ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރެއްވި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިން ސުޕްރީމް ކޯޓަށް އައްޔަން ކުރުމާއި ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފާ ހޯދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުވައިފިއެވެ.
ރައީސް ޔާމީންގެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވީ އޭރު ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އަހުމަދު ހައިލަމްއެވެ. ނަމަވެސް މިދިޔަ އަހަރުގެ ނަސްރުގެ ދުވަހާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ހައިލަމް ޕޯސްޓު ކުރެއްވި ފޮޓޯއަކާއި ގުޅިގެން ޖޭއެސްސީ އިން ހައިލަމްގެ މައްސަލަ ބަލާ ހައިލަމް ކުރެއްވި އަމަލަކީ ފަނޑިޔާރުންގެ ސުލޫކަށް އަސަރު ކުރާ ފަދަ ކަމެއް ކަމަށް ނިންމިއެވެ. އަދި އެއާއިއެކު ހައިލަމް މަގާމުން ވަކި ކުރެއްވުމަށް ނިންމިއެވެ. އޭގެކުރިން ހައިލަމް ވަނީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ހައިލަމް އިސްތިއުފާ ދެއްވުމުން ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގެވުމާއި ހަވާލު ކުރެއްވީ ގާޒީ އަލީ ރަޝީދަށެވެ. އަދި ރައީސް ޔާމީންގެ މައްސަލަ ވެސް ފަހުން ބެއްލެވީ ގާޒީ އަލީ ރަޝީދެވެ. އެ މައްސަލަ ބެލުމަށް ގާޒީ އަލީ ރަޝީދު ހަމަޖެއްސުމުން ގިނަބަޔަކު ތުހުމަތުތައް ކުރިއެވެ. އަދި ވަކި ގޮތަކަށް ހުކުމް ނެރުއްވާނެ ކަމަށާއި އެ މަގާމަށް އަލީ ރަޝީދު ހަމަޖައްސަވާ ރައީސް ޔާމީނަށް ހުކުމް ކުރެއްވުމަށް ޑީލްތަކެއް ހެދިފައިވާ ކަމަށްވެސް ތުހުމަތައް ކުރެވިގެން ދިޔައެވެ.
ސުޕްރީމް ކޯޓުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ހަތް ފަނޑިޔާރުންނަށް ބެންޗު ވަނީ ބަދަލުކޮށްފައެވެ. މިހާރު އެ ކޯޓުގައި ތިއްބެވީ ފަސް ފަނޑިޔާރުންނެވެ. ހުސްވެފައިވާ ދެ މަގާމަށް މީގެކުރިން ރައީސް ސޯލިހު އައްޔަން ކުރެއްވުމަށް މަސައްކަތް ކުރެއްވީ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި ހައިކޯޓުގެ ފަނޑިޔާރު ރައޫފެވެ.
ޣައްދާރުންގެ ނިމުން ވަރަށް ހިތިވާނެ. ހަނދާން ކުރާތި ކުކުޅޭ..!
އިންޝާ ﷲ. އިބްރަތްތެރި ނިމުމެއް މޮމީހާއަށް މިންވަތު ކުރަްްވާންދޭވެ. އާމީން.
ހުކުމުގެ އިނާމު
ވަޢުދު ފުއްދީ! މާތްﷲ ގެ ޙަޟުރަތުގައި ނުބެޗޭނެ!
ހު ރިހާ ތަނެއްގަ ކަލޭމެން އެކައްޗެއްނުން ތިތިބެނީ، ދެން ކީއްކު ރަން ހޯދާ ލަފައެއްތަ، ތީނަޔަށް ދޭންވީ ލަފާ އަ ރުވާ މުޝީ ރުކަން، އޭ ރުން ގައުމުގެ ކަންކަން ވަ ރަށް ރަނގަޅަށް ދާނެ.
