22:59

ކޮވިޑް-19 އަށް ހަތް ރިސޯޓަކުން ހަ ފަތުރުވެރިންނާއި ނުވަ މުވައްޒަފުން ފައްސިވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ.

22:55

ކޮވިޑް-19 ފެތުރެމުން ދާތީ ރާއްޖޭގައި އިއުލާންކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފި.

22:32

ބޭސްފަރުވާއަށް އާސަންދަ ކުންފުނީގެ ހަވާލުގައި އިންޑިއާގެ ކިމްސް ހޮސްޕިޓަލަށް ރާއްޖެ ދިޔަ ދެމީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

22:27

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު 129 އަށް އަރައިފި.

22:22

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 29 މީހަކު ބަލިން ރަނގަޅުވެއްޖެ.

22:16

ރާއްޖެ އިން އިތުރު 89 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

22:13

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ މައުލޫމާތު އަދި އެޗްޕީއޭ އިން ހާމައެއް ނުކުރޭ.

21:15

މާދަމާއިން ފެށިގެން ރަށްރަށަށް ދެވޭނެ އުސޫލު ޢާންމުކޮށްފި.

19:57

ބަހްރައިންގައި ކޮވިޑް-19 ޖެހުނު އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކު ތިން އާއިލާގެ ހަތް މީހަކަށް އެ ބަލި ފަތުރާފައިވާ ކަަމަށް އެ ގައުމުގެ ނޫހަކުން ރިޕޯޓްކޮށްފި.

19:13

މި ވަގުތު ހއ. އިހަވަންދޫ ކަރަންޓިންގެ ހާލަތުގައި އޮތުމުން އެރަށު ސްކޫލް މި ފެށޭ އާދީއްތަ ދުވަހު ނުހުޅުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެ.

16:01

މީޑީއާނެޓްގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

15:05

ރާއްޖެ އިން ކޮވިޑް-19 އަށް 200 މީހުން ފައްސިވިޔަސް، ހަދާނެ ގޮތް ހުސްވެގެން އުޅެން ނުޖެހޭ ކަމަށާއި ރައްޔިތުން ހާސް ނުވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހިތްވަރު ދެއްވައިފި.

13:28

އިންޑިއާގެ ހަރިޔަނާގެ ސްޓޭޓްގެ ޝަދިޕޫރް ވިލޭޖަށް ނިސްބަތްވާ މީހަކު ޖުލައި އަށް ވަނަ ދުވަހު ގުގުރާމްގައި އޮތް ކައިވެނި ޕާޓީއަކާއި، ހަމަ އެ ދުވަހު ރަހުމަތްތެރިންގެ ގޭގައި ޝީޝާ ބޯން ދިއުމުން 23 މީހަކަށް ކޮވިޑް-19 ބަލި ޖެހިއްޖެ.

11:08

06:07

05:49

އިންޑިއާ އިން އިތުރު 62170 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 899 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 2025409 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 41638 މީހަކު ވަނީ މަރުވެފައި.

05:48

އެމެރިކާއިން އިތުރު 58105 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 1179 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 5031673 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 162780 މީހަކު ވަނީ މަރުވެފައި.

05:48

ބްރެޒިލް އިން އިތުރު 54801 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 1226 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 2917562 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 98644 މީހަކު ވަނީ މަރުވެފައި.

05:48

ކޮލަމްބިއާ އިން އިތުރު 11996 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 315 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 357710 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 11939 މީހަކު ވަނީ މަރުވެފައި.

05:48

ދެކުނު އެފްރިކާ އިން އިތުރު 8307 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 306 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 538184 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 9604 މީހަކު ވަނީ މަރުވެފައި.

05:47

އާޖެންޓީނާ އިން އިތުރު 7513 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 145 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 228195 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 4251 މީހަކު ވަނީ މަރުވެފައި.

05:47

މެކްސިކޯ އިން އިތުރު 6139 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 829 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 456100 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 49698 މީހަކު ވަނީ މަރުވެފައި.

05:47

ރަޝިޔާ އިން އިތުރު 5267 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 116 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 871894 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 14606 މީހަކު ވަނީ މަރުވެފައި.

05:47

ފިލިޕީންސުން އިތުރު 3561 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 28 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 119460 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 2150 މީހަކު ވަނީ މަރުވެފައި.

