް ތަކުގެ ޕްރޮޖެކްޓް މަސައްކަތް ކުރަން ޖެހޭނީ ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ސަޕްލަޔަރުން އަދި ކޮންޓްރެކްޓަރުން ވެސް ރިސޯރޓްސް ތަކުގެ ޕްރޮޖެކްޓް މަސައްކަތް ސަރުކާރުގެ ގަވާއިދާއި އެއްގޮތަށް ދޭތޯ ބެލުމަށް ޓަކައި ޓޫރިޒަމް މިނިސްޓްރީން ހަޔަރ ކުރަން ޖެހޭނެއޭ އަމިއްލަ ކުންފުނި ތަކެއް އެކަން ކުރުމަށް އެގޮތަށް އެކަން ކޮށްފިނަމަ ރިޒް ކުންފުންނަަށް ދިމާވި މައްސަލަ ދިމާނުވާނެ ކަން އެއީ ކަށަވަރުވެ ޔަގީންވާ ކަމެކޭ..

 18. މިނިސްޓަރު

  ތިޔަ ކެބިނެޓްގަ ގަ މިހާރު އެމްޑީޕީ ގޮލައެއް ނެތް ދޯ. ޙުސް ބާގީ ޓީމު. ހައްހައް ހާ

  10
 19. Anonymous

  އެމްޑީޕީގެ ސޮލެޓުތައް ބުރުމާ އަށް ވަރަށް ހެއްވާ ރައިސޭއް. އަހަރެންގެ އެމްޑީޕީ ގައި ނެތީތަ ތިތަނަށް ހެޔޮވަރު މީހެއް

  10
 20. ނުކިޔަވާ ސިޔާސީ ބޮލުން

  ތިހެންވާންވީ! ކިޔަވައިގެން ތިބޭ ރަނގަޅު އަޙްލާގުގެ މީހުން ސަރުކާރު އަދި އަމިއްލަ ކުންފުނިތަކުގެ އިސްމަގާމްގައި ބަހައްޓަންވިއެވެ.

  12
 21. ކުރަންވީއޭ

  ޓޫރިޒަމް އިންޑަސްޓްރީގައި މައްސަލަ ތައް ވަނީ ފުނިޖެހިފައި އެންމެ ފުރަތަމަ އިސްކަމެއް ދޭންވީ ދައުލަތުގެ ބަޖެޓަށް އާމްދަނީ އެއް ވަންނާނެ ގޮތެއް ހަދަން އޭ އެގޮތުން ބަލާއިރު މާލެ ސަރަހައްދުގައި ހުރި 10 ހާސް ފަޅު ގެތެރޭން ކާފު ގާފަރު ފަޅު އެއްކޮށް ކުއްޔަށް ދޫކޮށްލަންވީއޭ 1 ބިލިއަން ޑޮލަރަށް އެފަޅުން ނެގޭނެއޭ މާލެ ސައިޒުގެ 1000 ރަށް ދެން އެހެން ވީއިރުން ސިންގަޕޯރގެ އެތައް ބިލިއަނަރުންނަށް އެފަޅު 100 އަހަރަށް ކުއްޔަށް ދިނީމާ ނިމުނީއޭ މީ ފުރަތަމަ ކަމަކީ...

  1
  5
 22. އިސްތިއުފާ

  މަމެން އުއްމީދު ކުރަން ރިސޯރޓްސް ތަކުގައި ހުރި މަހަކު 500 ޑޮލަރަށް ވުރެން މަތިން މުސާރަ ދޭ ހުރިހާ މަގާމް ތަކެއް ދިވެހިންނަށް ނުދީ ބޭރު މީހުންނަށް ދޭތީވެ

 23. ކުރަންވީއޭ

  ޓޫރިޒަމް މިނިސްޓަރުގެ އެންމެ އިސްކަންދޭން ޖެހޭ ކަންކަމުގެ ތެރޭގައި އެބަހިމެނެން ޖެހޭ ރިސޯރޓްސް ތަކުގެ ޕްރޮޖެކްޓް މަސައްކަތް ކުރާ އިރު ކުރަން ޖެހޭނީ

 24. އަޙްމަދު

  ކެރެފާއަށް ނުދިނީތީ އުފާކުރަން! މަރްޙަބާ ޑރ. މައުސޫމް!