ކޮމްމެހެން ވެސްކުރަންޖެހޭނެކަމެތީ އެރުންތާ އަނެއްކާ ވެސްބޭނުންވާގޮތަ މަތީކޯޓުންހުކުންނެރެވޭނީ
މޫނުމަތިންޖަހަނީވެސް ނާމާންސިފައެއް މިގައުމައް މިހާރު މިއޮތީ ނާމާންކަމާއި ބިރުވެރިކަން އައިސް ފަ
ރ ސޯލިހު ކަރުބުޑުން ރަހަލާދުވަސް އައްނާނެ ހުރިހާނުބައެއްރޭވުމުގެ އަޑީގައި ނަޝީދުއާއިކުބައިވެރިވޭ
ތިޔަ އަލީ ރަސީދުގެ ކޮއްކޮ މިސަރުކާރާ ރޭންޖު ދިމާނުވާކަމަށް ބުނެ ފެނަކަ ބިލެއްދޫ ބްރާންގެ ވަޒީފާއިން ކަނޑާލާފަ ހުންނަތާ 7 މަސްވާރުު ވާނެކަމަށް ހަބަރު ލިބޭ...އެކަމު ބުނާނެ ވަޒީފާގެ ބިރުވެރި ކަމެއް ނޯންނާނެޔޭ..
ލޮޖިސްޓިކް އައްޔަ އެންމެ މަތީ ކޯޓަށް
ތިޔައީ ޣައިރު ދުސްތޫރީ ޖަރީމާއެއް . ރައީސް ޔާމީނުގެ މައްސަލައިގެ އިސްތިއުނާފީ މަރުހަލާތައް ކުރިޔަށް އޮއްވައި ، ދަށު ކޯޓްން އެމައްސަލަ ބެއްލެވި ޤާޒީ ، ސްޕްރީމް ކޯޓަށް ޑަބަލް ޕޮރޮމޯޝަނާއެކު ބަދަލު ކުރުމުން ކަށަވަރު ކުރެވުނީ ، ސަރުކާރުން ބޭނުންވާ ގޮތަށް ހުކުމް ނެރުއްވުމަށް އަލީ ރަޝީދު ހުންނެވީ ކެތް މަދު ވެފައިކަން . އަދި ތިޔައީ ދަށު ކޯޓްގައި ސަރުކާރުން ބުނި ގޮތަށް އަލީ ރަޝީދު ހުކުމް ކުރެއްވި ކުރެއްވުމަށް އިނާމް ދެވުނީ ކަން.
ޢިނާމު މިބިންމަތީ ލިބިދާނެ...ޑީލް ވެސް ހެދިދާނެ
މިކަމުން
މަހުސަ ރު ބިމުގައި.....ވާނީ ކިހިނެއްކަން އެނގޭތަ
ގޮނޑި އުސްވިވަ ރަކަށް ހޫނުކަން ގަދަވާނެ..
ބެންޗް ހަމަ ނުކޮށް ބޭއްވީ މިހެންވެތާ
ޣާނޫނާ ޚިލާފަށް ބެންޗްއަށް މީހުން ހަމަ ނުކޮށް
ބޭއްވީ އޭ ކިޔާ ކުރިން އެމްޑީޕީ ކިހާ ހަޅޭކެއް ލެވި
ބޮޑު ވ ގ އް.
ޔާމީނާ ދެކޮޅު މީހުން ސްޕްރީމް ކޯޓަށް ލީމަތާ އެހިސާބަށްދާއިރު މައްސަލަ ލަސްކޮށް ޔާމީނާ ދެކޮޅަށް ހުކުމް ކުރާނީ! އެކަމަކު، ތިއީ ފާޑެއްގެ ކަމެއް، ވަގުތުޖެހޭއިރު ވައަތަށްވެސް ބުރު އަޅާފާނެ! ޔާމީނަށްވީވެސް ހަމަ އެހެން!
