ރ. ހުޅުދުއްފާރުން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ. އެރަށުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ގޭގައި، ކަރަންޓީންވެގެން ހުރި މީހެކެވެ.
މީގެ ކުރިންވެސް އެރަށުން މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. އެއިރުވެސް ފައްސިވެފައި ވަނީ ގޭގައި ކަރަންޓީން ވެގެން ހުރި މީހެކެވެ.
އެޗްއީއޯސީގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، އެރަށުން ކޮވިޑް-19 އަށް މީހަކު ފައްސިވެފައި ވަނީ އިއްޔެ ކަމަށެވެ. އެއީ އަންހެނެކެވެ.
އެ އޮފިޝަލް ވިދާޅުވީ، އެ މީހާއަކީ ފުރަބަންދު ކަރަންޓީނަށް ރަށަށް ދިޔަ މީހެއް ކަމަށެވެ.
އެރަށު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، މީގެ ކުރިންވެސް ބައެއް ރަށްތަކަށް ފުރަބަންދު ކަރަންޓީނަށް ގޮސް ތިބޭ މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 4594 މީހެކެވެ. މީގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 1,859 މީހަކަށެވެ. އޭގެ ތެރެއިން 105 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެވެ.
މާދަން ނައްސި ވާނެ.
މާދަން ނެގެޓިވް ވެއްޖެ ނަމަ އެއީ ވަރައް ބޮޑު ރަހުމަތެއް ހަމަ. ޢެގިތަށް މިންވަރު ކުރައްވާށި
ނަޝިދު އިންޑިޔާގެ އެހީ ހޯދަން މުޅިގައުމަށް ބަލި ފަތުރަން ހުޅުވާލީ