 25. ބަލަންވީއޭ

  ރާއްޖޭގައި ހަދާ ގިނަ ރިސޯރޓްސް ތައް ހަދަނީ މަސައްކަތް ކުރާ ކޮންޓްރެކްޓަރުންނަށް އަދި ސަޕްލަޔަރުންނަށް އަދި ދޯނި ފަހަރާއި ސްޕީޑް ބޯޓްސް ތަކާއި

 26. ބަލަންވީއޭ

  ޓޫރިޒަމް މިނިސްޓަރު އެންމެ އިސް ކަން ދޭން ޖެހޭ ކަންކަމުގެ ތެރޭގައި އެބަ ހިމެނެން ޖެހޭ ރިސޯރޓްސް ތަކުން ދިވެހިން ކަނޑާ ގެއަށް ފޮނުވާލި ގޮތަށް ލަންކާ އަދި އިންޑިއާ މީހުން ކަނޑާ އެމެން ރަށަށް ނުފޮނުވާލީ އެއީ ކިއެއްވެތޭ މިހާރުވެސް ވަރަށް ގިނަ ރިސޯރޓްސް ތަކުގައި ކަން ކޮށްފައި ވަނީ އެހެންނޭ މިސާލު މިހާރުވެސް ފެންނާނެ ހުވަފެން ފުށި ރިސޯރޓް އަދި ރީތި ރަށް ރިސޯރޓް ފަސްމެންދޫ ރިސޯރޓް އަދި ފުލްމޫން ބީޗް ރިސޯރޓް ކުޑަ ހުރާ ރިސޯރޓް މިކަންކަން ފުރަތަމަ ބައްލަވާދެއްވަންވީއޭ...

 27. ދިސްވޭ

  ޓޫރިޒަމް މިނިސްޓަރަކަށް މައުސޫމް އައްޔަން ކުރުމުން ދެން އިގްތިސާދުގައި އަލިފުބާ ޖަހައިގެން ކަނޑުކޮސް ކަންކަން ކުރަން ޓޫރިޒަމް މިނިސްޓަރު ނޫޅޭނެ

 28. ހޯލްޑްއޮން

  ޓޫރިޒަމް މިނިސްޓަރު ކަން ޑރ. މައުސޫމަށް ދިނުން އެއީ ކޯލިޝަން އެއްބަސްވުމަށް ރައީސް އިބޫ އިހްތިރާމް ކުރާ ކަން އަންގައިދޭ އަލިގަދަ ދަލީލު ތަކޭ މީ މަމެން އުފާ ކުރާ ކަމެކޭ ޑާންސް...

 29. ގިވްއިން

  ކޮވިޑް-19 ކޮންޓްރޯލްކުރުމުގެ މަސައްކަތް މަޖިލީހުން ބަލަނީ ނަމަ އެއީ މަމެން އުފާ ކުރާނެ ކަމެކޭ ހަމަ

 30. ގިވްއިންޓުމީ

  މަޖްލީހުގެ ރައީސް އެބަޖެހޭ ބަލަން މިރާއްޖޭގެ ރައްޔިތުންގެ ވޯޓަކުން ހޮވިފަައި ނުވާ މަމެން ނުވެސް ދަންނަ މީހަކު އިގްތިސާދީ ވަޒީރަކަށް އެންމެ ރެއަކުން ވެގެން އެމަގާމް ފުރަމުން ދާއިރު އެމެން ކުރިން ގޮވަމުން އައި ގޮވެލި ފަތީގައި ބުނީ އިގްތިސާދު ބިންދައިގެން ނުދާ ގޮތަށް އެމެން ކައްތިރި ވިއްދާފައި ހުންނާނެއޭ