މީނަ ވައްތަރީވެސް ބާޒަކާއި ގިޔާމަތްދުވަސް އައްނާނެކަންވެސް ނުދައްނަ ނުބައިނުލަފާމީހެއް ރަގަޅުގޮތަކައް ޢަރަގުވެގެންދާނެ ތިގޮތައް އަލީހަމީދުވެސް އުޅުނީ ކިހާވަރަކުން ދިޔައީ
މިއޮތީ ޑިކްޓޭޓަރުބައިގަނޑުއެބުނާ އިންސާފު އަދިވެސް ލަދުހަޔާތް ކަނޑާލާފާ އިންސާފޭކިޔާ ދެކޮޅައްދުވެ ނަގާތި
މޮޅުމީހަކު ކުރާނެ ހުކުމެއްނޫން އެބޭފުޅާނއެކުރެއްވީ. ކޮންމެ މީހެއްވެސް އެމީހެއްގެ އަމަލުތަކުގެ ސަބަބުން ގެއްލިހަލާކުވެދާނެކަމާމެދު ވިސްނަންވާނެ. މިއަދު ތިތާ ހުެްޓސް މާދަމާވާނެގޮތެއް ﷲ ތައާލަ މޮޅަށްނދެނެވޮޑިގެންވާނީ.
އުސްތާޛު ޢަލީ ރަޝީދަކީ ފަނޑިޔާރުންގެ ތެރޭގަެި ހުންނެވި ކްރިމިނަލް ލޯ އަށް އެންމެ ގާބިލު ފަނޑިޔާރު
އަނެއްކާ ބޭނުނަވާގޮތައް ހުކުންޖަހަންވެގެން ތިތައްޔާރުވަނީ ރައްޔަތުން ހޭއަރާތިބޭތި މި ގައުމަކީއިންޑިއާގެ އަވަށެއްކަމައްވެސް ނިމްމާ ހުކުންކޮއްފާނެ އެކަން ވަރައް ސާފިކޮއް ރ ޔާަމީނުގެ ށަރިއަތުން ފެނިގެންގޮސްސި
މީނަ ހަމަެކަނި ހުކުމެއްކޮއްފައި ވަނީ ޔާމީނަށް އެކަނިތަ؟ ވަރަށް ތަޖުރިބާ ނެތް ފަނޑިޔާރެއްތާ! ﷲ ހަޟުރަތުން ނުބެޗެނީ މީނަ އެކަނިބާ!!! ކޮމެންޓުތަކުން އެބަ އެހެން ހީވޭ!!!
އަދުލު އޮންސާފު ތިއޮތީ އެކޮޅުކޮޅުން އެލިފަ. ޔާމީނަށް ހުކުމްކުރިމީހާ ސްޕްރީކޯޓަށްވެސް. ކޮންކަހަލަ އަދުލުވެރި ވެރިކަމެއް. ތިހުރިހާ ސަކަރާތެއް ޖަހާތަން ބަލަން ހަމަ ތިބެންވީތަ؟
މީ ޔާމީނުގެ އިސްތިއުނާފަށް ހުރަސް އަޅަން ކުރިކަމެއް! ޔާމީނުއަށް ކުރި ޙުކުމުގެ އިނާމް!
އައްޔެއްކަމަކު ފޮނިކަން ދައްކަން އޮތީ
3 years 3 months 11 days
or 39 months 11 days
or 171 weeks 1 days
or 1,198 days
or 28,752 hours
or 1,725,120 minutes
or 103,507,200 seconds
އެއަށްފަހު ދެންވާނެ ގޮތެއް ދެނެގޮޑިގެންވަނީ ﷲ ތަޢާލާ
ދެންމިޤައުމުގައި ފެންނާނީ ޢަދުލުއިންސާފު ހަފަރާތުން އޮލަވެގެން ފައިބާތަން.
ފައްކާ! މަޖިލިހު ގޮނޑިން ޖޭއެސްސީ ގޮނޑިއަށް ފޫކާއްތާ މީހާއެކޭ އެއްގޮތެއްނު. ދަށު ކޯޓުގަ ހުރެ ހަރާމް ހުކުމް ކޮށްފަ އެ ސައްހަ ކަމަށް ކަނޑައަޅަން މަތީ ކޯޓަށް. ތިއޮތީ އިސްލާހުވެ އަވަދިވެފަ. ސަދޫމުވެސް ލަދުގަންނާނެ.
