މީޑީއާނެޓްގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
"ވަގުތު" އަށް ކަށަވަރުވެފައިވާ ގޮތުގައި ފައްސިވި މުވައްޒަފު މިހާރު ވަނީ ގޭގައި ކަރަންޓީނު ކޮށްފައެވެ. ފައްސިވެފައިވަނީ، އޯކިޑް މަގުގައި ހުންނަ އާންމު ރައްޔިތުން ބިލް ދައްކަންދާ އޮފީހުގެ ކައުންޓަރުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފެކެވެ. އެހެން ކަމުން އެ މުވައްޒަފާއި އިތުރު މުވައްޒަފުންގެ އިތުރުން އެތަނަށް ދިޔަ ބައެއް މީހުންނާއި ބައްދަލުވެފައި ހުރެދާނެއެވެ.
އެހެން ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މީޑިއާނެޓުން، ދިޔައީއެތަން ޑިސްއިންފެކްތް ކުރުމެއް ނެތި ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ފައްސިވެފައިވާ މުވައްޒަފާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މުވައްޒަފުން އަދިވެސް ވަޒީފާއަށް އައުމަށް ވަނީ އަންގާފައެވެ.
އެ މުވައްޒަފު ފައްސިވެފައިވާ ކަން އެނގިފައިވަނީ އޮފީހުގައި ހުއްޓާ ހުން އައިސްގެން ގެއަށް ފޮނުވާލި ދުވަހު ހެދި ޓެސްޓުން އޭގެ ފަހު ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ. މި ކުއްޖާގެ އިތުރުން އެހެން 3 މުވައްޒަފަކުވެސް ބަލި ވެގެން އިއްޔެ އޮފީހަށް ނާންނަކަން "ވަގުތު" އަށް ވަނީ ކަށަވަރު ކުރެވިފައެވެ.
މީޑިއާނެޓްގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އެކުންފުނިން އެކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ވަގުތުން ޑެކޯޑަރު އޯފްކޮށްލުމައްފަހު ހުރިހާގެއެއްވެސް ޑިސްއިންފެކުޓްކުރޭ އަދި ޑެކޯޑަރާ ޓީވީ ދެފަހަރައް ޑިސްއިންފެޓްކުރޭ......މީޑިޔާނެޓް ދެން އޮންނުކުރައްޗޭ. ބީސޭފް ސުޓޭސޭފް
ދެން 14 ދުވަސް ފަހުންތަ ޗެނަލްތައް ފެންނާނީ؟
މީޑިއާނެޓްގެ ޗެނަލްތަށްބެލުން 15 ދުވަހަށް މެދުކަނޑާލަން އިލްތިމާސްކުރަން.
އެހެން ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މީޑިއާނެޓުން، ދިޔައީއެތަން ޑިސްއިންފެކްތް ކުރުމެއް ނެތި ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ފައްސިވެފައިވާ މުވައްޒަފާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މުވައްޒަފުން އަދިވެސް ވަޒީފާއަށް އައުމަށް ވަނީ އަންގާފައެވެ. މި ހަމަ ސީދާ ދޮގެއް. ހަމަ އެދުވަހު ވަގުތުން ޑިސްއިންފެކްތް ކުރި. ލިޔާ ހަބަރު ރައްދުވާ ފަރާތުގެ ބަހެއް ނުހޯދާ މިގޮތަށް ހަބަރު ނުފެތުރުމަށް ގޮވާލަން!