05:46

އިރާގުން އިތުރު 3047 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 67 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 140603 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5161 މީހަކު ވަނީ މަރުވެފައި.

05:46

ބަންގްލަދޭޝް އިން އިތުރު 2977 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 39 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 249651 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3306 މީހަކު ވަނީ މަރުވެފައި.

05:46

އީރާނުން އިތުރު 2634 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 174 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 320117 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 17976 މީހަކު ވަނީ މަރުވެފައި.

05:46

ޗިލީން އިތުރު 1948 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 97 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 366671 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 9889 މީހަކު ވަނީ މަރުވެފައި.

05:45

އިންޑޮނީޝިއާ އިން އިތުރު 1882 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 69 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 118753 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5521 މީހަކު ވަނީ މަރުވެފައި.

05:45

ބޮލީވިއާ އިން އިތުރު 1780 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 65 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 85141 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3385 މީހަކު ވަނީ މަރުވެފައި.

05:45

ސްޕެއިން އިން އިތުރު 1683 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 354530 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 28500 މީހަކު ވަނީ މަރުވެފައި.

05:45

އެކުއެޑޯ އިން އިތުރު 1671 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 30 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 90537 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5877 މީހަކު ވަނީ މަރުވެފައި.

05:44

އިސްރާއީލުން އިތުރު 1640 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 11 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 79559 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 576 މީހަކު ވަނީ މަރުވެފައި.

05:44

ފްރާންސުން އިތުރު 1604 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 7 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 195633 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 30312 މީހަކު ވަނީ މަރުވެފައި.

05:41

05:15

04:42

04:14

01:31


ކޮވިޑް-19 ޖެހިގެން ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ގިނަ އަދަދެއްގެ ބަޔަކު މަރުވެގެން ދިޔަ އެއް ސަބަބަކީ ހޮސްޕިޓަލްތައް ފުރި، އެތައް ބަޔަކަށް އެއްވެސް ފަރުވާއެއް ނުދެވި ދޫކޮށްލަން ޖެހުމެވެ. ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވަމުން ދާއިރު ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު ގިނަވުން އެއީ ރާއްޖެ އަށް ވެސް އޮތް ނުރައްކަލެކެވެ.

އެޗްޕީއޭ އިން މިރޭ އާއްމު ކުރި މައުލޫމާތައް ބަލާއިރު މިއަދު ހަވީރު 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 18 މީހަކު ރާއްޖެ އިން ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހުނެވެ. އެހެންކަމުން ރާއްޖޭގައި އެޑްމިޓް ކޮށްގެން ފަރުވާ ކުރަން ޖެހޭ މީހުންގެ އަދަދު ވަނީ 128 އަށް އަރާފައެވެ.

ހަލުވިކަމާއި އެކު މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރެމުން ދާއިރު މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހުރީ 268 އެނދެވެ. އެއީ ހުޅުމާލޭގައި ހުރި ކޮވިޑް މެޑިކަލް ފެސިލިޓީގައި 250 އެނދު އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި 18 އެނދެވެ. އަދި ތިބި ޑޮކްޓަރުންނާއި ނަރުހުންގެ އަދަދު ވެސް ވަރަށް މަދެވެ. އެހެންކަމުން އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރު ވަމުން ދިއުމަކީ ރާއްޖެ އަށް އޮތް ވަރަށް ބޮޑު ބިރުވެރިކަމެކެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކެނެރީ

    އެކަމު ދރ ނަޒުލާބުނީ ބެޑު ފުލްއެއް ނުވާނެއޭ

  2. ކިންގފިޝަރ

    މިއީ ޒިންމާގެ ވަގުތު. ފަރުދީ ޒިންމާ. ޖަމާޢީ ޒިންމާ. ޢާންމު ޒިންމާ. ސަރުކާރުގެ ޒިންމާ. ވަކި ރަށްރަށުގައި ކައުންސިލްތަކުގެ ޒިންމާ. އަތޮޅުގައި އަތޮޅު ކައުންސިލްގެ ޒިންމާ. ޒިންމާދާރުކަން ކުރިއަށް އިސްކުރަމާ.

  3. ލާލް ސިންގް

    ޜަނގަޅެއް ނޫންތޯ ޖީބައް ބަރުވެ އެއްނޫންތޯ