ކަލެއައް ތިތާ އިނދެވޭނީ މިސުލޯސަރުކާރު ނިމެންދެން އިރާދަކުރެއްވިއްޔާ ﷲގެވާގިފުޅާއެކު ހިތިގޮތަކައް ނިމުން ދެއްވާތޯ ދުޢާކުރާނަން އަބަދުވެސް،،
ރައީސް ޔާމީންގެ މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ވާއިރަށް ދަ؛ށުކޯޓުގައި ހުކުމް އިއްވި ފަނޑިޔާރު އަނެއްކާ ސްޕްރީމް ކޯޓަށް. ދެން ކިހިނެއް ޖުޑިޝަރީއަށް އިތުބާރު ކުރާނީ. އަދި ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ މިނިވަން އިންސާފުވެރި ޝަރީއަތެއް ހޯދައި ދެވޭނީ. މިއަދަށްފަހު ދެން މަށެއް ހަމަ ޔަގީނުންވެސް ޖުޑިޝަރީއަށް އަދި ޚާއްސަކޮށް ޖޭ. އެސް.ސީއަށް އެއްވެސް ވަރަކަށް އިތުބާރެއް ނުކުރާނަން.
ހިތުންވަރައްމޮޅުކަމެ ކޮއްތިދެވުނީ ތިނުލަފާނުބާމީހާޔައް ޔާﷲ ރަގަލޫގޮތެމެދުވެރި ނުކުރައްވާށި އާމީން
ގިފްޓް ފޯ ރައީސް ޔާމީނަށް ހުކުމް
މި ކަލޭގެއަށް ހާދަ ފާފައެއް ހުންނާނެއެވެ! ޔާމީނަށް ކުރި ޝަރިޢަތާ ޙުކުމާދިމާނުވާކަން އެނގޭއިރުވެސް މި މަޤާމަށް އެ ކުރިމަތިކުރުވީ
ފﷲ ގެ ކޯ ފާއަށް ނުބަލާ ތިކުރާ ކަންތައް ވަރަށް ހިތިވާނެ ކަން ހަދާން ކުރާތި. ﷲ އިރާދަ ފުޅުން މި ނުލަ ފާ ނުބާ ސަރުކާރު ގެ ނިމުން ވަރަށް ހިތިވާނެ .
ފޮޓޯފެނުމުންވެސް ބިރުގަނޭ
މިހިރަނުލަފާ ކަލޭގެ ދެލޮލުންވެސް ހެކިދެނީ ބާޒެއްގެ ނުލަފާ ބިރުވެރި ވަކިތަކުން ރައީސްޔާމީނަށް ހަމަލަދީފައިވާކަން ޔާﷲ މިނުލަފާ މީއަށް ތެދުމަގު ދަށްކަވާ އިންސާނުންނަށް ނުހަށްގުން އަދަބުނުދޭނެ މީހެއްކަމުގައި ލަށްވާފާންދޭވެ އާމީން..
ސަމޫދުބަާގައިގެ މީހުންވެސް މިކަލޭގެ ދެކެބިރުގަންނާނެ ސަމޫދުގެ ހިޓުލަރުގެ އަނިޔާވެރިކަމަށް ދެން ނިމުމެއް ނެތް އެހުރީ ހިތުން އާސްމާނުގަ.
ކަލޯގެޔާ ތި ތިސޮރުގެ އަޖަލު ހަމަވަނީ
ކޮބާ ހައިލަމް ލިޔެދިންގޮތައް ޔާމީނައް ހުކުމް ނުކުރަންވެގެން ވައިބާ ގުރޫޕައް ފޮޓޯލީމާ މަގާމު ގެއްލުނީ އެހެންނަހަދާ ލިޔެދިންގޮތައް ހުކުމްކޮށްލިނަމަ ސުޕްރިމްކޯޓު ބެންޗުން ޖާގަލިބުނީސް